މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 691 ވަނަ ޞަފްޙާ

ސެޕްޓެންބަރު 5 ވަނަ ދުވަސް ސަރުކާރު ބަންދުކޮށްފި

ސެޕްޓެންބަރު 5 ވަނަ ދުވަސް ސަރުކާރު ބަންދުކޮށްފި

މިފެށޭ ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން އާންމުކުރި ދެންނެވުމެއްގައި ބުނެފައި ވަނީ ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. ރައީސް މި ދުވަސް ބަންދުކުރެއްވީ މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށް ވެސް އެ ދެންނެވުމުގަވެއެވެ. ޤައުމީ ދުވަހަކީ  ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހެވެ. މިއަ...

ޔުމްނާ ޢަލީ
ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވެގެން ހައްޔަރުކުރި މީހުނަށް ދައުވާކޮށްފި

ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވެގެން ހައްޔަރުކުރި މީހުނަށް ދައުވާކޮށްފި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ 31 ޖެނުއަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާގެ ސަބަބުން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައެވެ. ޕީޖީ އޮފީހުން މިއަދު ބުނީ، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލާފައިވ...

ޔުމްނާ ޢަލީ
ޕްރެޝަރު ބޮޑުވުމުން ޤައުމީ ބޭންކުގެ ނިންމުން ބަދަލުކޮށްފި

ޕްރެޝަރު ބޮޑުވުމުން ޤައުމީ ބޭންކުގެ ނިންމުން ބަދަލުކޮށްފި

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް އެ ބޭންކުން ނިންމި ނިންމުން ބަދަލުކުރަން މިއަދު އަނެއްކާ ވެސް ނިންމައިފިއެވެ. ބިއެމްއެލްއިން މިގޮތަށް ނިންމާފައި ވަނީ ބީއެމްއެލްގެ ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ. މި ނިންމުމާއެކު ބީއެމްއެލްގެ ކަސްޓަމަރު ސާވިސް ނަންބަރަށް ބާރުބޮޑުވެ، އެ ނަންބަރުން ޖަވާބުދާރީ ވު...

ޔުމްނާ ޢަލީ
ކޯންފްލެކްސް ފޮއްޓެއްގައި ފޮރުވައިގެން ރާއްޖޭން ބޭރުކުރަން އުޅުނު 81،000 ޑޮލަރު ހިފަހައްޓައިފި

ކޯންފްލެކްސް ފޮއްޓެއްގައި ފޮރުވައިގެން ރާއްޖޭން ބޭރުކުރަން އުޅުނު 81،000 ޑޮލަރު ހިފަހައްޓައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުން 81،030 އެމެރިކާ ޑޮލަރު ހޯދައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައިފި އެވެ. ޔޫއެސް ބަންގްލާ އެއަރލައިންސްގެ ފްލައިޓް ނަންބަރު BS338 އިން ދަތުރުކުރަން އުޅުނު މި ފަސިންޖަރުގެ ލަގެޖުން މި ފައިސާ ހޯދީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ސްކްރީނިންގ ޓީމުންނެވެ. ފައިސާ ފޮރުވާފައި ހުރީ ކޯންފްލެކްސް ޕެކެޓެއްގެ ތެރޭގައެވެ. އޭވިއޭޝަން ސެކިއުރިޓީން އާންމުކޮށްފައިވާ ވީޑިއޯއެއްގައި އެ ޕެކެޓް ކަނޑާލ...

އަލީ އާދިލް
ޤައުމީ ދުވަސް ފާހަގަކުރުމުގެ ޖަލްސާ މާލެއާއި އުތީމުގައި

ޤައުމީ ދުވަސް ފާހަގަކުރުމުގެ ޖަލްސާ މާލެއާއި އުތީމުގައި

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބާއްވާ ޖަލްސާ އޮންނާނީ ހއ. އުތީމާއި، މާލެއާއި އޮންނާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފިއެވެ. ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާއެއް ކޮންމެ އަހަރަކުން އުތީމުގައި އޮވެއެވެ. ދިވެހިބަހާ ބެހޭ ވުޒާރާއިން ބުނީ، މި އަހަރު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާލޭގައިކަމަށެވެ. އަދި އުތީމުގައި ވެސް ޚާއްޞަ ޖަލްސާ އޮންނާނެކަމަށެވެ. ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަ...

ޔުމްނާ ޢަލީ
މާލީ ހާލަތާ ގުޅޭ ސާފު މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ނަޝީދު ގޮވާލައިފި

މާލީ ހާލަތާ ގުޅޭ ސާފު މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ނަޝީދު ގޮވާލައިފި

ޤައުމުގެ މާލީ ހާލަތާ ގުޅޭ މަޢުލޫމާތު ސާފުކޮށް ރައްޔިތުންނާ ހިއްސާކުރުމަށް ސިޔާސީ ލީޑަރުންނަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމުމާ ގުޅިގެން، މީސްމީޑީޔާ ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މި ދަނޑިވަޅުގައި ސިޔާސީ ލީޑަރުންގެ ޒިންމާ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މާލީ ހާލަތު މިހާ ދަށް ދަރަޖައަކަށް ދިޔަ ސަބަބުތަކާއި، ކުރިމަގުގައި ދިމާވެދާނ...

އަލީ އާދިލް
ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރަނީ

ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރަނީ

އިލެކްޓްރިކް އުޅަނދުފަހަރުގެ ބޭނުންކުރުން އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން، އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނިންމައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކާބަން ބޭރުކުރާ މިންވަރު މަ...

އިބްރާހިމް އަސްވާޤް
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ލ. އިސްދޫގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ، ލ. މާބައިދޫ / މާފޮޅޭގެ، މުޙައްމަދު އަފްރާޒް (28އ) އެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 236.3 ގްރާމުގެ އެއްޗެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މީގެ އިތުރުން، ގއ. ވިލިނގިލި / ފުނަމާގެ، އަޙްމަދު ރިޝާޙް (34) ވެސް ވަނީ މަސްތ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށީގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ފެހުމުގެ ލެވެލް 1، ގެ އިތުރުން އެޑްވާންސް ލެވެލް ވެސް ހިމެނޭހެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. ކޯސް ފެށުމަށް މިހާރު ތާވަލު ކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހެވެ. ކޯސް ފަށާ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެ ކޮމެޓީން ބުނެއެވެ. މި […]

އިބްރާހިމް ޚަލީލް
ޖީލުތަކުގެ ތަފާތު

ޖީލުތަކުގެ ތަފާތު

ޖީލު (Generation) އަކީ 20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެކެވެ. އެއީ އެއް ދުވަސްވަރެއްގައި ދުނިޔެއަށް އުފަންވާ މީހުން ނުވަތަ އެއް އުމުރުފުރައެއްގެ މީހުންނެވެ. އެހެންކަމުން އެއް ޖީލެއްގެ މީހުންނަކީ އެއް ދުވަސްވަރެއްގެ ތެރޭގައި އުފަންވެ، ބޮޑުވާ އަދި އާންމު ތަޖުރިބާތަކާއި ގިޔަމުތަކާއި ސަގާފީ ނުފޫޒުތައް ހިއްސާކުރާ މީހުންނެވެ. މިގޮތުން ޖީލުތައް ބައިކުރާއިރު މައިގަނޑު ހަތަރު ބަޔަކަށް ޖީލުތައް ބެހިގެން ދެއެވެ. އެއީ ބެބީބޫމަރސް، ޖެނެރޭޝަން އެކްސް، މިލިނިއަލްސް، އަދި ޖެނެރޭޝަން ޒެޑް (ޖެން ޒީ) […]

ޢަބްދުﷲ ސަޢީދު
މައިކްރޯސޮފްޓުން ސައިބަރ ސެކިއުރިޓީ ބައްދަލުވުމެއް

މައިކްރޯސޮފްޓުން ސައިބަރ ސެކިއުރިޓީ ބައްދަލުވުމެއް

ކްރައުޑްސްޓްރައިކް އިން ދިމާވި އައި.ޓީ މައްސަލައަކާ ގުޅިގެން މައިކްރޯސޮފްޓުން ވަނީ ސެޕްޓެމްބަރ މަހު ސައިބަރ ސެކިއުރިޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ. މި ބައްދަލުވުމުގައި ސައިބަރ ސެކިއުރިޓީ ނިޒާމުތައް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވޭނެއެވެ. ޖުލައި 19 ގައި ކްރައުޑްސްޓްރައިކްގެ އަޕްޑޭޓަކުން ދިމާވި މައްސަލައެއްގެ ސަބަބުން 8.5 މިލިއަން ވިންޑޯސް ޑިވައިސްތަކަށް އަސަރުކޮށް، އެއަރލައިންތަކާއި ބޭންކުތަކާއި ހެލްތްކެއަރ ދާއިރާއަށް ބޮޑެތި ދަތިތައް ކުރިމަތިވިއެވެ. މި ބައްދަލު...

އަޙްމަދު ދާއޫދު
އައިސީސީން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރާމެދު އަވަހަށް ގޮތެއް ނިންމަން ގޮވާލައިފި

އައިސީސީން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރާމެދު އަވަހަށް ގޮތެއް ނިންމަން ގޮވާލައިފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެނިހެން އިސް ފަރާތްތައް ހައްޔަރުކުރުމުގެ އަމުރާމެދު އަވަހަށް ގޮތެއް ނިންމުމަށް ކޯޓުގެ ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ. ޚާން ވިދާޅުވީ މި މައްސަލަ ލަސްވުމަކީ ޝިކާރައަކަށްވީ މީހުންގެ ޙައްޤުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. މި ހައްޔަރުކުރުމުގެ އަމުރު ނެރުމަށް އެދި ހުށަހެޅުނީ އޮކްޓޯބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާއި، އޭގެ ފަހުން އިޒްރޭލުން ޣައްޒ...

އަޙްމަދު ދާއޫދު
ޖާގަ އިތުރުކޮށް، ސެޕްޓެމްބަރ މަހު އާސަހަރާ މިސްކިތުގެ މަސައްކަތް ނިންމަނީ

ޖާގަ އިތުރުކޮށް، ސެޕްޓެމްބަރ މަހު އާސަހަރާ މިސްކިތުގެ މަސައްކަތް ނިންމަނީ

ޖާގަ އިތުރުކޮށް، އާސަހަރާ މިސްކިތުގެ މަސައްކަތް އަންނަ ސެޕްޓެމްބަރ މަހު ނިންމާލެވޭނެ ކަމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ﷲ ގެ ރަހުމަތްފުޅާއިއެކު އާސަހަރާ މިސްކިތުގެ މަސައްކަތް ސެޕްޓެމްބަރ މަހު ނިންމާލެވޭނެ ކަމަށާއި، މިސްކިތުގެ މަސައްކަތް ނިމޭއިރު 3200 އަކަފޫޓު މިސްކިތައް އިތުރު ކުރެވޭނެ ކަމަށެވެ. މޭޔަރު އިތުރަށް ވިދާޅުވީ މިސްކިތް ނިމޭއިރު އެތަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހާނާއަކާއި އަންހެން...

އިބްރާހިމް ޚަލީލް
ބިލްބާއޯ ބަލިކޮށް ބާސާއިން ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި

ބިލްބާއޯ ބަލިކޮށް ބާސާއިން ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކް ބިލްބާއޯއާއި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއީ ލީގުގައި ބާސާ ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ވެލެނެސިއާގެ މައްޗަށް ކުރި ހޯދާފައެވެ. ދެ މެޗުން ހަ ޕޮއިންޓް ހޯދައި މިވަގުތު ގޯލު ތަފާތުން ބާސާ އޮތީ ދެވަނާގައެވެ. އެއްވަނާގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދި […]

އިބްރާހިމް ޚަލީލް
ޖަރުމަނުގެ ސޮލިންގެންގައި ވަޅިން ހަމަލާދީ ތިން މީހަކު މަރާލި މީހަކު ހައްޔަރުކޮށްފި

ޖަރުމަނުގެ ސޮލިންގެންގައި ވަޅިން ހަމަލާދީ ތިން މީހަކު މަރާލި މީހަކު ހައްޔަރުކޮށްފި

ޖަރުމަނުގެ ސޯލިންގެން ސިޓީގައި ހުކުރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ 3 މީހުން މަރާލި މީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހަމަލާގައި އިތުރު 8 މީހުން ވަނީ ޒަޚަމްވެފައެވެ. ޖަރުމަނުގެ ނޯތު ރައިން-ވެސްޓްފޭލިއާ ސްޓޭޓުގެ އިންޓީރިއަރ މިނިސްޓަރ ހަރބަރޓް ރޫލް ވިދާޅުވީ ހަމަލާދިން މީހާވަނީ ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ. ޖަރުމަނުގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި މި މީހާ ވަނީ އަމިއްލައަށް އަމާންދީފައެވެ. މި ހަމަލާއަށް އިސްލާމިކް ސްޓޭޓް ޖަމާޢަތުން ވަނީ ޒިންމާ ނަގާފައެވެ. އެ ޖަމާޢަތުގެ […]

އަޙްމަދު ދާއޫދު
މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން: ސައީދު

މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން: ސައީދު

މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް ވިދާޅުވެ، އިދިކޮޅު މައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ރައްދު ދެއްވައިފި އެވެ. ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުކަމުން އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވަކިކުރެއްވި ހަބަރު ހިއްސާކުރައްވާ އެކްސްގައި ފައްޔާޒު ވިދާޅުވީ ބީއެމްއެލްއަކީ އިގުތިސޯދުގެ މުހިންމު ބައެއް ކަމަށާއި އެ ބޭން...

އަލީ އާދިލް
ފިއްލަދޫ މީހަކު ޑަންލޮޕް ދަޅަކަށް ފައިސާ ނުދީ ދިއުމުން 1މަހާއި 24 ދުވަހަށް ޖަލަށް

ފިއްލަދޫ މީހަކު ޑަންލޮޕް ދަޅަކަށް ފައިސާ ނުދީ ދިއުމުން 1މަހާއި 24 ދުވަހަށް ޖަލަށް

ހއ. ފިއްލަދޫ ފިހާރައަކުން ފައިސާ ނުދީ ޑަންލޮޕް ދަޅެއް ހިފައިގެން ދިޔަ މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް އެ ރަށު ކޯޓުން ހުކުމްކޮށްފި އެވެ. ހއ. ފިއްލަދޫ ސުވާސާގޭ މުއައްލިމް މުހައްމަދު މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ފިއްލަދޫ ވިވިޑް މާޓުން ކުޑަ ޑަންލޮޕް ދަޅެއް ނެގުމަށްފަހު އެއަށް ވާ ފައިސާ ނުދީ ދިޔަ މައްސަލާގައި ދައުލަތުން ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ […]

ހުސައިން ހަބީބް
ދައުލަތުގެ މީޑިއާގެ ވެރިޔާ ޒީނާ އިސްތިއުފާދެއްވައިފި

ދައުލަތުގެ މީޑިއާގެ ވެރިޔާ ޒީނާ އިސްތިއުފާދެއްވައިފި

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ޒީނާ އެ މަގާމުން އިސްތިއުފާދެއްވާފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް އަދި ހާމައެއް ނުކުރަށްވައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދައުލަތުގެ މީޑިއާ ހިންގުމަށް ޒީނާ ޢައްޔަނުކުރަށްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ޒީނާ އަކީ ދިގު މުއްދަތެއްގައި މީޑިއާގައި ޚިދުމަތްކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ. އ...

ޔުމްނާ ޢަލީ