މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (22:30 އިން 03:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,481 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 827 ވަނަ ޞަފްޙާ

ހަނިމާދޫ ދަނޑުބިން ތަކުގައި ކުނި ނޭންދުމަށް އަންގައިފި

ހަނިމާދޫ ދަނޑުބިން ތަކުގައި ކުނި ނޭންދުމަށް އަންގައިފި

ހދ. ހަނިމާދޫގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުބިންތަކުގައި ކުނި ނޭންދުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. ކައުންސިލުން ބުނީ މިހާރު ދޫކުރެވިފައިވާ ދަނޑުބިންތައް ލިބިފައިވާ ފަރާތްތަކުން ދަނޑުބިންތަކުގައި ވަރަށް ގިނަ އަދަދަކަށް ކުނިއަންދަމުން ދާތީ އަރާ ދުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައިތިބޭ ހާލުބޮޑު ބަލިމީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ. މީގެ އިތުރުން މުޅި އެ ސަރަހައްދަށް ދުން ފެތުރުމުގެ ސަބަބުން އާންމުކޮށް ހުރިހާ ފަރާތްތަކަށް އެކަމުގެ އުނދަގޫ ތަހަންމ...

އިބްރާހިމް ޚަލީލް
ކަނޑިންމަ ރިސޯޓު ފުއްޓަރު ސަރަހައްދުން ކިނބުލެއް ހިފައިފި

ކަނޑިންމަ ރިސޯޓު ފުއްޓަރު ސަރަހައްދުން ކިނބުލެއް ހިފައިފި

ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ސަރަހައްދުން ފެނުނު ކިނބުލެއް ހިފައިފައިވާ ކަމަށް ސިފައިން ބުނެފިއެވެ. ސިފައިންގެ އިދާރާއިން ބުނި ގޮތުގައި ދ. އަތޮޅުން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާަތްތެރިވެ އެ ކިނބޫ ވަނީ ހިފާފައެވެ. ދިގު މިނުގައި 9 ފޫޓް ހުރި އެ ކިނބޫ ފެނިފައި ވަނީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ސަރަހައްދުންނެވެ. މިސޮރު ފެނިގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް […]

ޔުމްނާ ޢަލީ
މިއުޅެނީ ކައިވެންޏެއް ކުރާކަށް ނޫން، މަޖިލިސް ގޮނޑިތައް ހޯދަން އެއްކޮށް ދިއުމުގެ ވިސްނުމެއްނެތް: ފަޔާ

މިއުޅެނީ ކައިވެންޏެއް ކުރާކަށް ނޫން، މަޖިލިސް ގޮނޑިތައް ހޯދަން އެއްކޮށް ދިއުމުގެ ވިސްނުމެއްނެތް: ފަޔާ

އަންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުމެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ) މިއަދު ވިދާޅުވެއްޖެއެވެ. ފަޔާ މިހެން ވިދާޅުވީ، މި ދެ ޕާޓީން މިއަދު ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފަޔާ ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ދެމެދުގައި އަދިވެސް ހިޔާލުތަފާތުވުންތައް އެބަހުއ...

ޔުމްނާ ޢަލީ
މަޖިލީހުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަނީ

މަޖިލީހުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަނީ

ރައްޔިތުންގެ މަޖިލީހުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާކަން އެ ދެ ޕާޓީން މިއަދު ހާމަކޮށްފިއެވެ. މިކަން ހާމަކުރީ މި ދެ ޕާޓީން މިއަދު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ) ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާރު އެބަހުރި ކަމަށާއި، މި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތ...

ޔުމްނާ ޢަލީ
އުސޫލު އިސްލާހްކޮށް ވައިކަރަދޫން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އުސޫލު އިސްލާހްކޮށް ވައިކަރަދޫން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ވައިކަރަދޫ އިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހްކޮށް އެރަށުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ވައިކަރަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ބުނެފައިވާގޮތުން އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން އެކަށައަޅާ ފާސްކޮށް، 31 ޑިސެންބަރު 2023 ގައި ގެޒެޓް ކުރި “ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު” ވަނީ އެ ކައުންސިލުން މިހާރު އިސްލާޙްކޮށްފައެވެ. މިގޮތުން 23 ޖަނަވަ...

ޔުމްނާ ޢަލީ
މުސްއަބަށް 1.1 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި

މުސްއަބަށް 1.1 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ ވަޒީފާއިން ވަކިކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭނާއަށް ދޭން އަންގާފައިވާ ބައި ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބެލި މައްސަލަތަކަކާ ގުޅިގެން 2019 ވަނަ އަހަރު މުސްއަބު ވަޒީފާއިން ވަކިކުރި މައްސަލާގައި ހައި ކޯޓުން ވަނީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށެވެ. އެ […]

ހުސައިން ހަބީބް
މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެޒ އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 53 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ...

އަޙްމަދު ވަހީދު
ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި

ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.  ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން ކުރީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި [...

ހުސައިން ހަބީބް
އެސްޖޭގެ ޚަރަދުގައި ޒިކުރާ މިސްކިތް ތިންބުރިއަށް ބިނާކުރުމަށް ހަވާލުވެއްޖެ

އެސްޖޭގެ ޚަރަދުގައި ޒިކުރާ މިސްކިތް ތިންބުރިއަށް ބިނާކުރުމަށް ހަވާލުވެއްޖެ

ޒިކުރާ މިސްކިތް އަލުން ބިނާކުރުމަށް، އެސްޖޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފި އެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މި މަސައްކަތް އެސްޖޭއާ ހަވާލުކޮށްފައި ވަނީ އެ ކުންފުނީގެ ޚަރަދުގައި އެ މިސްކިތް އަލުން ތިން ބުރިއަށް ބިނާ ކުރުމަށެވެ. މިކަމަށް މިއަދު ބޭއްވި ރަސްމިއޔާތުގައި މިކަމުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކޮށްފައިވަނީ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އެސްޖޭގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ....

ޔުމްނާ ޢަލީ
އިންތިހާބުތައް ރޯދަ މަހު ބޭއްވުން ހުއްޓުވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

އިންތިހާބުތައް ރޯދަ މަހު ބޭއްވުން ހުއްޓުވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ރޯދަ މަސް ތެރެއަށް ވަންނާތީ އާއި އިންތިހާބުތައް ރޯދަ މަސްތެރޭގައި ބޭއްވުން ހުއްޓުވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް އިސްލާހު ހުށަހަޅައިފިއެވެ. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާ އަށް ވަނީ އަކުރުތަކެއް އިތުރުކުރަން ހުށަހަޅައިފައެވެ. އޭގައިވާ ގޮތުން ރޯދަ މަސްތަކުގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެއެވެ. ރޯދަ މ...

މުޙައްމަދު
އަންނަ އާދިއްތަ ދުވަހު ހަނިމާދޫ އެއާޕޯޓު އާ ރަންވޭއަށް ޓެސްޓް ފްލައިޓު ޖައްސަނީ

އަންނަ އާދިއްތަ ދުވަހު ހަނިމާދޫ އެއާޕޯޓު އާ ރަންވޭއަށް ޓެސްޓް ފްލައިޓު ޖައްސަނީ

އަންނަ އާދިއްތަ ދުވަހު، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަށް ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވެފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ހާމަކޮށްފިއެވެ. ރީޖަނަލް އެއާޕޯޓްސް އިން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 1،200 މީޓަރުގެ ސަރަހައްދެއްގައި ރަންވޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު ޓެސްޓް ފްލައިޓެއް ޖެއްސޭ ވަރުވާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން […]

މުޙައްމަދު
ކަރަބޯ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ޗެލްސީއަށް

ކަރަބޯ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ޗެލްސީއަށް

އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. ޗެލްސީއާއި މިޑްލްސްބަރާ ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގު ކުޅެފައި ވަނީ މިޑްލްސްބަރާގެ ދަނޑުގައެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މިޑްލްސްބަރާއިންނެވެ. ރޭ ދެވަނަ ލެގު ޗެލްސީ ދަނޑުގައި ކުޅެފައިވާއިރު ރޭ މެޗު ޗެލްސީން ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް އެގްރިގޭޓް […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގެ ހައުސިން ޔުނިޓުތަކާ ގުޅިގެން ހައުސިން މިނިސްޓަރާ ސުވާލު ކުރަނީ

ކުޅުދުއްފުށީގެ ހައުސިން ޔުނިޓުތަކާ ގުޅިގެން ހައުސިން މިނިސްޓަރާ ސުވާލު ކުރަނީ

ކުޅުދުއްފުށި ސިޓީގެ ހައުސިން ޔުނިޓުތަކާ ގުޅިގެން ހައުސިން، ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާ ސުވާލުކުުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ. މިނިސްޓަރާ ސުވާލު ކުރުމަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފެވެ. ތިން ސުވާލެއް ކުރެއްވުމަށް ޔާސިރު ވަނީ ހުށަހަޅުއްވައިފައެވެ. މަޖިލީހަށް ފޮނުވި ނޯޓިސްގައި ޔާސިރު ވަނީ ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށ...

އަޙްމަދު ވަހީދު
ރާއްޖެ އަންނަ ޗައިނާގެ އުޅަނދު އެއްވެސް ދިރާސާއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

ރާއްޖެ އަންނަ ޗައިނާގެ އުޅަނދު އެއްވެސް ދިރާސާއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

ޗައިނާގެ ދިރާސާކުރާ ބޯޓެއް ރާއްޖެއަށް އައި ނަމަވެސް އެ ބޯޓަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދީފައިވަނީ ޗައިނާ ސަރުކާރުން  އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާތީ ކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މ...

މުޙައްމަދު
ޕީޕީއެމް/ޕީއެންސީ ޓިކެޓް 13 ބޭފުޅަކަށް ކަށަވަރުވެއްޖެ

ޕީޕީއެމް/ޕީއެންސީ ޓިކެޓް 13 ބޭފުޅަކަށް ކަށަވަރުވެއްޖެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޓިކެޓް 13 ބޭފުޅަކަށް ކަށަވަރުވެއްޖެއެވެ. އެ އިއްތިހާދުން މިއަދު ވަނީ އެ އިއްތިހާދުގެ މަޖިލިސް ޕްރައިމަރީއަށް ހުޅުވައިލުމުން ކުރިމަތިލި މެންބަރުންކުރެ ޓިކެޓް ކަށަވަރުވި 13 މެންބަރުންގެ ނަން މިއަދު ޢާންމުކޮށްފައެވެ. އެ މެންބަރުންނަށް ޓިކެޓް ކަށަވަރުވީ، އެ ދާއިރާތަކަށް އެ ދާއިރާތަކަށް އިތުރު މެމްބަރުން ވާދަކޮށްފައިނުވާތީއާ...

ޔުމްނާ ޢަލީ
ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ރާއްޖެއިން ފެނިއްޖެ

ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ރާއްޖެއިން ފެނިއްޖެ

ހޯއްގޮވާ ކެއްސުން (ޕަރޓޫސިސް) އަށް ރާއްޖެއިން ތިން ކުއްޖަކު ޕޮޒިޓިވްވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މި ކޭސްތައް ފެނިފައި ވަނީ މި މަހުގެ ތެރޭގައި ގއ. ވިލިނގިލިންނެވެ. މި ބައްޔަކީ މި ބަލި ކޮންޓްރޯލް ކުރުމަށް ޤަވާޢިދުން ވެކްސިންދޭން ފެށުމުން ރާއްޖެއިން ކޮންޓްރޯލްކުރެވިފައިވާ ބައްޔެކެވެ. ނަމަވެސް މިބަލީގެ ކޭސްތައް ވަރަށް މަދުން ފެންނަމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ. ވިލިނގިލިން މި ބައްޔަށް ތިން ކުއްޖަކު ޕޮޒިޓިވްވުމުން ގއ. އަތޮޅު ހޮސްޕިޓަލާއި އައިޖީއެމްއެޗް ހޮސްޕި...

ޔުމްނާ ޢަލީ
ހަ އަހަރު ކުރިން ޒުވާނަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި

ހަ އަހަރު ކުރިން ޒުވާނަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވެ, ސަލާމަތްވެއްޖެ އެވެ. 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދުމަނިކެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މޫސާ އަހުމަދަށް ހަމަލާދިނީ ސައްމާހު ކަމަށް ކޯޓުގައި […]

ހުސައިން ހަބީބް
މިދިޔަ އަހަރު 2,400 ކައިވެނި, ވަރީގެ އަދަދު 1,200 އަށް ވުރެ މަތީގައި

މިދިޔަ އަހަރު 2,400 ކައިވެނި, ވަރީގެ އަދަދު 1,200 އަށް ވުރެ މަތީގައި

މާލޭގައި މިދިޔަ އަހަރު 2،425 ކައިވެނިކޮށްފައި 1,200 އަށް ވުރެ ގިނަ މީހުން ވަރިކޮށްފައިވާ ހިސާބުތައްކުން ދައްކައިފި އެވެ. ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 24,25 ކައިވެނި ކުރިއިރު, 1281 މީހަކު ވަރިކުރި އެވެ. މިދިޔަ އަހަރު އެންމެ ގިނަ ކައިވެނިކުރީ ޑިސެމްބަރު މަހު އެވެ. އެއީ 306 ކައިވެންޏެވެ. އަދިއެންމެ ގިނައިން ވަރި ކޮށްފައިވަނީ އޮކްޓޫބަރު މަހު އެވެ. އެއީ 139 ވަރި އެވެ. ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެއިން […]

ހުސައިން ހަބީބް