މ. މުލަކު ޞިއްޙީމަރުކަޒަށް އިތުރުކުރި އިމާރާތް މިއަދު ހުޅުވައިފިއެވެ.

މި ޢިމާރާތް ހުޅުއްވައި ދެއްވީ، މުލަކަތޮޅުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެވެ.

Ad
rt

މިއަދު ހެނދުނު މުލަކު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސް ވަނީ، އެ ޢިމާރާތާއި މުލަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.

މުލަކު ޞިއްޙީމަރުކަޒަށް އިތުރުކުރެވުނު ޢިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ކޮންފަރެންސް ހޯލަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރއެއް ހިމެނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މުލަކުގެ އިތުރުން ނާލާފުއްޓަށާއި، މުއްޔަށް ވެސް މިހާރު ވަނީ ވަޑައިގަންނަވާފައިވާއިރު، ރައީސްގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ މ. ނާލާފުށީ އައު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި، މ. މުލީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު އިފްތިތާހްކޮށްދެއްވާފައެވެ.

ރައީސްގެ މިދަތުރުފުޅަކީ އަންނަ ރިޔާސީ އިންތިޚާބުގެ އެމަނިކުފާނުގެ ކެމްޕޭނަށް ފެއްޓެވި ދަތުރުފުޅެކެވެ.