މާލޭގައި ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދާ މެދު ހައި ކޯޓުން ގޮތެއް ނުނިންމާ އޮއްވާ ދޫވި މައްސަލާގައި ސުޕްރީމް ކޯޓުގެ ދެ އަމުރެއް ދެ ގޮތަކަށް އެބަ އޮތް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު ބުނެފި އެވެ. ސެޕްޓެމްބަރު, 2017 ގައި ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި […]
ހުސައިން ހަބީބް
މާލޭގައި ދެ ސައިކަލު ޖެހި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ދަރުބާރުގެ ޓްރެފިކްލައިޓް ކައިރިން ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 6:45 ހާއިރު ކަމަށެވެ. މި އެކްސިޑެންޓްގައި އެތަނުން އެއްސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި އެކްސިޑެންޓުގައި […]
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވީ ހަ މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމުގައި މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޝިޔާމް ވިދާޅުވީސަރުކާރުން މިދިޔަ އެޕްރީލް މަހުގެ 22 ގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް...
މުޙައްމަދު
މި އަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަގަ ކުރާ ތިން ރަށް ކަނޑައަޅައި އެކަން އިއުލާންކޮށްފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމާފައި ވަނީ ރާއްޖޭގެ އުތުރުން އެއް ރަށުގައި، މެދުރާއްޖެ ތެރެއިން އެއް ރަށުގައި އަދި ދެކުނުގެ އެއް ރަށުގައި އީދު ފާހަގަ ކުރުމަށެވެ. އެގޮތުން އުތުރުން އީދު ފާހަގަ ކުރާނީ ރ. އިނގުރައިދޫގައެވެ. މެދުރާއްޖެ ތެރޭގެ ރަށްތަކުގެ ތެރެއިން ދ. ކުޑަހުވަދޫގައި ގައުމީ ފެންވަރުގައި މިފަހަރު އީދު ފާހަގަ ކުރާއިރު، ދެކުނުގައި […]
މުޙައްމަދު
ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށްފަހު އޭގެ ތެރެއިން 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އެ މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލިއިރު އެކަށީގެންވާ ވަރަށް މާކްސް ނުލިބުނު ކަމަށް ބުނެ 2019 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނެވެ. އެ މައްސަލަ [...
ހުސައިން ހަބީބް
ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ، ފްރެންޗް ކަޕްގެ ޗެމްޕިއަން ކަމާއިއެކު އެ ޓީމަށް އަލްވަދާއު ކިޔައިފިއެވެ. ފްރެންޗް ކަޕް ފައިނަލުގައި ޕީއެސްޖީން ވަނީ ރޭ 2-1 ގެ ނަތީޖާއިން ލިޔޯން ބަލިކޮށްފައެވެ. އެމްބާޕޭ ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރު މޮނާކޯއިންނެވެ. ޕީއެސްޖީގައި އޭނާ ހޭދަކުރި ހަތް އަހަރުގެ މުއްދަތުގައި ފްރާންސް ލީގު ވަނީ ހަފަހަރު ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން ފްރެންޗް ކަޕް ހަތަރު ފަހަރު އަދި ލީގު ކަޕް ދެފަހަރު ކާމިޔާބު ކޮށްފައިވެއެވެ. އެމްބާޕޭއަކީ ޕީއެސްޖީއަށް […]
އިބްރާހިމް ޚަލީލް
ޔޮޓެއްގައި ރާއްޖެއައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކ. ތުލުސްދޫ އަށް ބޭލި މައްސަލައަކަށް އެޓެންޑްވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެ ކުއްތާ ތުލުސްދޫ އަށް ބާލާފައި ވަނީ ހިންމަފުށީ ބޭރުގައި އޮތް ޔޮޓަކުންނެވެ. އެ ކުއްތާ ތުލުސްދޫ އަށް ބޭލިކަމުގެ ރިޕޯޓު ލިބިގެން ފުލުހުން އެ މައްސަލައަށް އެޓެންޑްވެފައިވާއިރު، އެ ކުއްތާ މިހާރު ވަނީ އަނބުރާ ޔޮޓަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. ”އެއީ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށްފައިވާ ކުއްތާއެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ” ފުލުހުނ...
ޔުމްނާ ޢަލީ
އަންނަ ބުދަ އާއި ހަމައަށް ކަނޑު ދަތުރު ކުރެވޭވަރުވާނެތީ މި މުއްދަތުގައި، ކާޑާއި ޒަރޫރީ ތަކެއްޗަށް ބޭނުންޖެހިފައިވާ ރަށްތަކުން އެ ތަކެތި އެ ރަށްތަކަށް ގެންދިޔުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ. އެންޑީއެމްއޭ އިން މި އިލްތިމާސްކުރީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ކަނޑު ދަތުރުފަތުރަށް ބުރޫ އަރާފައިވާތީ، ބައެއް ރަށްތަކަށް ކާޑާއި ޒަރޫރީ ތަކެތި ގެންދަން ދަތިތަކެއް ހުރުމުން އެކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާތީއެވެ. އެހ...
ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ މާލެއިން ފެނިއްޖެއެވެ. ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ ތ. މަޑިފުށި، ނައިޓްރޯޒް، އައިޝަތު ޒޯޔާ ފިކުރީ އެވެ. އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. ފުލުހުން މިއަދު ބުނިގޮތުގައި އެ ކުއްޖާ ވަނީ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފަވެއެވެ. […]
ޔުމްނާ ޢަލީ
މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ސަރުކާރާއި އަމިއްލަ މަދަރުސާތަކުގައި 96000 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު އުނގެނޭނެ އެވެ. އެއީ ސަރުކާރުގެ 217 މަދަރުސާއެއްގައި އުނގެނޭނެ 83000 ދަރިވަރުން އަދި އަމިއްލަ މަދަރުސާތަކުގައި އުނގެނޭނެ 13000 ދަރިވަރުން ނެވެ. ސަރުކާރުގެ 217 މަދަރުސާއެއްގެ ތެރެއިން 162 މަދަރުސާއެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު، މީގެ ތެރެއިން 55 މަދަރުސާއެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެއެވެ. […]
ޔުމްނާ ޢަލީ
އެސްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ޓީމްގެ ޝަރަފް ހޯދި ބަޔާން ލެވަކޫސަން އިން ޖަރުމަނު ކަޕް ވެސް ކާމިޔާބު ކޮށް، އެ ޓީމްގެ އާދަޔާ ހިލާފް ސީޒަން ނިންމާލައިފިއެވެ. ރޭ ކުޅުނު ކަޕް ފައިނަލް މެޗުގައި ލެވަކޫސަން އިން ވަނީ ދެވަނަ ޑިވިޒަންގެ ޓީމެއްކަމަށް ވާ ކައިސަސްލައުޓެން އަތުން 1-0 ގެ ނަތީޖާއިން މޮޅުވެފައެވެ. ނިމިގެން މިދިޔައީ ލެވަކޫސަންއަށް ވަރަށް ތާރީހީ ސީޒަނެކެވެ. އެ ޓީމްގެ ހަޔާތުގައި ޖަރުމަނު ލީގުގެ ޗެމްޕިއަނަކަން […]
އިބްރާހިމް ޚަލީލް
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރ ޓޯނީ ކްރޫސްއަށް އެ ޓީމްގެ ސަޕޯޓަރުންގެ ހިތުގައި އޮތް ލޯބި ދައްކާލައިފިއެވެ. ޔޫރޯ ފުޓބޯޅަ މުބާރާތަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ކްރޫސް ނިންމާފައިވާއިރު ރޭ ލީގުގެ ފަހު މެޗުގައި ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ވާދަކޮށް 0-0 ގެ ނަތީޖާއިން އެއްވަރުވީ މެޗަކީ، ރެއާލްގެ ބާނަބެއު ސްޓޭޑިއަމްގައި ކްރޫސް ކުޅުނު އޭނާގެ ފަހު މެޗެވެ. އުމުރުން 34 އަހަރުގެ ކްރޫސް ވަނީ އަންނަ މަހު އޭނާގެ […]
އިބްރާހިމް ޚަލީލް
ފައިނަލް މެޗުގައި ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި އެފްއޭކަޕް ކާމިޔާބު ކޮށްފިއެވެ. މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން ސިޓީ ބަލިކޮށްގެންނެވެ. ޔުނައިޓެޑަށް އެފްއޭކަޕް އެންމެ ފަހުން ކާމިޔާބު ކުރެވިފައި ވަނީ 2016 ވަނަ އަހަރުއެވެ. އޭރު ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރީ ލުއިސް ވެންހާލްއެވެ. މިއީ ޔުނައިޓެޑުން އެފްއޭކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. އެންމެ ގިނައިން އެފްއޭކަޕް ކާމިޔާބު […]
އިބްރާހިމް ޚަލީލް
އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފިއެވެ. ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ ތ. މަޑިފުށި، ނައިޓްރޯޒް، އައިޝަތު ޒޯޔާ ފިކުރީ އެވެ. އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ވިލިމާލޭ، ނާލިސް ނަމަކަށް ކިޔާ ގެއެއްގައެވެ. އެންމެފަހުން ޒޯޔާ ފެނިފައިވަނީ މީގެ ހަތަރު […]
ޔުމްނާ ޢަލީ
އޮޔާ ދަނިކޮށް މިއަދު ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދަނިކޮށް، ފެނުނު މީހަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. އެ އިދާރާއަށް މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:35 ހާއިރުއެވެ. ފުލުހުން ބުނިގޮތުގައި އެއީ އަންހެނެކެވެ. އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޮޔާ [...
ޔުމްނާ ޢަލީ
ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ކުރަމުން އަންނަ ވިއްސާރަ އާއި ގުޅިގެން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ފުރަތަމަ ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. ހެނދުނު 6:00 ގައި ނެރުނު މި ސަމާލުގެ ވަގުތު މިއަދު ހެނދުނު 11:00 އަށް ވަނީ ހަމަވެފައެވެ. އެއަށްފަހު […]
ޔުމްނާ ޢަލީ
ކަނޑުމަތީ އޮޔާދިޔަ މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން މީހަކު އޮޔާދާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެ އިދާރާއަށް މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:35 ހާއިރުއެވެ. މިހާރު އެމީހާ ކަނޑުމަތިން ނަގައިގެން ގެންގޮސް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. މިކަމުގެ އިތުރުމައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެ...
ޔުމްނާ ޢަލީ
ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ނޯންނާނެކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ސްރީލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސް، އެކަން އާންމުކޮށްފައެވެ. މި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނީ ލަންކާގައި އަލަށް ބޭނުންކުރަން ފަށާ އީ-ވިސާ ސިސްޓަމެއް ގާއިމްކޮށް ހިދުމަތް ފަށާފައިވާތީ، އެ ގައުމުގެ ކަމާ ގުޅޭ އިދަރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ޚާރިޖީ...
ޔުމްނާ ޢަލީ