ހއ. މުރައިދޫ ''ބޮނބި ފަންނު ބީޗު'' މިއަދު ސާފުކޮށްފިއެވެ.

މި ހަރަކާތަކީ މުރައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ad
rt

އެ ކައުންސިލުން ބުނިގޮތުގައި މި ހަރަކާތަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

ފޮޓޯ: މުރައިދޫ ކައުންސިލް

މިއަދު ހެނދުނު 8:00 ގައި ފެށި މި ހަރަކާތަކީ އެ ރަށުގެ މުޅި ރައްޔިތުން ޝާމިލްވާނެހެން ރަށުގެ އެއްބައިވަތަންތަކަން ބަދަހިވާނޭހެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.

މި ހަރަކާތަށް މުރައިދޫގެ މުއައްސަސާތަކާއި، ދެ ޖިންސުގެ ޒުވާނުންނާއި ދޮށީ އުމުރު މީހުން ހިމެނޭހެން އެކި ފުރާތަކުގެ ރައްޔިތުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

ފޮޓޯ: މުރައިދޫ ކައުންސިލް

ރާއްޖޭގައި ފާހަގަކުރާ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހަކީ ޑިސެމްބަރު 26 ވަނަ ދުވަހެވެ.

ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުން ދަނީ، މީގެ 19 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އަޚްވަންތަކަމާއި، ޤައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމަށްޓަކައެވެ.