އިތުރު އެހީތެރިކަމާއެކު ތައިލެންޑުންނާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހަދަނީ
ގިނަ އަދަދެއްގެ ދިވެހިން މިހާރު ދަތުރުކުރަމުން އަންނަ ތައިލެންޑުންނާއި، އަރަބި އިސްލާމީ ޤައުމެއްކަމަށްވާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނ...