ސިވިލް ކޯޓު ގާޒީކަމަށް 15 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ވިދާޅުވެއްޖެއެވެ. އެ ކޯޓަށް ގާޒީ އެއް ހޯދަން ޖޭއެސްސީން ޢިއުލާން ކުރީ މި އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެ ޢިއުލާނަށް ސުން ގަޑި މިމަހުގެ 19ގައި ހަމަވިއިރު 15 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. އިއުލާނުގެ މުއްދަތު ހަމަވި އިރު އެމަގާމަށް ކުރިމަތިލެއްވީ 17 ބޭފުޅުންނަކީ: މުހައަމަދު ނިޒާމް، މއ. މޮޑަންކޮމެޓް/މާލެ ނަފީލް މުހައްމަދު، ލަކީ ހޯމު/ގއ. […]
ޔުމްނާ ޢަލީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތެރޭގައި އަޑުގަދަ ކުރަމުންދިޔަ ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ވީއައިއޭ ތެރޭގައި އެހެން މީހުންނަށް އުނދަގޫކޮށް، ބޭއަދަބީ ޢަމަލުތައް ހިންގަމުން ދަނިކޮށް ހައްޔަރުކުރި ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނައީ ވީއައިއޭ ތެރޭގައި އެހެން މީހުންނަށް އުދަނގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން...
މުޙައްމަދު އަފްރާޙް
އައިޖީއެމްއެޗް ކައިރީގައި ހަމަލާދީ މަރާލި ނޫރު އާދަމް ހަސަންފުޅުގެ މައްސަލާގައި ކުށް ސާބިތުވި ކުއްޖާގެ މައްޗަށް މަރުގެ އަދަބު ދެވެން ނެތުމުން އޭނާގެ މައްޗަށް އަލުން އަދަބު ކަނޑައަޅަން ހައި ކޯޓުން އަންގައިފި އެވެ. މާޗް، 2015 ގައި ގްރޫޕަކުން ގޮސް ނޫރު އާދަމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އެ ކުއްޖާ މަރަން […]
ހުސައިން ހަބީބް
ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތް 90 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު ނެރު ފުންކުރުމުގެ މަސައްކަތް...
އަޙްމަދު ވަހީދު
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ކުޅެފައިވާއިރު ފުރަތަމަ ސެމީގައި އިއްޔެ ހަވީރު ބައްދަލުކުރީ ލަޔަންއާއި އައްޓޯ އެފްސީއެވެ. މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 އިން ކުރި ހޯދައި ލަޔަން […]
އިބްރާހިމް ޚަލީލް
އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު، ހއ. އުތީމު ރައްޔިތުންނަށް 100 ރުއް ހަދިޔާ ކުރައްވައިފއެވެ. މިކަމާއި ގުޅިގެން އެރަށު ކައުންސިލުން ވިދާޅުވީ މިއި މެލޭޝިއާގެ ރުއް ކަމަށާއި މި ރުއްތައް އެރަށުގެ ލޭންޑްޔޫޒް ޕްލޭނާ އެއްގޮތަށް އިންދަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ އާންމުންނަށް ބެހުމަށް ނިންމާފައިވާ ރުއް ނޫން ކަމަށާއި އަމާޒަކީ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ރުއްތައް އިންދައި، ކައުންސިލަށާއި ރައްޔިތުންނަށްް މުސްތަގުބަލުގައި ފައިދާއެއް ވުން ކަމަށ...
މުޙައްމަދު އަފްރާޙް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)އާ ގުޅޭ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން އެ އިދާރާއިގެ މައި އޮފީހަށް މިއަދު ވަދެއްޖެއެވެ. މާފަންނު ސްޓޭޑިއަމް ހުޅަނގުގައި ހުންނަ އެފްއޭމުގެ މައި އޮފީސް ”އެފްއޭއެމްހައުސް”ގައި ފުލުހުން ހަރަކާތެރިވަމުން އަންނައިރު، ފުލުހުން އެތަނަށް ވަދެފައި ވަނީ ފައިސާގެ ހިޔާނާތް ހިންގާފައިވާކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަކަށް ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރަން ނިންމައިފިއެވެ. ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ ކަން މަޖިލީހުގެ މެންބަރުންނަށް މިއަދު ވަނީ އަންގާފައެވެ. ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކުރާނެ ކަން މަޖިލީހުގެ މެމްބަރުންނަށް އަންގަވައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ...
ޔުމްނާ ޢަލީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ދެވަނަ ފަހަރަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ. އެޗްއާރުސީއެމުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް އަލުން ހުޅުވައިމިލީ، އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ އަދަދަކަށް އެ މަޤާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެޗްއާރުސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 އޮކްޓޫބަރ...
ޔުމްނާ ޢަލީ
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި ދަމަކް ކުލަބް ބައްދަލުކުރި މެޗު އަލް ނަސްރުން ކާމިޔާބު ކޮށްފިއެވެ. ސީޒަންގެ ފުރަތަމަ މެޗުތަކުގައި ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް އަލް ނަސްރުން މިހާރު އަންނަނީ ލީގުގައި މޮޅަށް ކުޅެމުންނެވެ. ރޭ ލިބުނު ތިން ޕޮއިންޓާއިއެކު އަލް ނަސްރު ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އަލް ނަސްރަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އަލް ތާވުން އަށް ލިބިފައި ވަނީ 10 މެޗުން […]
އިބްރާހިމް ޚަލީލް
ހދ. މަކުނުދޫގައި އިއްޔެ ހަވީރު 4:15 ހާއިރު ގޭސް ސިލިންޑަރެއް ގޮވައި ދެ މީހެއްގެ ފުރާނަ ގެއްލުނު ހާދިސާއަކީ މުޅި އެރަށަށާއި، ރާއްޖެ އަށް ވެސް ކުއްލި ޝޮކެއް ގެނުވި ހާދިސާއެކެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތަށް އެރަށަށް ގޮސް އުޅުނު އަވަށްޓެރި އިންޑިއާ އަށް ނިސްބަތްވާ ދެ މީހެކެވެ. މި ހާދިސާ ހަމަލޮލަށް ދުއް މީހެއްގެ ހައިސިއްޔަތުން، 2021 ވަނަ އަހަރު ދިވެހިބަހާ ސަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޒުވާނުންގެ […]
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި އެންމެ ގިނަ ބައެއްގެ ލޯތަށް އަމާޒުވީ 37 އަހަރުގެ ސްޕެއިންގެ ޑިފެންޑަރ ސާޖިއޯ ރާމޯސްއަށެވެ. ރާމޯސައަކީ ރެއާލަށް 2005 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 16 ސީޒަންގައި ކުޅެ އެ ޓީމާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. […]
އިބްރާހިމް ޚަލީލް
3.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ކުރިއާ އަދި އެއާކާގޯ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 3 ޝިޕްމެންޓު ކަމަށެވެ. މީގެ ތެރެއިން ފުރަތަމަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ މިދިޔަ ސެޕްޓެމްބަރ 27 ވަނަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް ޖަރުމަންވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނުމު...
މުޙައްމަދު އަފްރާޙް
މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސް ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. މުއިއްޒު އެގޮތަށް ގޮވާލެއްވީ، ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު މަރުވެފައިވަނިކޮށެވެ. މުއިއްޒު ވިދާޅުވީ މަކުނުދޫގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ދެ މީހަކު މަރުވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ. މަކުނުދޫގައި އެފަދަ ހާދިސާއެއް ހިނގި އިރު، ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި މިދި...
މުޙައްމަދު
ދުނިޔޭގެ ނިސްބަތުން މިނިކާވަގުގެ އާބާދީގެ 75 އިންސައްތަ ދިރިއުޅެނީ އިންޑިާގެ ޖަންގަލިތަކުގައެވެ. އެގޮތުން ދާދިފަހުން ކުރި ދިރާސާއަކުން ހާމަވިގޮތުގައި މިފަހަކަށް އައިސް މިނިކާވަގުގެ އާބާދީ އެ ގައުމުގައި އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ވަކި ސަބަބެއް ނޭނގި ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ގިނަ އަދަދައްގެ މިނިކާވަގު މަރުވެފައިވާތީ ކަމާބެހޭ ފަރާތްތަކުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންޑިއާގެ ނޭޝަނަލް ކޮންޒަވޭޝަން އޮތޯރިޓީ (އެންޓީސީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު...
މުޙައްމަދު
އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރާތް ކުޅުދުއްފުށީގައި ހޯސްޓުކުރަން ލިބުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އެ ސިޓީގައި ބޭއްވި އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ 1124 އެތްލީޓުންނާއެކު ރާއްޖޭގެ އަތޮޅުތެރޭގައި ބޭއްވުނު އެންމެބޮޑު މުބާރާތް ކުޅުދުއްފުށީގައި ބޭއްވުނުކަމީ އެ ސިޓީގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ. މޭޔަރު ވިދާޅުވީ އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރ...
މުޙައްމަދު އަފްރާޙް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކުގައި އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށް ބުނެ، އިންތިހާބީ ރައީސްގެ އޮފީހުން ދެއްކި ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އެސްޓީއޯއަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމ...
މުޙައްމަދު
ހދ. މަކުނުދޫގައި މިއަދު ހަވީރު ގޮވާފައި ވަނީ ގޭސް ސިލިންޑަރެއް ކަމަށާއި، މިހާދިސާގައި ނިޔާވެފައި ވަނީ ދެ ބިދޭސީން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު އެ ރަށު ބަނދަރު ސަރައްދުގައެވެ. މައުލޫމާތު ލިބޭގޮތުގައި ނިޔާވީ މަކުނުދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތަށް އެރަށަށް ގޮސް އުޅުނު ބަޔެކެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ގޭސް ސިލިންޑަރ ގޮވުމާއެކު އެ ދެ މީހުން ވަނީ ވިއްސައިގެން ގޮސްފައެވެ. އެތަނުން އެކަކު އޮތީ […]
ޔުމްނާ ޢަލީ