ބައެއް މުއައްސަސާތަކުން ލިޔެކިޔުންތައް ނައްތާލާތީ އެކަން ހުއްޓުވައިދޭން އޭސީސީން އެދިއްޖެ
ބައެއް މުއައްސަސާތަކުން ލިޔެކިޔުންތައް ނައްތާލާތީ އެކަން ހުއްޓުވައިދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ. އެ ކޮމިޝަނުން އެ ކަމަށް އެދިފައި މިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް، ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެފައި ވަނިކޮށެވެ. އަދި އަދި ސަރުކާރުގެ އެހެން ބައެއް މުއައްސަ...