މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
އުމުރުން 18 އަހަރުގެ ނާއިޝް ގެއްލިފައި ވަނީ އިތުރު ދެ ރަހުމަތްތެރިންނާއެކު ސ. ގަމުގެ ފުއްޓަރު ފަރާތު މޫދަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށެވެ.
ނާއިޝް ހޯދުމުގެ މަސައްކަތް ހުއްޓައިނުލާ ކުރިއަށް ގެންދާއިރު، އެމްއެންޑީއެފުން ރޭ 11:37 ގައި ބުނީ، އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވަޔާއި، ކަނޑާއި އަދި ޑައިވްކޮށްގެން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
މިގޮތުން ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް މިއަދު ވަނީ ބަލާފަ pic.twitter.com/S98dYfiI8j
— Maldives National Defence Force (@MNDF_Official) December 23, 2023
''މުޙައްމަދު ނައީޝް ހޯދުމަށް ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސ.މަރަދޫއަށް ނިސްބަތްވާ ތިން މަސް ދޯންޏަކުން ވަނީ މިއަދު އެ ސަރަަހައްދުގައި ހަރަކާތްތެރިވެފަ. މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވޭ.'' އެމްއެންޑީއެފުން ރޭ ބުނެފަވެއެވެ.
ނާއިޝް އާއި އޭނާގެ އެކުވެރިން މަސް ހިފަން އެރުނު އެ ސަރަހައްދަކީ ވަރަށް ގަދަ އޮޔެއް އޮންނަ ސަރަހައްދެއްކަމަށް ވެއެވެ.
ނާއިޝް އަކީ އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!