ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވެރިރަށް މާލެއަށް ބޯ ކެރިވެހި ފެންބޮޑުވެފައިވާއިރު، ރައްޔިތުންގެ މުދަލާއި ތަންތަން ސަލާމަތްކުރުމަށް ސްޓެލްކޯގެ މުވައްޒަފުން މުރަމުންދާ މަސައްކަތަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ޝުކުރުއަދާކުރައްވައިފިއެވެ.
ފަހުމީ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެއަށް ކުރަމުންދާ ވިއްސާރައިގައި މިސްކިތްތަކާއި، ގެތަކުގެ އިތުރުން ރައްޔިތުންގެ މުދާ ސަލާމަތް ކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ވަރުބަލިކަމެއްނެތި ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
24 ގަޑި އިރު ރައްޔިތުންގެ ޚިދުމަތުގައި ތިބެމެ، ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަކީ ޤައުމީ ކަންކަން ކަމުގައި ދެކިގެން އެ ކުންފުނީގެ މުވައްޒަފުން ދައްކަމުންދާ ނަމޫނާއަށް ފަޚުރުވެރިވާ ކަމަށް ވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.
''މުވައްޒަފުންގެ ތިޔަ އިޚުލާސްތެރި މަސައްކަތްތަކަކީ، ސްޓެލްކޯއަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ކުންފުންޏަކަށް ހެދުމަށް އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތަކަށް އިތުރުކުރެވޭ ބޮޅެއް.'' ފަހުމީ ވިދާޅުވިއެވެ.
މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި ގުޅިގެން، މިކުންފުނީގެ ހެޑް އޮފީސް ހުންނަ ސަރަހައްދުގެ ބައެއް ގެތަކާއި، ފިހާރަތަކުގެ އިތުރުން، މިސްކިތްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި، މިކުންފުނީގެ މުވައްޒަފުން ވަނީ ވެލިބަސްތާ ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައި. އަދި… pic.twitter.com/ZzkjoYdkPu
— STELCO (@STELCOMALDIVES) January 12, 2024
މީގެ އިތުރުން ފަހުމީ ވަނީ ވިއްސާރާގައި ގެއްލުންވި ސްޓެލްކޯ މުވައްޒަފެއްގެ ގެއަށް ވަޑައިގެން އެ ގެއަށް ލިބުނު ގެއްލުންތައް ބައްލަވާލައްވައި މުވައްޒަފުގެ ޢާއިލާގެ ހާލު މިރޭ އޮޅުން ފިލުއްވައިފިއެވެ.
އެމްޑީ ފަހުމީ މިފަދައިން ވިދާޅުވެފައިވާއިރު، މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި ގުޅިގެން، ސްޓެލްކޯގެ ހެޑް އޮފީސް ހުންނަ ސަރަހައްދުގެ ބައެއް ގެތަކާއި، ފިހާރަތަކުގެ އިތުރުން، މިސްކިތްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި، އެ ކުންފުނީގެ މުވައްޒަފުން ވަނީ ވެލިބަސްތާ ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!