ހއ. ހޯރަފުށީ ހޮސްޕިޓަލް އާ އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޮއިންޓް ވެންޗަ ވިތު ފްލެކްސިން ޕްރައިވެޓް ލިމިޓެޑާއެވެ. ހއ. ހޯރަފުށީ ހޮސްޕިޓަލް އައު އިމާރާތުގެ އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ޖުމްލަ އަގަކީ 85,736,587.55 ރ. ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ހެލްތު މިނިސްޓްރީން އަން...
އަޙްމަދު ވަހީދު
އުރީދޫ މަސްރޭހުގެ މިއަހަރުގެ ތިންވަނަ މުބާރާތް އައްޑޫ ސިޓީގައި އިއްޔެ ބާއްވައިފިއެވެ. އައްޑޫ ސިޓީގައި ބޭއްވި މުބާރާތުގައި 7 ޓީމުން ވާދަކުރިއެވެ. މަރަދޫ ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މުބާރާތުގެ ވަނަތައް ލިބުނު ޓީމުތަކަށާއި މަސްވެރިންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އުރީދޫ މަސްރޭސް 2023 އައްޑޫ ސިޓީގެ ޗެމްޕިއަންކަން ހޯދީ 220.9 ޕޮއިންޓާ އެކު ޓީމް ފެހުރިހި އެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން 141.6 ޕޮއިންޓާއެކު ޓީމް ހޮންޑެލި ކާމިޔާބުކުރިއިރު 131.9 ޕޮއިންޓާ އެކު […]
އަޙްމަދު ވަހީދު
އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއް ކަމާ މެދަކު އެއްވެސް މުސްލިމަކު ޝައްކެއް ނުކުރާނެއެވެ. އެހެނީ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދީން ބާވައިލެއްވީ ޤިޔާމަތާ ޖެހެން ދެން އިންސާނާއަށް ހިދާޔަތާއި ތެދުމަގާއި ހެވާއި ނުބައި ވަކިކޮށްދެނިވި ޝަރީޢަތެއްގެ ގޮތުގައެވެ. އެހެން ނުވާން ވީ އެއްވެސް ސަބަބެއް ނެތެވެ. މާތް ﷲއީ އެންމެ އޯގާވަންތަ އެންމެ ރަޙްމާންވަންތަ އިލާހެވެ. އެ އިލާހީ އަޅުގަނޑުމެންގެ އަޅުކަމަކަށް މުޙުތާޖުވެ ވޮޑިގެންވާ އިލާހެއް ނޫނެވެ. އިސްލާމްދީން، ދީނެއްގެ ގޮތުގައި އެ އިލާހު ރުއްސަވައި، […]
ޝެއިޚް ޝަފީއު އަބްދުﷲ
ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކާ އެ ސަރަހައްދުގައި، ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި އިންސެންޓިވްތަކެއް ދިނުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ ކެމްޕޭނުގައި ހއ. ދިއްދޫގައި ހުންނަވާ އިލްޔާސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީ ވިޔަފާރި ބަނދަރާއެކީ އެ ސަރަހައްދުގައި ޓޫރިޒަމް ވަސީލަތްތައް ގާއިމުވާން ޖެހޭ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ޓޫރިސްޓު ރިސޯޓު...
މުޙައްމަދު އަފްރާޙް
އިންގްލެންޑްގެ ވިންގަ ތިއޯ ވޮލްކޮޓް އުމުރުން 34 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ވޮލްކޮޓްގެ 23 އަހަރުގެ ޕްރޮފެޝަނަލް ފުޓްބޯލް ކެރިއާގައި އޭނާ ގިނަ ދުވަސްތައް ހޭދަކުރީ އާސެނަލްގައެވެ. 2005 ވަނަ އަހަރު ވޮލްކޮޓް ކުޅެފައި ވަނީ ސައުތެމްޓަންއަށެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 16 އަހަރެވެ. އެ ސީޒަންގައި އޭނާ ވަނީ ސައުތެމްޓަންއަށް 21 މެޗު ކުޅެ ހަތަރު ލަނޑު ޖަހާފައެވެ. ވޮލްކޮޓް އާސެނަލްއަށް ގެނެސްފައި ވަނީ 2006 ވަނަ އަހަރު، އޭރު އާސެނަލްގެ ކޯޗްގެ […]
އިބްރާހިމް ޚަލީލް
އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ޚަޠީބުން ޖުއްބާލައިގެން ހުކުރުނަމާދު ކުރާގޮތަށް ހަމަޖައްސައި މިއަދުން ފެށިގެން އެގޮތަށް ޢަމަލުކުރަން ފަށައިފިއެވެ. މިއީ ހުކުރު ކުރާ ހުރިހާ ޚަޠީބުންނަކީވެސް އެއްގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާބަޔަކަށް ހަދައި، އިމާމުންނާއި ޚަޠީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަޤްސަދުގައި ޢަމަލުކުރަން ފެށި އުސޫލެކެވެ. މި އުސޫލަށް މިވަގުތު ހަމައެކަނި މާލޭ ސަރަޙައްދުގެ ޚަޠީބުން ޢަމަލުކުރަމުންދިޔަނަމަވެސް، ކުރިއަށް އޮތްތާނގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް ޢަމަލުކުރ...
އަލީ އާދިލް
ދިވެހިރާއްޖޭގެ ސިއްހީދާއިރާގެ މަސައްކަތްތެރީންގެ ހައްގުތަކަށް މަސައްކަތްކުރަމުން ދާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމް.އެޗް.ޕީ.ޔޫ) އިން، މިއަހަރުގެ ސެޕްޓެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ދިމާކޮށް ޑިމާންޑުތަކެއް ނެރެފިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ޓެގުކޮށް “އެމް.އެޗް.ޕީ.ޔޫ.ގެ ޑިމާންޑުތައް- ރިޔާސީ އިންތިޚާބު 2023” ގެ ނަމުގައި 10 ޑިމާންޑެއް އެ ޔޫނިއަންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ޕޯސްޓްކޮށްފައިވާއިރު އެ ދާއިރާ ހަރުދަނާކުރުމަށާއި އ...
އިބްރާހިމް އަސްވާޤް
ގދ. މަޑަވެއްޔާއި ގއ. ކޮލަމާފުށީގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ. މި މަޝްރޫއުގެ ދަށުން ކޮލަމާފުއްޓަށް އިތުރު ކުރަން ނިންމާފައި ވަނީ 9.16 ހެކްޓަރުގެ ބިމެވެ. މިއާއެކު އެ ރަށުގެ ބިމުގެ ސައިޒު 43 ހެކްޓަރަށް...
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސްޓާފް ޖިމް އެ ގްރޫޕްގެ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ. އެސްޓީއޯ ސްޓާފް ކުއާޓާޒްގައި ހަދާފައިވާ ސްޓާފް ޖިމަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ހަދާފައިވާ ޖާގަ ތަނަވަސް ޖިމެކެވެ. އެ ޖިމް، ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަބްދުﷲ ސައީދެވެ. ޖިމް ހުޅުވުމުގެ ގޮތުން އެސްޓީއޯ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ޖިމް ބޭނުން ކުރުމ...
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއިން ފަތުރުވެރިކަމުގެ ވިޔަފާރިން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ތަރައްގީ ކުރުމަށް، ފަތުރުވެރިކަމަށް ހާއްސަކޮށް އެ ރަށުން ކަނޑައަޅާފައިވާ ” ޓޫރިސްޓް ވިލެޖް” އިން 50 އަހަރުގެ މުއްދަތަށް ދޫކުރާ 99 ބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަށް އެ ރަށުން ދޫކުރާ 99 ބިމުގައި ހިމެނެނީ 5000 (ފަސްހާސް) އަކަފޫޓުގެ ބިމުން ފެށިގެން ގޮސް 115000 (އެއްލައްކަ ފަނަރަހާސް) އަކަފޫޓާއި ދެމެދުގެ ބިނ...
އިބްރާހިމް ޚަލީލް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާހީމް ރިޔާސީ ކެމްޕޭނަށް ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ޖޭޕީން މައުލޫމާތު ދެއްވިގޮތުގައި ޤާސިމް ކުޅުދުއްފުށީ މަގުން މިއަދު ފުރަތަމަ ވަޑައިގަތީ ހދ. މަކުނުދޫ އަށެވެ. ކުޅުދުއްފުށީ އެއާޕޯޓުންނާއި މަކުނުދޫން ޤާސިމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް ޖޭޕީން ބުނެއެވެ. މި ދަތުރުގައި ޤާސިމްގެ އަރިހުގައި ރަނިންމޭޓް، ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު […...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫ މަސްކިރާ ބަނދަރު ހަދަން ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައު މި މަޝްރޫއު އްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. މިއީ ޖުމުލަ 60.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 500 ދުވަހެވެ. މި މަޝްރޫއުގެ ދަށުން 5.5 މީޓަރު އެމްއެސްއެލްގެ...
އަޙްމަދު ވަހީދު
މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ސަރުކާރުން ހުޅުވާލި “މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް 2023” އަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފިއެވެ. ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބައްވާފައިވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގައެވެ. ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލާޝިޕް ދިނުމުގެ ސިޔާސަތުގެ ދަށުން މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް މިއަހަރު 7 ދާއިރާއިން ވަނީ ހުޅުވާލާފައެވެ. އެއީ އެނެސްތީސިއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާރޖަރީ، ޕީޑިއޭޓްރ...
މުޙައްމަދު އަފްރާޙް
ދަ ޑިމޮކްރެޓުންގެ ވެރިިކަމެއްގައި ކެބިނެޓްގެ ހަތަރު ގޮނޑި ބޮޑު ތިލަދުންމައްޗަށް ހާއްސަކުރައްވާނެ ކަަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ހުޅުމީދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. އެޕާޓީން ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުގައި އިލްޔާސް ވިދާޅުވީ ގާނޫނު އަސާސީގައި ވަކިގޮތަކަށް ސަރުކާރެއް އެކުލެވިގެން އަންނައިރު، ވަޒީރުންގެ މަޖިލިސް އެކުލަވާލަން ޖެހޭ ކަމަށާއި ނަމަވެސް ވަޒީރުންގެ މަޖިލިސް އެކުލަވާލަން ޖެހޭ ގޮތްތަކެއް ސާފުކޮށް ބުނެދީފައި ނުވާ ކަމަށެވެ. އެހެން...
މުޙައްމަދު އަފްރާޙް
އިދާރީ ގޮތުން ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ. ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރު ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ ޖޭއެސްސީއަށް ފާޑު ވިދާޅުވެފަ އެވެ. “މިހާރު ދެ އަހަރުވެގެން މި […]
ހުސައިން ހަބީބް
ސްޕެއިންގެ ސެވިއްޔާ ބަލިކޮށް މެންޗެސްޓާ ސިޓީން ޔުއެފާ ސްޕަ ކަޕް ކާމިޔާބު ކޮށްފިއެވެ. ޔުއެފާ ސްޕަ ކަޕަކީ އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނާއި އެންމެ ފަހުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މެޗެކެވެ. ރޭ ސިޓީއާއި ސެވިއްޔާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ސިޓީން މެޗު ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-4 އިން ސެވިއްޔާގެ މައްޗަށް ކުރި […]
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއިގުޅޭ، ” ދުވަހަކުވެސް އެކަމެއް ދެން ނުވާނެ! އެކަމަކު އަހަރެންގެ ދަރިޔަކަށް އަހަރެންގެ ލޯބި ލިބޭނެ…” ދޮރުމަތީގައި ހުރި ޖާވިދް ބާރުބާރަށް ބުނެލިއެވެ. އެއާއިއެކު އާބިދާ ކޮންމެވެސް ވަރަަކަށް ޖެހިލުންވިއެވެ. ” އަސްލު މަޢާފް ދެވޭ ވަރަށްވުރެ ނުބައި ކަމެއް އޭނާ އެކުރީ..އަހަރެމެންވެސް އާބާދު މި ދައްކަނީ އެވާހަކަ.. ” އާބިދާ ޖާވިދަށް ބާރު ދިނުމުގެ ގޮތުން ބުންޏެވެ. ނަމަވެސް ޖާވިދު އިތުރަށް އެއްޗެެއް ނުބުނެ އެނބުރި ދާން ހިނގައިގަތެވެ. ” ދަރިފުޅު އެއްޗެއް ކާން […]
ސަލާމާ ޢަބްދުލް ޢަލީމް
ދިވެހި ރެޑް ކްރެސެންޓްގެ 14 ވަނަ އަހަރީ ދުވަހާއި، ދުނިޔޭގެ އިންސާނީ ޚިދުމަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހިއުމެނިޓޭރިއަން ފެސްޓިވަލްގެ ނަމުގައި ބާއްވަމުން އަންނަ އާއިލީ ހަވީރު، މާދަމާ ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފި އެވެ. ދިވެހި ރެޑް ކްރެސެންޓް ކުޅުދުއްފުށީ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 16:15 އިން 18:00 އަށް، ކުޅުދުއްފުށީ ސްޓޭޑިއަމްގައެވެ. މި އަހަރުގެ ހިއުމެނިޓޭރިއަން ފެސްޓިވަލްގައިވެސް ގިނަ ސްޓޯލްތަކެއް ހ...
އިބްރާހިމް އަސްވާޤް