ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 551 އަށް އަރައިފި އެވެ. އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 24 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ދާދި ދެންމެއަކު އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ، މިރޭ 11:45އާ ހަމައަށް އިތުރު 10 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 24 އެވެ. ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ފަސް ބަންގްލަދޭޝް މީހުންނާއި ފަސް ދިވެހިންނެވެ.

Ad
rt

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 551 މީހުންގެ ތެރެއިން 193 މީހުންނަކީ ދިވެހިންނެވެ. އަދި 362 މީހުންނަކީ ބިދޭސީންނެވެ.

ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ބަގްލަދޭޝް މީހުންނެވެ. އޭގެ އިތުރުން އިންޑިއާ، ލަންކާ، ނޭޕާލް އަދި ޕާކިސްތާނު މީހުންވެސް ހިމެނެއެވެ.

މިއަދު 9231 ސާމްޕަލް ނަގާފައިވާއިރު އޭގެތެރިން 8344 ސާމްޕަލްވަނީ ނެގެޓިވް ވެފައެވެ. މީގެ އިތުރުން މިއަދު ކަރަންޓީން ފެސިލިޓީން 28 މީހަކު ވަނީ ދޫކޮށްލާފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައިވާއިރު އިއްޔެ އަކީ މި ފަހުން އެންމެ މަދުން ކޮވިޑަށް މީހުން ޕޮޒިޓިވްވީ ދުވަހެވެ.