އުރީދޫ މޯލްޑިވްސްއިން އޭވިއޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން އެ ކުންފުނީގެ ގޯލްޑް އަދި ޕްލެޓިނަމް ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ.
މި އޮފާގެ ދަށުން އުރީދޫ ކްލަބް ޕްރިމިއާގެ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ރާއްޖޭގައި އޮޕަރޭޓްކުރާ އެއް އެއާލައިން ކަމަށްވާ އިންޑިގޯ އެއާލައިންގެ ފްލައިޓް ޓިކެޓުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ.
މި ހާއްސަ އޮފާގެ ބޭނުން ހިފުމަށް ކްލަބް ޕްރިމިއާ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުން ޓިކެޓް ނަގަން ހ. ގާދޫ ބިލްޑިންގް 2 ވަނަ ފަންގިފިލާގައި ހުންނަ އޭވިއޭޝަން ސާވިސަސް މޯލްޑިވްސްއަށް ޒިޔާރަތްކޮށް، އުރީދޫ އެޕްމެދުވެރިކޮށް ޑިޖިޓަލް ކްލަބް ޕްރިމިއާ ކާޑު ދައްކާލުމުން ޑިސްކައުންޓް ލިބޭނެއެވެ. އޭވިއޭޝަން ސާވިސަސްގެ ޓީމުން ފަސޭހަކަމާއެކު ކްލަބް ޕްރިމިއާގެ މެންބަރުންނަށް ޑިސްކައުންޓް ފްލައިޓް ޓިކެޓް ކަށަވަރުކޮށްދޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ މޯލްޑިވްސް އާއި އޭވިއޭޝަން ސާވިސަސްއާ ދެމެދު ގާއިމްކުރި މި ސްޓްރެޓެޖިކް ޕާޓްނާޝިޕަކީ ކްލަބް ޕްރިމިއާގެ މެމްބަރުންގެ ދަތުރު ފަތުރު ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ފްލައިޓް ޓިކެޓުން ބޮޑު ސޭވިންއެއް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ޕާޓްނާޝިޕެކެވެ.
އުރީދޫ މޯލްޑިވްސްއަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަގުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެކެވެ. އެގޮތުން، މި ހާއްސަ އޮފައާއެކު ގިނައިން ދަތުރުފަތުރު ކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!