މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,473 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 962 ވަނަ ޞަފްޙާ

މޫނު ބުރުގާ އަޅާ މުދައްރިސުން ކިޔަވައިދެވޭގޮތަށް ހަދައިފި

މޫނު ބުރުގާ އަޅާ މުދައްރިސުން ކިޔަވައިދެވޭގޮތަށް ހަދައިފި

މޫނު ބުރުގާ އަޅާ މުދައްރިސުން ކިޔަވައިދޭ އިރު، ސްޓާފް ކާޑު އަޅައިގެން ހުރުމަށާއި މޫނު ފެންނަ ގޮތަށް ހުންނަން ޖެހޭ ގޮތަށް މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލަށް އިސްލާހު ގެނެސްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލުގެ 9 ވަނަ މާއްދާގެ (ކ) އަށް ގެނައި އިސްލާހު ގެޒެޓް ކޮށްފައިވާ ކަމަށެވެ. އެ އިސްލާހުގައި ވަނީ އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ މޫނުބުރުގާ އަޅާ މުދައްރިސުން، މޫނު ހާމަކުރުމަށް […]

މުޙައްމަދު އަފްރާޙް
މައިބަދާގެ އޮޕަރޭޝަނެއްކޮށް ގާޑިއޯލާ ޓީމާއި ދުރަށް

މައިބަދާގެ އޮޕަރޭޝަނެއްކޮށް ގާޑިއޯލާ ޓީމާއި ދުރަށް

މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މައިބަދާގެ އޮޕަރޭޝަނެއްކޮށް ކުޑަ ދުވަސްކޮޅަކަށް ޓީމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ. އުމުރުން 52 އަހަރުގެ ގާޑިއޯލާގެ މައިބަދައަށް ތަދުވާތީ އޭނާ ވަނީ، އޭނާގެ އުފަން ސިޓީ ކަމަށްވާ ބާސެލޯނާއަށް ދަތުރުކޮށް މިހާރު އޮޕަރޭޝަން ކޮށްފައެވެ. ސިޓީން ބުނެފައިވަނީ ގާޑިއޯލާގެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. މި އޮޕަރޭޝަނުން ރިކަވާވެގެން ގާޑިއޯލާ ސިޓީއާއި ގުޅޭނެކަމަށް ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 4 ދުވަހުން ފެށިގެން 12 ދުވަހުގެ ނިޔަލަށް އޮންނަ އިންޓަނޭޝަނަލް ބްރޭކަށް […]

އިބްރާހިމް ޚަލީލް
ރާއްޖެ ދަރަނިން ސަލާމަތް ކުރެވޭނީ ގާސިމް ވެރިކަމެއްގައި: ރައީސް ވަހީދު

ރާއްޖެ ދަރަނިން ސަލާމަތް ކުރެވޭނީ ގާސިމް ވެރިކަމެއްގައި: ރައީސް ވަހީދު

ރާއްޖެ އަށް ކުރިމަތިވެފައިވާ ދަރަނީގެ އަނދަވަޅުން ސަލާމަތް ކުރެވޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވެރިކަމަށް ގެނެސްގެން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހދ. ނެއްލައިދޫގައި މިއަދު ވިދާޅުވެއްޖެއެވެ. ނެއްލައިދޫގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައީސްއަކަށް ހުންނަ ބޭފުޅަކު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. ވެރިކަމަކީ ކޮންމެ މީހަކާ […]

މުޙައްމަދު
ވޯޓެއް ނުގަންނާނަން، ރިޝްވަތެއް ނުދޭނަން، ރައީސް ސާލިހު އެއްބުރުން ނަގާނަން: ޖާބިރު

ވޯޓެއް ނުގަންނާނަން، ރިޝްވަތެއް ނުދޭނަން، ރައީސް ސާލިހު އެއްބުރުން ނަގާނަން: ޖާބިރު

ވޯޓެއް ނުގަންނާނެ ކަމަށާއި ރިޝްވަތެއް ވެސް ނުދޭނެ ކަމަށާއި ރިޔާސީ އިންތިހާބު ރައީސް ސާލިހު އެއްބުރުން ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ވަރަށް ފޯރިއާ ޖޯޝާއެކު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު، މަޖިލީހުގެ ޒިންމާ އުފުލަން ޖެހޭ ކަމަށެވެ. އަދި މަޖިލިސް އޮތީ ހަތަރުއަނގޮޅި އަކަށް ހުއްޓިފައި...

މުޙައްމަދު އަފްރާޙް
ގާސިމްގެ ވެރިކަމެއްގައި ރިސްކް އެލަވަންސް ބޮޑު ކުރުމަށް ވައުދުވެވަޑައިގެންފި

ގާސިމްގެ ވެރިކަމެއްގައި ރިސްކް އެލަވަންސް ބޮޑު ކުރުމަށް ވައުދުވެވަޑައިގެންފި

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ރިސްކް އެލަވަންސް ބޮޑު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ވަނީ ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ. އެމަނިކުފާނުގެ އަމާޒަކީ ހދ. އަތޮޅާއި ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ގޮސް، އެމީހުން ޝަކުވާތައް […]

މުޙައްމަދު
ސިޓީ ހޮޓަލަކާއެކު ރައީސްގެ ގިނަ ވައުދުތަކެއް ބ. މާޅޮހަށް

ސިޓީ ހޮޓަލަކާއެކު ރައީސްގެ ގިނަ ވައުދުތަކެއް ބ. މާޅޮހަށް

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ސިޓީ ހޮޓަލަކާއެކު ބ. މާޅޮހަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުފުޅުތަކެއް ވެވަޑައިގެންފިއެވެ. ބ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މާޅޮހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، އެ ރަށުގައި އައު ސިއްހީ މަރުކަޒަކާއި ސިޓީ ހޮޓަލެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ...

މުޙައްމަދު އަފްރާޙް
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ: މެޓް

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ: މެޓް

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުލޮށްފާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފިއެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތް ހާމަކުރައްވައި އެ އިދާރާ އިން ނެރުނު މޫސުމީ ބުލެޓިން ގައި ވިދާޅުވީ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު،...

މުޙައްމަދު އަފްރާޙް
ވެރިކަމަށް ކުރިމަތިލީ އަމިއްލަ އެދުމެއްގައެއް ނޫން، ރައްޔިތުންނަށް ހިދުމަތް ކުރަން: ގާސިމް

ވެރިކަމަށް ކުރިމަތިލީ އަމިއްލަ އެދުމެއްގައެއް ނޫން، ރައްޔިތުންނަށް ހިދުމަތް ކުރަން: ގާސިމް

ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި ބޭނުން ވަނީ ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރަން ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރިނބީ އަށް ވަޑައިގެން ސަޕޯޓަރުންނާއި ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގައުމުގެ ހާލަތު ކިޔައިދެމުން އަންނަނީ ރައްޔިތުންގެ ނެތް އަމިއްލަ...

މުޙައްމަދު އަފްރާޙް
ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ އިސްލާމްދީނަށް ކުރެއްވި އަގުހުރި ޚިދުމަތްތައް

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ އިސްލާމްދީނަށް ކުރެއްވި އަގުހުރި ޚިދުމަތްތައް

އަޅުގަނޑު ކުޑައިރު ރޭޑިއޯއިން ފޮނުވި ދީނީ ވަރަށް ގިނަ ޕްރޮގްރާމްތަކެއްގައި އެންމެ ގިނައިން އިވެމުންދިޔަ އެއް އަޑަކީ ށ. މަރޮށްޓަށް އުފަން މ. ރިހާބު ފަޟީލަތުއްޝައިޚު ޢުޘްމާނު ޢަބްދުﷲ ޢުމްރީގެ އަޑެވެ. “ފަރުޟު ޒަކާތް” ފަދަ ޕްރޮގްރާމްތަކަކީ އުޘްމާން ޢަބްދުﷲއަށްޚާއްޞަ ޕްރޮގްރާމެކޭ އޭރު އަޅުގަނޑަށް ހީވެފައި އޮތެވެ. އެ ސިލްސިލާ ޕްރޮގްރާމްގައި ޢުޘްމާން ޢަބްދުﷲގެ މަޑުމައިތިރި އަޑުން ދެއްވި ހެޔޮ ނަސޭހަތްތައް ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. ރޭޑިއޯގެ އިތުރުން ޓީވީ މޯލްޑިވްސްއިން ފޮނުއްވި ދީނީ ގިނަ […]

ޢަބްދުﷲ ސަޢީދު
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގެ ދިވެހި އަންހެނަކު ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާން ކޮށްފިއެވެ. އެ އިދާރާ އިން ވިދާޅުވީ ހޯދަނީ ކ. މާލެ / ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ ކަމަށެވެ. އަދި އޭނާ ހޯދަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. އުމުރުން 40 އަހަރުގެ ރިޔާސާ ހާޟިރުވާން ޖެހޭނީ އޮގަސްޓް 28 ވަނަ ދުވަހުގެ 11:30 އަށް ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ކަމަށާއި އޭނާ ހާޟިރުކުރަނީ […]

މުޙައްމަދު އަފްރާޙް
ގާސިމަށް ކުރިނބީން ހޫނު މަރުހަބާއެއް

ގާސިމަށް ކުރިނބީން ހޫނު މަރުހަބާއެއް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް އަށް ހދ. ކުރިނބީން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެމަނިކުފާނު ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގަތުމުން އެރަށުގެ ފައިއިނދޭ ފުރައިން ރައްޔިތުން ވަނީ ބަދަރު ސަރަހައްދަށް ޖަމާވެފައެވެ. އަދި ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ. ބޮޑު ތިލަދުންމަތީގެ ރަަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ޖުމްހޫރީ ކެންޑިޑޭޓު މިހައިތަނަށް ވަނީ ހދ އަދ...

މުޙައްމަދު އަފްރާޙް
ކުޅުންތެރިއަކު މަދުކޮށް ކުޅެ އާސެނަލުން ޕެލަސް ބަލިކޮށްފި

ކުޅުންތެރިއަކު މަދުކޮށް ކުޅެ އާސެނަލުން ޕެލަސް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ އާސެނަލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ކެޕްޓަން މާޓިން އޮޑެގާޑެވެ. މި ޕެނަލްޓީ އާސެނަލްއަށް ލިބިފައި ވަނީ ޕެލަސްގެ ކީޕަރު އާސެނަލްގެ އެންކެޓިއާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ޝިކާޔަތު (46)

ސިލްސިލާ ވާހަކަ: ޝިކާޔަތު (46)

ކުރީގެ އަދަދާއިގުޅޭ، ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއިއެކު ބާރުބާރަށް ގޮސް ދޮރު ހުޅުވާލުމާއެކު ޔަޝްމީއަށް ފެނުނު މަންޒަރުން ދެކަންފަތުގައި އަތް އަޅައި ބާރަށް ހަޅޭއްލަވައި ގަނެވުނީ ރޮއިގަންނަމުންނެވެ. ” ޔަޝްމީ! އޭ! ޔަޝް…މީ ކިހިނެއްވީތަ ލޯބި؟” ޔަޝްމީގެ ގައިގައި ބާރަށް ހާރޫން ބައްދައިގަތެވެ. އަދި މަޑުމަޑުން ޔަޝްމީގެ ބޮލުގައި ފިރުމަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ” ކިހިނެއްވީތަ؟ ހުވަފެނެއް ފެނުނީތަ؟” އޭރުވެސް ޔަޝްމީ ކޮންމެވެސް ވަރަކަށް ގިސްލާކަން ހާރޫންއަށް އެނގުނެވެ. އެހެންކަމުން އޭނާ...

ސަލާމާ ޢަބްދުލް ޢަލީމް
ނާޒިމް ކެމްޕޭނަށް އައްޑޫ އާއި ފުވައްމުލަކަށް

ނާޒިމް ކެމްޕޭނަށް އައްޑޫ އާއި ފުވައްމުލަކަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ އަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި ނާޒިމްގެ މި ދަތުރު ފައްޓާނީ މިއަދުއެވެ. އެގޮތުން މިއަދު އެންމެފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ސިޓީ އަށް ކަމަށާއި އެ ސިޓީގައި ކެންޕެއިން ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. މި ޖަލްސާ އޮންނާނީ […]

މުޙައްމަދު އަފްރާޙް
ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭޓީސީ ރާޑަރު ކޮންޓްރޯލް ޓްރެއިނިން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭޓީސީ ރާޑަރު ކޮންޓްރޯލް ޓްރެއިނިން ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން (އޭރިއާ ކޮންޓްރޯލް ސަވައިލަންސް ކޯސް – އައިކާއޯ 054) ކޯހެއް ފަށައިފިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ކޯސް 6 ބައިވެރިންނާއެކު ޖުލައި 30 ން ސެޕްޓެމްބަރު 21 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެމްއޭސީއެލް އިން ވިދާޅުވީ މި ތަމްރީނުތަކުގައި މުދައްރިބެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވާނީ ގްލޯބަލް އޭ.ޓީ.އެސް/ ޔޫ.ކޭގެ ރިޗަޑް ތޯމަސް ސްމިތު ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
ހުޅުމާލެއާއި ތިލަފުށިން ގޯތިދޭން ބޭނުންވާ ބިން ހިއްކަން ހަވާލުކޮށްފި

ހުޅުމާލެއާއި ތިލަފުށިން ގޯތިދޭން ބޭނުންވާ ބިން ހިއްކަން ހަވާލުކޮށްފި

ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާއި ސަފާރީ ބަނދަރު ހަދާ ދިޔަނެރު ފަޅު އަދި ތިލަފުށިން ބޭނުންވާ ބިން ހިއްކުމަށް ބަޔަލާ ހަވާލުކޮށްފިއެވެ. އާބަންކޯއިން މި މަސައްކަތް ހަވާލުކުރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއެވެ. އާބަންކޯ އިން ބުނި ގޮތުގައި ސީއެމްސީ އާ ހަވާލުކޮށްގެން މި ތިން ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށައިފައެވެ. ސީއެމްސީ އަކީ ބ. ތުޅާދޫ އެއާޕޯޓާއި ތ. ވިލުފުށި އަދި ށ. […]

އަޙްމަދު ވަހީދު
ސިޓީގެ ޑިފެންޑަރ ސްޓޯންސްއަށް އަނިޔާވެ ކުޅުމާއި ދުރަށް

ސިޓީގެ ޑިފެންޑަރ ސްޓޯންސްއަށް އަނިޔާވެ ކުޅުމާއި ދުރަށް

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރ ޖޯން ސްޓޯންސްއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ. ސްޓޯންސްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައި ވަނީ ޕްރީ ސީޒަން ތެރޭގައެވެ. އޭނާއަށް ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ކުޅުމުގެ ތެރެއަށް ނާދެވޭނެކަން ސިޓީގެ ކޯޗް ގާޑިއޯލާ ވަނީ ކަށަވަރު ކޮށްދީފައެވެ. އަންނަ ސެޕްޓެމްބަރ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް އިންޓަނޭޝަނަލް ބްރޭކް ކުރިއަށްދާއިރު، އިންގްލެންޑުން ދެ މެޗެއް ކުޅޭނެއެވެ. އެއީ ޔޫރޯ […]

އިބްރާހިމް ޚަލީލް
އެމްޑީޕީން ވަކިވެ، މޫސާ ސިރާޖުގެ ތާޢީދު މުއިއްޒު އަށް!

އެމްޑީޕީން ވަކިވެ، މޫސާ ސިރާޖުގެ ތާޢީދު މުއިއްޒު އަށް!

ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު އަށް ތާޢިދު ކުރައްވައިފި އެވެ. މެންބަރު މޫސާ ސިރާޖު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަހަރުގެ ރިޔާސީރޭހުގައި ޑރ. މުއިއްޒުއަށް ތާއީދުކުރަން ނިންމާފައިވާކަމަށެވެ. “2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދ...

އިބްރާހިމް އަސްވާޤް