ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އެކުވެރި އަރަބި އިމާރާތް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރަކީ ރަސްމީ ދަތުރެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ދަތުރުގައި ޑައިރެކްޓްރޭޓް އޮފް ސީ ފޯ ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އިބްރާހިމް ޝާން ޝާކިރު ވެސް ބައިވެރިވާކަމަށް އެ އިދާރާއިން ބުނެފަވެއެވެ.
މި ދަތުރަކީ ރަސްމީ ދަތުރެއްކަމަށް ބުނުމުގެ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!