ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އުތުރުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ދިނުމާގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެކު ސޮއިކޮށްފިއެވެ.

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ތައްޔާރުވަމުން އަންނައިރު، މި މަޝްރޫޢު ހިންގަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިސްވެ އޮވެއެވެ.

Ad
rt

މިގޮތުން އެސްޓީއޯއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ ދެމެދު މި މަޝްރޫޢާއިގުޅޭ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، ޝިމާދު އިބްރާހީމެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، މުޙައްމަދު ވަޖީހު އިބްރާހީމެވެ.

މިއެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ތެޔޮ ފޯރުކޮށްދޭ ބޯޓުތަކަށް އެމްޕީއެލްއިން އިތުރު ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.

އުތުރުގައި ބަންކަރިންގެ ހިދުމަތް ފަށަން ޕައިލެޓް ބޯޓާއި ޓަގް ބޯޓު ގެންގޮސްފި

އުތުރުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވެސް މިހާރު ވަނީ ގެންގޮސްފައެވެ.

އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ހިންގުމަށް، ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިޤްތިޞާދީ ވުޒާރާއިން ސޮއިކުރީ 12 މެއި 2024 ގައެވެ.

ކުރިން ޓާގެޓްކޮށްފައި އޮތީ މި މަޝްރޫޢު މި މަހު ފަށާށެވެ. ނަމަވެސް މިހާރު މި މަސްރޫޢުފެށޭނެކަމަށް ލަފާކޮށްފައި ވަނީ އަންނަ މަހުއެވެ.