ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެންހިންދޭނެ ރަގަޅު ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އާސަހަރާގައި އައު އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އެތަނުގައި މީހުން ވަޅުލުން މިދިޔަ އަހަރު ހުއްޓައިލާ ހުޅުމާލޭ ސަހަރާއަށް ވަނީ ބަދަލުކޮށްފައެވެ.

Ad
rt

ރާއްޖެއަށް އިއްޔެ ކުރި ގަދަ ވިއްސާރާގައި ތިން އަށް އެންމެ ގިނަ ވާރޭ ވެހުނީ ހުޅުމާލޭއަށެވެ. ހުޅުމާލޭ ސަހަރާ މިސްކިތުގެ ގޯތިތެރޭ ފެން ބޮޑުވާތީ ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލެވޭގޮތް ނުވެ މީހުން ވަޅުލާން ގެންދަން ޖެހެނީ އާ ސަހަރާއަށެވެ.

އިއްޔެ ކުރި ވިއްސާރާގައި ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އެ ވާރޭގައި ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެން ބޮޑުވެފައިވަނިކޮށް ޝުޖާއު ވަނީ އެތަނުގެ ހާލަތު ބައްލަވާލައްވަން އެތަނަށް ވަޑައިގަންނަވާފައެވެ.

އެތަނަށް ވަޑައިގެންނެވުމަށްފަހު އެތަނުގައި ބައެއް ފޮޓޯތައް މީސްމީޑިއާގައި ހިއްސާކުރައްވައި ޝުޖާއު ވިދާޅުވީ، މާލެ ސަރަހައްދަށް ކުރަމުންގެންދާ ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތި ތެރޭގައި ފެންބޮޑުވެ، ހިނަވާގެ ހިމެނޭ ސަރަޙައްދަށްވެސް ފެނުގެ އަސަރު ކުރާ ހާލަތްތައް އަންނަކަމަށެވެ.

އެހެންކަުން މިމައްސަލައަށް ދާއިމީ ހައްލު ހޯދުމަށް ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެންހިންދޭނެ ރަގަޅު ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި މިމަސައްކަތާއެކު ޖަނާޒާ ތަކަށް ދާ ރައްޔިތުންނަށް ފަސޭހަކޮށް ދިނުމާއި، ސަހަރާ މިސްކިތުގެ ފާޚާނާ ބޭނުންކުރާ ރައްޔިތުން އިތުރުވަމުން ދާތީ، އިތުރު 4 ފާނާޚާ (ވުޟޫ ކުރެވޭގޮތައް، ފިރިހެނުންނަށް ޚާއްޞަ 2 ފާޚާނާ، އަންހެނުންނަށް 2ޚާއްޞަ ފާޚާނާ،) ވެސް ހަދާނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

''މިމަސައްކަތްތައް ކުރެވިގެން ދާައިރު ހިނަވާ ގެއަށް ވަންނައިރު އޮޅިގަނޑު ގައި ފައި އަޅައިގަނެ ތަފާތު އަނިޔާ ބައެއް ރައްޔިތުންނަށް ލިބެމުންދާކަމުގެ ޝަކުވާ އަޅުގަނޑަށް ލިބެމުންދާތީ، އެ އޮޅިގަނޑު ނަގައި މައްޔިތާގެ މޫނު ދެކެލުމަށް ވަންނަ ފަރާތްތަކަށް ލުއި ފަސޭހަ ގޮތަކަށް ބަދަލު ކުރެވިގެން ދާނެ'' ޝުޖާއު ވިދާޅުވެފަވެއެވެ.