ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާހީމް ރިޔާސީ ކެމްޕޭނަށް ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

ޖޭޕީން މައުލޫމާތު ދެއްވިގޮތުގައި ޤާސިމް ކުޅުދުއްފުށީ މަގުން މިއަދު ފުރަތަމަ ވަޑައިގަތީ ހދ. މަކުނުދޫ އަށެވެ.

Ad
rt

ކުޅުދުއްފުށީ އެއާޕޯޓުންނާއި މަކުނުދޫން ޤާސިމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް ޖޭޕީން ބުނެއެވެ.

މި ދަތުރުގައި ޤާސިމްގެ އަރިހުގައި ރަނިންމޭޓް، ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ޤާސިމްގެ އިންތިޚާބީ އެޖެންޓް ކުރީގެ މިނިސްޓަރު އަލީ ވަހީދާއި، ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ އަހްމަދު ނިހާން ހުސައިން މަނިކު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ޤާސިމްގެ މި ދަތުރުގައި ދެން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ނޮޅިވަރަމް، ނޮޅިވަރަންފަރު، ހަނިމާދޫ އަދި ކުޅުދުއްފުށީ ސިޓީ އަށެވެ.