މިހާރު ދިވެހިރާއްޖެގައި ވެރިކަން ކުރަމުން މިދާ ކޯލިޝަން ސަރުކާރު މާތް ﷲ ގެ އިރާދަފުޅާއި އެކު ނުރޫޅޭނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. އެކަމަނާ ކުރަށްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ ކޯލިޝަނަކުން ގެނައި ސަރުކާރެއް ކަމަށެވެ. އަދި މި ދަތި އުނދަގޫ ވަގުތުގައިވެސް ރައްޔިތުންނަށްޓަކައި ކޯލިޝަން ސަރުކާރުން މަސައްކަތް ކުރަނީ އެކުގައި ކަމަށާއި، އިރާދަކުރެއްވިއްޔާ ކޯލިޝަނެއް ނުރޫޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަނާ މިހެން ވިދާޅުވީ މިހ...
ޝިއުނާ އާދަމް
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަރުޖާނުގެ މަޤާމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަކިކޮށްފިއެވެ. މިކަމާއު ގުޅިގެން ފުލުހުން ވިދާޅުވީ މިއަދުން ފެށިގެން ވަގުތީ ގޮތުން ފުލުހުންގެ ތަރުޖަމާނެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޗީޕް އިންސެޕެކްޓަރ އޮފް ޕޮލިސް ޔޫނުސް ސަބާހްކަމަށެވެ. އަދި މި ބަދަލާއި އެކު ފުލުހުންގެ މީޑިއާ ސެންޓަރުގެ މީޑިއާ ރިލޭޝަން އޮފިސަރުގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް މީޑިއާތަކަށް މައުލޫމާތު ދެއްވާނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އާތިފާ ހަސަންކަމަށެވެ. ފުލުހުންގ...
އަލީ އާދިލް
ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ވަކިވަކި އޮފިސަރުން ކުރާ ކުށްތަކަށް ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފުރިހަމަ ގޮތުގައި ހިނގަންޖެހޭކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ފުލުހުންވެސް އަދި ޖަލުތަކުގައިވެސް ނަހަމައިން ކަންކަން ނުހިނގާނެ ގޮތަށް ސިޔާސަތުތައް ރޭވުމަކީ ހޯމް މިނިސްޓްރީން ކުރަމުންދާ މަސައްކަތެއްކަމަށެވެ. ނަމަވެސް ވަކި ވަކި އޮފިސަރުން ޤާނޫނާ ޚިލާފަށް ކުރާ ކަންކަމުގައި ފިޔަވަޅު...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް އާއި ހައި އެޗީވާސް ސްކޮލާޝިޕް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ރައީސްގެ ހާއްސަ ސްކޮލާޝިޕަށް ކުރިމަތިލުމު...
ޔުމްނާ ޢަލީ
ކޯވިޑް-19ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދިޔަ ބަންގްލަދޭޝް މީހަކު މަރުވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ދެންމެކުރި ޓުވީޓެއްގައި ބުނެފައިވަނީ، ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރު 02:30 ހާއިރުކަމަށެވެ. މިއީ ހަފްތާއެއްގެ ތެރޭގައި ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ. އެގޮތުން މިދިޔަ...
ޔުމްނާ ޢަލީ
ޖަޕާން ސަރުކާރުން ދިވެހި ރާއްޖެއަށް ދޭ ސްކޯލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ވިދާޅުވީ ޖަޕާނު ސަރުކާރުން އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ހުޅުވާލާ މިފުރުސަތުގައި ދިވެހި ދަރިވަރުންނަށްވެސް އެކި ދާއިރާތަކުން ދިރާސާކުރުމަށް ހުރި ފުރުސަތުތަކަށް އެޕްލިކޭޝަން ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށާއި އެގޮތުން ރިސަރޗް ކުރުމަށްޓަކާ ޖަޕާނު ސަރުކާރުންވަނީ އެޤައުމުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ކަލްޗަރއާއި ކުޅިވަރާއި މިނި...
ޝިއުނާ އާދަމް
މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއް މިރޭ މެންދަމު 1:30 ގައި ބޭއްވުމަށް މަޖިލީހުން ނިންމައިފިއެވެ. ޤާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ހުށަހަޅާފައިވާ، ޤާނޫނު ނަމްބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނު) އަށް އިސްލާހް ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީއިން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓް އެޖެންޑާގައި ހިމަނާފައ...
ޝިއުނާ އާދަމް
ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 101 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ހާމަ ކޮށްފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1773 އަށް އިތުރު ވެފައެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިއްޔެ އިރު އޮއްސި 6:00 އިން މިއަދުގެ 6:00 އަށް 101 މީހުން ކޯވިޑަށް […]
ޔުމްނާ ޢަލީ
“ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020” ގެ ނަމުގައި ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ކޯވިޑް-19 އާ ގުޅިގެން މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމެވެ. އޭގެ އިތުރުން، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށް ކަމާބެހޭ ޤާނޫނުތަކު...
ޔުމްނާ ޢަލީ
މިމަހުގެ 31 އިން ފެށިގެން ޖޫން 11 ވަނަ ދުވަހު ގެ ނިޔަލަށް، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި 3 ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިމަހުގެ 31 އިން ފެށިގެން ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ. މިގޮތަށް އިދާރާތައް ހުޅުވިނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެނ...
ޝިއުނާ އާދަމް
އުމުރުން 16 އަހަރު ނުވާ އަންހެން ކުއްޖަކު އޮޅުވާލައިގެން މާލެ ގެނެސް ބްލެކްމެއިލްކޮށް، ރޭޕްކުރަމުން ދިޔަ މީހެއް ހައްޔަރުކޮށް، އެ އަންހެންކުއްޖާ ފުލުހުންގެ ހިމާޔަތަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް 2020 މެއި 28 ވަނަ ދުވަހުގެ ފަތިހު 05:37 ގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މިކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއ...
ޝިއުނާ އާދަމް
ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 42 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1633 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ މިއަދު 3:00 އާއި ހަމައަށް އިތުރު 42 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހުން ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝްގެ 28 މީހުންނާއި އަދި އިންޑިއާ 13 މީހުންކަމަށެވެ. ރާއްޖޭން މި ބަލި ޖެހުނު […]
ޝިއުނާ އާދަމް
މާލޭ ފުރަބަންދުގައި ތިބި ރިސޯޓު މުވައްޒަފުން ރަށަށް ދާން އަލުން ރަޖިސްޓްރީވުމަށް ޓޫރިޒަމް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ކޯވިޑް-19އާ ގުޅިގެން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ރަށްރަށަށް ދިއުމަށްޓަކައި މާލެ އައިސް، މާލޭ ފުރަބަންދުގައި ތިބި މުވައްޒަފުންގެ ތެރެއިން ކުރިން ރެޖިސްޓަރ ނުވެ މާލޭ ފުރަބަންދުގައި ތިބި ރިސޯޓް މުވައްޒަފުންނަށް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އިތުރު ފުރުސަތަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ ހޯމަ ދުވަހުގެ މެންދ...
ޔުމްނާ ޢަލީ
މާލެއިން ފިޔަވާ ރާއްޖޭގެ ރަށަކުން އެންމެ ގިނަ ކޯވިޑް19ގެ ކޭސްތައް ފެނުނު ރަށް ކަމަށްވާ ށ. ނަރުދޫގެ ހުރިހާ ގޭބީސީއެއްގެ ކަރަންޓު ބިލު، އެ ރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާގެ ހަރަދުގައި ދައްކަވައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަރުދޫ ހިމެނޭ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާ ވަނީ ނަރުދޫގެ 87 ގޭބިސީއެއްގެ މޭ މަހުގެ ކަރަންޓް ބިލް ދައްކަވައިފަ އެވެ. އެރަށޫން ވާހަކަ ދެއްކި މީހަކު […]
އަލީ އާދިލް
ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 44 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1591 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ ރޭ 3:30 އާއި ހަމައަށް އިތުރު 44 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހުން ތެރޭގައި ހިމެނެނީ 13 ދިވެއްސަކާއި ބަންގްލަދޭޝްގެ 29 މީހުންނާއި އަދި އިންޑިއާ 2 މީހުންކަމަށެވެ. ރާއްޖޭން މި ބަލި […]
ޝިއުނާ އާދަމް