20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެން މެންބަރުން ހުވާ ކުރައްވާ މަޖިލިސްގެ އައު ދައުރެއް މާދަމާ ފަށާނެއެވެ.

އަލަށް ހޮވުނު މަޖިލީހުގެ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ފަށަން ހަމަޖެހިފައި ވަނީ މާދަމާ 9:00 ގައެވެ.

Ad
rt

މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށްފަހު މަޖިލީހު ފުރަތަމަ ޖަލްސާ ބާއްވާނެއެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މެންބަރު ކަން ކުރައްވާފައިވާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެވެ.

މި ޖަލްސާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސެއް ހޮވުން އޮންނާއެވެ. މި ދެ މަޤާމަށް މެންބަރުން ހޮވާނީ ތަޅުމުގައި ނަން ހުށަހަޅަން ހުޅުވާލައިގެން، ހުށަހަޅާ ތާއީދު ލިބޭ ނަންތަކުގެ މެދުގައި ސިއްރު ވޯޓެއް ނަގައިގެންނެވެ.

މިދިޔަ އޭޕްރިލް މަހު އޮތް 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ޖުމްލަ 93 މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

މީގެ ތެރެއިން ޕީއެންސީ އަށް 66 ގޮނޑި ކާމިޔާބުވިއިރު، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވީ 12 ގޮނޑިއެވެ. އެމްޑީއޭ އަށް 2 ގޮނޑި، އެމްއެންޕީއަށް ގޮނޑިއެއް، ޖޭޕީ އަށް ގޮނޑިއަށް ކާމިޔާބުވިއިރު މިނިވަން 11 މެންބަރަކު ގޮނޑި ކާމިޔާބު ކުރެއްވިއެވެ.