ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުލޮށްފާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތް ހާމަކުރައްވައި އެ އިދާރާ އިން ނެރުނު މޫސުމީ ބުލެޓިން ގައި ވިދާޅުވީ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.

Ad
rt

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

ފާއިތުވި ދެ ދުވަހު ވެސް ދިޔަވަރު ބޮޑުވި ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކަން ފާހަގަކުރައްވާ އެ އިދާރާ އިން ވަނީ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރައްވާފައެވެ.

މި އޮގަސްޓު މަހުގެ ކުރީކޮޅު ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފައިވާިއރު، އެންމެ ބޮޑުވަރުވެފައިވަނީ ވެރިރަށް މާލެއަށެވެ.

މިދިޔަ މެއިމަހުގެ ފުރަތަމަ ހަފުތާގައި ފެށުނު ހުޅަނގުމޫސުމުގެ ބާރުގަދަވެ، ފާއިތު މިވީ މުއްދަތުގެ ތެރޭގައި ބައެއް ދުވަސްވަރު މޫސުން ވަރަށް ގޯސްވިއެވެ.

މިއަހަރުގެ އޮގަސްޓްގައި ގިނަ ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު، މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ މަދުވާނެކަމަށް ބެލެވެއެވެ. ނަމަވެސް އުތުރުގެ ބައެއް ރަށްތަކަށް މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރުވުން އެކަށީގެން ވެއެވެ.