ރައީސް މުޢިއްޒު، ކުރީގެ ރައީސް މައުމޫނާ ބައްދަލު ކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ.)އާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ދެ ރައީސުން ވަނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. ކުރީގެ ރައީސް މައުމޫނަކީ...