ކެންޑިޑޭޓުންގެ ކުށުގެ ރިކޯޑު ފަސޭހަކަމާއެކު ސާފުކުރަން މަޝްވަރާކޮށްފި
އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކުށުގެ ރިކޯޑް ފަސޭހަކަމާ އެކު ސާފު ކުރެވޭނެ ގޮތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިސްވެ އޮވެ ކަމާބެހޭ އިދާރާތަކާ އެކުގައި މިއަދު މަޝްވަރާކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ އިންތިހާބީ އެޖެންޓުންގެ ކުށުގެ ރިކޯޑާއި ދަރަނީގެ ރިކޯޑު ފަސޭހަކަމާއި އިތުބާރާއ...