މަންމައަށް މަރުގެ އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މާލޭގައި 2021 ވަނަ އަހަރު މީހަކު އޭނާގެ މަން ކަތިލާނެ ކަމަށް ބުނެ މަންމައަށް އިންޒާރު ދިނީ ގޭގެ ތަކެއްޗަށް އޭނާ ގެއްލުން ދޭތީ އެކަން ނުކުރަން މަންމަ ބުނުމުންނެވެ.

Ad
rt

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރީ އިއްވީ ހަ މަސް ދުވަހުގެ ޖަލަށްލުމަށެވެ. އެކަމަކުއޭނާ ތަހުގީގު މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ތިން މަހާއި 25 ދުވަހުގެ އަދަބެކެވެ.

މަންމައަށް ބިރު ދެއްކުމުގެ އިތުރުން ބިއްލޫރި ފުޅިއެއް ތަޅާލައިގެން ގޮސް މަންމައަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ އިތުރު ދައުވާ އަކާއި ގޭގައި ގެންގުޅޭ އިންޑިއާ މީހެއްގެ ކަރުގައި ވަޅިއެއް ޖައްސައިގެން ބިރު ދެއްކި ކަމަށް ބުނެ އިތުރު ދައުވާއެއް އޭނާގެ މައްޗަށް ކުރި އެވެ.

ނަމަވެސް ކޯޓުން ނިންމީ އެ ދެ ދައުވާ ސާބިތުނުވާ ކަމަށެވެ.