ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ފިނޭ ކައުންސިލް ޤުރުއާން މުބާރާތް 2024” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ޤުރުއާން ހިތުދަސްކުރުމާއި ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ޤުރުއާނާ މެދު ދަރިވަރުންގެ ހިތްތަކުގައި ލޯބި އުފައްދައި އާލާކުރުމެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރަހްމަތްތެރިކަން އުފެއްދުމަކީ ވެސް މި މުބ...
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު ނިންމައި، ދެ ދައުރު ރައްޔިތުންނަށް ކުރެވުނު ޚިދުމަތަށްފަހު ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ ދެ ދައުރުގައި ވެސް ދިން ހުރިހާ ވޯޓެއް ވެސް އަމިއްލަ ވިސްނުމުގައި، ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ދެވިފައިވުން ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. ރިޔާޟް މިހެން ވިދާޅުވީ، 19 ވަނަ މަޖިލީހުގެ ދައުރު މިއަދު ނިމިގެންދާއިރު، އޭނާ ދެއްވި ވަދާއީ މެސެޖުގައެވެ. މި ނިމޭ 19 ވަނަ މަޖިލީހުގައި ރިޔާޟް ތިމަރަފުށީ […]
ޔުމްނާ ޢަލީ
ރަށްރަށުގައި އިޖްތިމާއީ ބޭނުންތަކަށް ދިއްލާފައި ހުންނަ ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ފެނަކަ އިން ބުނެފިއެވެ. ފެނަކަ އިން އެގޮތަށް ބުނެފައި ވަނީ ރ. އުނގޫފާރުގައި ކުޑަކުއްޖަކާއި 18 އަހަރުގެ ޒުވާނަކު ކަރަންޓުގައި ޖެހުނު ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި ޒަހަމްވި 18 އަހަރުގެ ޒުވާނާ އަށް ފަރުވާ ދިނުމަށް މާލެ ގެނައިއިރު، އެ ކުއްޖާގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ. ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނީ ރަށްރަށުގައި ދިއްލާފައިވާ […]
މުޙައްމަދު
ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މިއަދު އިންތިހާބުކޮށްފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި ވޯޓުގައި ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް އިންތިހާބުކުރީ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) އާއި މަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ދީދީއެވެ. ނާޒިލްއަކީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ދެވަނަ ދައުރެއ...
މުޙައްމަދު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯއިން މިއަދު ބުނިގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން ރާއްޖޭގައި އެ ކުންފުނިން ވިއްކަމުން އަންނަ ތެލުގެ އަގަށް ބަދަލުގެނެސް، އެ ކުންފުނިން ވިއްކާ ތެޔޮ ވަނީ މިއަދުން ފެށިގެން އަގު ހެޔޮކޮށްފައެވެ. މިގޮތުން އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ޑީސެލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ކޮށްފައެވެ. […]
ޔުމްނާ ޢަލީ
ޔޮޓެއްގައި ރާއްޖެއައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކ. ތުލުސްދޫ އަށް ބޭލި މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފިއެވެ. އެ ކުއްތާ ތުލުސްދޫ އަށް ބާލާފައި ވަނީ ހިންމަފުށީ ބޭރުގައި އޮތް ޔޮޓަކުން އިއްޔެއެވެ. އެ ކުއްތާ އެރަށަށް ބޭލި މައްސަލާގައި ފުލުހުން ވެސް އެޓެންޑްވެފައިވާއިރު، އެ ކުއްތާ އިއްޔެ އަނބުރާ ޔޮޓަށް ގެންގޮސްފައެވެ. އެ ކުއްތާ ތުލުސްދޫ އަށް ބާލާ މަންޒަރު ފެންނަ ވީޑިއޯ އެއް އިއްޔެ މީސްމީޑިއާގައި ދައުރުވެފައިވާއިރު، […]
ޔުމްނާ ޢަލީ
ސަރުކާރުގެ ވިސްނުމަކީ ދިވެހި އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، މި ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ކަނޑައެޅުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު، ސަރުކާރުގެ ވިސްނުން ހާމަކުރެއްވީ އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ރައީ...
ޔުމްނާ ޢަލީ
ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް މަރާލި މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ގްރޭސްއަށް ތުހުމަތު ކުރޭތޯ ބަލަން އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހުމާން ސުވާލު ކުރި ކަމަށް މީހަކު މިއަދު ޝަރީއަތަށް ހެކިބަސް ދީފި އެވެ. އޮކްޓޫބަރު,2021 މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްގެން މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިނާއި އެކަމުގައި ބައިވެރިވި ކަމަށް ބުނެ މާވިންގެ ލޯބިވެރިޔާގެ ގޮތުގައި ތުހުމަތުވާ ލަމްހާގެ […]
ހުސައިން ހަބީބް
މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލްމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ސްޓޭޓް ވަޒީރު މަރިޔަމް ވިޝާމާ ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އޭޕްރިލްގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ވަނީ މިހާތަނަށް ދޫކޮށްފައެވެ. މީގެ ތެރޭގައި އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް އަށް މިލިއަން [...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ކެލާގައި ކުރިއަށް ގެންދިޔަ “މޫދު ކަސްރަތުން އުފާވެރިން” ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްހަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފް ނޮދަން އޭރ...
އިބްރާހިމް ޚަލީލް
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު މިއަދު 15:00 އިން މިރޭ 21:30 […]
ޔުމްނާ ޢަލީ
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެން މެންބަރުން ހުވާ ކުރައްވާ މަޖިލިސްގެ އައު ދައުރެއް މާދަމާ ފަށާނެއެވެ. އަލަށް ހޮވުނު މަޖިލީހުގެ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ފަށަން ހަމަޖެހިފައި ވަނީ މާދަމާ 9:00 ގައެވެ. މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށްފަހު މަޖިލީހު ފުރަތަމަ ޖަލްސާ ބާއްވާނެއެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މެންބަރު ކަން ކުރައްވާފައިވާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެވެ. މި ޖަލްސާގައި މަޖިލީހުގެ […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ ބައްދަލު ކުރައްވައިފިއެވެ. މިއީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމެކެވެ. މި ބައްދަލު ކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ސިޑްސްގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް ކ...
ޔުމްނާ ޢަލީ
ޒަވީ ހެނާންޑޭޒް ބާސެލޯނާއަށް އިރުޝާދު ދިން އެންމެ ފަހު މެޗުގައި ސެވިއްޔާ އަތުން އެ ޓީމް މޮޅުވެއްޖެއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު ލީގު ފަހު މެޗުގައި ބާސާއިން ވަނީ 2-1 ގެ ނަތީޖާއިން ސެވިއްޔާ ބަލިކޮށްފައެވެ. ސީޒަންގައި ބާސާގެ ނަތީޖާތައް ދައްވެ ކުރިމަތިވީ ޕްރެޝަރާއިއެކު، މި އަހަރު ޖަނަވަރީ މަހު ސީޒަން ނިމުމުން ބާސާގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް ޒަވީ އިއުލާން ކުރިއެވެ. ނަމަވެސް ޓީމްގެ އިސް ފަރާތްތަކާއި ތަކުރާކުކޮށް ކުރެވުނު މަސްވަރާތަކަށް ފަހު އިތުރު […]
އިބްރާހިމް ޚަލީލް
ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން، ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އަންނަ ޖޫން މަހުގެ ދިހަވަނަ...
އިބްރާހިމް ޚަލީލް
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާއެކު، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް އެ ސިޓީގައި ހުންނަ ސަރުކާރުގެ ސްކޫލްތަކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ސިޓީ ކައުން ބުނީ މޭޔަރުގެ މި ޒިޔާރަތުގައި އެ ތިން ސްކޫލްގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވާ ސްކޫލްތަކުގެ އަދާހަމަ އާއި މިވަގުތު ހުރި ގޮންޖެހުންތައް އޮޅުންފިލުއްވައި، ދިރާސީ އައު އަހަރުގެ ތަޙުނިޔާ ދަންނަވާފައިވާ ކަމަށެވެ. ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލްކަމަށްވާ ޖަލާލުއް...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައިވާ މައްސަލާގައި ޔާމީންގެ ފަރާތުން ބޭންކާއި އޭސީސީއާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ތެރެއިން ޔާމީންގެ އެކައުންޓަށް އެއް […...
ހުސައިން ހަބީބް
އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ފަސްވަނަ އަހަރަށް އިއްޔެ އާކޮށްފިއެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ކްލަބަކީ މާޒިޔާއެވެ. އެޓީމުން މިދިޔަ ފަސް ވަރަކަށް އަހަރުގައިވެސް ރާއްޖޭގެ ލެވެލްގެ އިތުރުން، ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ކުރިއެރުންތައް ވަނީ ހޯދައިފައެވެ. މާޒިޔާއާ އެކު އުރީދޫން ވެފައިވާ އާ އެއްބަސްވުމާއެކު، ދެފަރާތް ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ޒުވާނުންގެ ބައިވެރިވ...
އިބްރާހިމް އަސްވާޤް