ޝަރީއަތް ނިމެންދެން “ވާނުވާ” ޖަހައި ޖަލުތަކުގައި ތިބޭ ރައްޔިތުންނަށް ހައްލު ހޯދައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. ކުޑަފަރީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އަދުލު އިންސާފު ލަސްވުމާއި ވާނުވާ އެއް ނޭނގި ޝަރީއަތް ދިގުލައިގެން ގޮސް ޖަލުތަކުގައި ތިބި ރައްޔިތުންގެ ހައްގުގައި […]
މުޙައްމަދު
ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ބައެއްގެ މައްޗަށް ކުރި މަސްތުވާތަކެތީގެ ބޮޑެތި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. ޕެސްޓުގެ މައްޗަށް އުފުލީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ. ޕެސްޓުގެ […]
ހުސައިން ހަބީބް
ޕީއެންސީގެ ވެރިކަމެއްގައި ގަވައިދާ ހިލާފަށް ޕާކުކޮށްގެން ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ސެޕްތެްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު މިހެން ވިދާޅުވީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ އަތޮޅު ފުނަދޫގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީި މި ސަރުކާރުން ވެރިކަމަށް އައީ ޕާކުކުރާނެ...
މުޙައްމަދު އަފްރާޙް
ރ. ދުވާފަރު ރައްޔިތުންގެ އިހުސާސްތައް ބޮލާލައި ނުޖަހާނެ ކަމަށާއި ރައްޔިތުން އެދިފައިވާ ގޮތަށް އެރަށުގައި އެއާޕޯޓު އަޅައިދެއްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސާލިހު ވިދާޅުވީ އެރަށަށް ވަޑައިގަތުމުން ސަލާމްކުރެއްވި...
މުޙައްމަދު އަފްރާޙް
ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކުރީ ބިގް ފިޝް މޯލްޑިވްސް އާއެވެ. އެ ކުންފުނިން ވަނީ މި މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ. ބިގް ފިޝްއިން ބުނީ މި މަސައްކަތްތައް ކުރިއަށްދާ ހަލުވި މިނަށް ބަލާއިރު، މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މި މަސައްކަތް ނިމޭނެ ކަމަށް އެ ކުންފުނިން އަންދާޒާކުރަނީ އަންނަ އަހަރުގެ […]
އަޙްމަދު ވަހީދު
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ފޭދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ އެރަށުގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވާ އެއް ކަމަކީ ފެންވަރުގެ ޕްރީސްކޫލެއް ކަމަށާއި ފޭ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެއްވި ހިދުމަތާއި އެހީތެރިކަމަށް ބަލާއިރު، އޭނާއާ ގާތް ކުރެވޭ ވަރުގެ ކެންޑިޑޭޓެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރުގެ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މަނަދޫގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ވޯޓުލާ އިރު، ކުރިމަތިލައްވާފައި ތިއްބެވީ ކިހާ ވަރެއްގެ އިހްލާސްތެރި މަސައްކަތަކެއް […]
މުޙައްމަދު
ށ. މިލަންދޫ ގައި އެެއާޕޯޓް އެޅުމަކީ، އެ ހިސާބުގެ ރައްޔިތުންނަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުގައި ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުޢިއްޒުގެ ވާހަކާގައި ވިދާޅުވީ، 30 މިނެޓުން ދެވޭ ގޮތަށް ރާއްޖޭގެ އެކި […]
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ” ޕްރޮސީޖަރއަށްފަހު އެއްދުވަސް ފަހުން ދޫކޮށްލެވޭނީ… މިވަގުތު ޝަހާނާއަށް އަޅާލުމާއި ލޯބި ވަރަށް މުޙިއްމުވާނެ.. ނަފްސާނީގޮތުން ދެމީހުންވެސް ވަރަށް ބަލިކަށިވާނެކަން އެނގޭ..” ހިތްހެޔޮކަމާއެކު ޑޮކްޓަރ ވާހަކަ ދައްކާ ނިންމާލުމާއެކު ނަރުސްކުއްޖާ ޖާވިދު ގާތު އޭނާއާއެކު ދިޔުމަށް އެދުނެވެ. އޭރު ޖާވިދްގެ ގައިންވަނީ ހަކަތަ ހުސްވެފައެވެ. *** މާލެ އައިގޮތަށް އެންމެ ފުރަތަމަވެސް ހާރޫން ، ޔަޝްމީ ގޮވައިގެން ދިޔައީ އޭނާގެ ބައްޕަގެ ގާތަށެވެ. ބައްޕަ ދެކިލުމަށްފަހު އެނބުރި ގެއަށް އައީ ވެފަައިވާ ވ...
ސަލާމާ ޢަބްދުލް ޢަލީމް
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ނ. މަނަދޫ އަށް ވަޑައިގެންނެވުމުން އެ ރަށު ގިނަ ބަޔަކު ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ގާސިމް މަނަދޫއަށް ވަޑައިގަތުމާއެކު ބަދަރު ސަރަހައްދުގައި އިސްތިގްބާލުގައި ތިބި މަނަދޫގެ ރައްޔިތުން ފޯރިއާ ޖޯޝާއެކު ދިޔައީ ގާސިމަށް ތާއީދުކޮށް އަޑު އުފުލަމުންނެވެ. ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވި އިރު ބޮޑުބެރުގެ ފޯރިއާއެކު ގާސިމަށް މަރުހަބާ ދެންނެވުމަށް ދިގު ސަފެއް ހަދައި ވަނީ ފޯރި ނަގައިފައެވެ. […]
މުޙައްމަދު
މާލޭގެ މުއިވެޔޮ މަގުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކޮށްފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ މ. ހުދުކަނީރުގޭގައި ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ އެ މައުލޫމާތު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލު ކޮށްފައިވާ ކަމަށެވެ. އަލިފާން ރޯ ވެފައިވަނީ އެ ގޭގައި ހުރި ހާޑްވެއާ ރައްކާކުރާ ގުދަނެއްގައި ކަމަށާއި މި ހާދިސާގައި […]
މުޙައްމަދު އަފްރާޙް
ދައުލަތުގެ މުވައްޒަފުންގެ މުސާރަ %40 ބޮޑު ކުރާނެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައްކަވަނީ ވެރިކަން ހޯއްދަވަން ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދީގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ […]
މުޙައްމަދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ވަރަށް ޚާއްސަ ކެމްޕެއިން އިވެންޓެއް މާދަމާ (ބުރާސްފަތި) މާލޭގައި އޮންނާނެއެވެ. “ޒަމާނަކުން އައި ޒަމާނެކޭ” މި ސްލޯގަން އާއި އެކު ސޯޝަލް ސެންޓަރުގައި ކުރިއަށް ދާ މި އިވެންޓް އޮންނާނީ މާދަމާ ރޭ 8:15 ގައި އެވެ. މި ޙަރަކާތަކީ އެމް.ޑީ.ޕީއިން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެއްކަމަށް އެޕާޓީން ބުނެއެވެ. މީގެ ކުރިންވެސް، އެމް.ޑީ.ޕީ ފާހަގަވެގެން ގޮސްފައިވަނީ ހަރުގެ ބައްދަލުވުންތަކާއ...
އަލީ އާދިލް
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ކޮންމެ ރަށެއްގެ އަތިރިމަތީގައި ރީތި މިސްކިތެއް ބިނާކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ގާސިމް ކުރައްވާ ދަތުރުފުޅުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ކޮންމެ ރަށެއްގައި ރަނގަޅު ފެންވަރެއްގެ މިސްކިތެއް ބިނާ ކުރާނެ ކަމަށެވެ. އެއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު […]
މުޙައްމަދު
މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ. ރިޔާސީ އިންތިހާބަށް އެ ޕާޓީން ހެދި “ހެޔޮވެރިކަން” މެނިފެސްޓޯގައި ވަނީ، މީޑިއާތަކަށް ދޫކުރާ ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓ...
އަލީ އާދިލް
ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެރަށަށް ވެސް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެބޮޑު އެއް މައްސަލަ ކަމަށްވާ ކުނި މެނޭޖް ކުރުމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި...
މުޙައްމަދު އަފްރާޙް
ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހުރި ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑް ހަރުކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ނ. ހެނބަދޫގައި ވައުދުވެވަޑައިގެންފިއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ހެނބަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސްކޫލްތަކުގައި ހުރި ކޮމްޕިއުޓަރު ލެބްތައް […]
މުޙައްމަދު
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ޑްރަގް މައްސަލައެއްގައި 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ ފަނޑިޔާރު ކަމުގައި ހުއްޓާ 2016 ވަނަ އަހަރުގެ ތެެރޭގައި ސައިކަލެއްގައި ދުއްވާފައިދަނިކޮށް ހުއްޓުވުމުން އޭނާގެ އެއްލާލި ރަބަރު ޕެކެޓެއްގައި ޑައިމޯފިން ހުރިކަން ތަހުލީލުން ހާމަވުމުންނެވެ. އެ މައްސަލާގައި އޭނާ އޭރު ހައްޔަރުކުރި ނަމަވެސް ފަހުން ދޫކޮށްލި އެވެ. އޭނާގެ މައްޗަށް ދައުވާ ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯ...
ޔުމްނާ ޢަލީ