މަކަރާއި ހީލަތުގެ މައްސަލައެއްގެ ދިވެހި އަންހެނަކު ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާން ކޮށްފިއެވެ.
އެ އިދާރާ އިން ވިދާޅުވީ ހޯދަނީ ކ. މާލެ / ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ ކަމަށެވެ. އަދި އޭނާ ހޯދަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.
އުމުރުން 40 އަހަރުގެ ރިޔާސާ ހާޟިރުވާން ޖެހޭނީ އޮގަސްޓް 28 ވަނަ ދުވަހުގެ 11:30 އަށް ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ކަމަށާއި އޭނާ ހާޟިރުކުރަނީ މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގާ އޭނާ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޟިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޟިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ސުވާލުކުރަން ބޭނުންވާ މީހުން އުޅޭ ވަކި ތަނެއް ނޭނގޭ ހާލަތުގައި މީގެ ކުރިން ވެސް ތަހުގީގަށް ހާޒިރުވުމަށް އަންގައި، އެ އިދާރާ އިން ދަނީ އިއުލާން ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!