ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ވަކިވަކި އޮފިސަރުން ކުރާ ކުށްތަކަށް ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފުރިހަމަ ގޮތުގައި ހިނގަންޖެހޭކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ފުލުހުންވެސް އަދި ޖަލުތަކުގައިވެސް ނަހަމައިން ކަންކަން ނުހިނގާނެ ގޮތަށް ސިޔާސަތުތައް ރޭވުމަކީ ހޯމް މިނިސްޓްރީން ކުރަމުންދާ މަސައްކަތެއްކަމަށެވެ. ނަމަވެސް ވަކި ވަކި އޮފިސަރުން ޤާނޫނާ ޚިލާފަށް ކުރާ ކަންކަމުގައި ފިޔަވަޅު އެޅުމަށް އެންއައިސީ ފުރިހަމަ ގޮތުގައި ހިންގުމަށް އެންއައިސީއާ ބެހޭ ޤާނޫނު ލާޒިމްކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Ad
rt

އެންއައިސީ އާ ބެހޭ ގާނޫނަކީ ދިވެހިރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއާތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަންގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި، މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަންގެ ޝަރުޠުތަކާއި ސުލޫކީ ހަމަތަކާއި، އެ ކޮމިޝަން ހިންގާނެގޮތުގެ އުސޫލުތަކާއި އެ ކޮމިޝަންގެ ވާޖިބުތައް އަދާކުރާނެގޮތްތައް ބަޔާންކުރުމާ ބެހޭ ގާނޫނު"

މިނިސްޓަރ ކުރެއްވި ޓުވީޓުގައި ވަނީ އެންއައިސީ އާ ބެހޭ ޤާނޫނުގެ އެއް ވަނަ މާއްދާ ވެސް ހިމަނުއްވާފައެވެ.

ހޯމް މިނިސްޓަރގެ ފާޑުކިޔުން އެންއައިސީއަށް ނުސީދާ ގޮތެއްގައި އަމާޒުވެފައިވާއިރު،

މިނިސްޓަރު އެފަދަ މޭރުމަކުން ޓްވީޓް ކުރެއްވިއިރު މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ގެންދަވަނީ އެންއައިސީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ގިނަ ބަޔަކު އަންނަނީ ފުލުހުން ހިންގާފައިވާ އަނިޔާވެރިވެރިއަމަލުތަކާއި ގުޅިގެން އެ މުވައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި 5 މެމްބަރުން ތިއްބަވާއިރު، އޭގެތެރެއިން 4 ބޭފުޅުންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ރުހުމާއެކު އައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ.