އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު، ހއ. އުތީމު ރައްޔިތުންނަށް 100 ރުއް ހަދިޔާ ކުރައްވައިފއެވެ.
މިކަމާއި ގުޅިގެން އެރަށު ކައުންސިލުން ވިދާޅުވީ މިއި މެލޭޝިއާގެ ރުއް ކަމަށާއި މި ރުއްތައް އެރަށުގެ ލޭންޑްޔޫޒް ޕްލޭނާ އެއްގޮތަށް އިންދަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މިއީ އާންމުންނަށް ބެހުމަށް ނިންމާފައިވާ ރުއް ނޫން ކަމަށާއި އަމާޒަކީ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ރުއްތައް އިންދައި، ކައުންސިލަށާއި ރައްޔިތުންނަށްް މުސްތަގުބަލުގައި ފައިދާއެއް ވުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވިއެވެ.
އުތީމު ކައުންސިލުން ވިދާޅުވީ އެރަށުގައި މިހާރު ވެސް ބަންޑާރަ ރުއްގަނޑެއް ހައްދާފައިވާނެ ކަމަށެވެ. 1444 ވަނަ އަހަރުގެ ގައުމީ ދުވަހު އިފްތުތާހުކޮށްފައިވާ މި ރުއްދަނޑުން ރައްޔިތުންނަށާއި ކައުންސިލަށް މިހާރުވެސް ފައިދާވާ ކަމަށާއި އެހެންކަމުން ސްޓޭޓް މިނިސްޓާ ތޯރު ހަދިޔާކުރެއްވި 100 ރުކުން ވެސް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ފައިދާވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.
ތޯރިގު މި ރުއްތައް ހަދިޔާކުރައްވާފައިވާއިރު، ރާއްޖޭގައި "ރުކުގެ އާ ޖީލެއް" ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފައްޓަވާފައިވާ ޕްރޮގްރާމްގެ ދަށުން ވެސް އެ ރަށުގައި ވަނީ މެއި 5 ވަނަ ދުވަހު ވަނީ ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!