މާލޭގައި މިއަދު އަލިފާން ރޯވި އިމާރާތުގައި އަނެއްކާވެސް ރޯވެއްޖެއެވެ. ފުލުހުން ދެންމެ ބުނީ ކުރިންވެސް އަލިފާން ރޯވި އިމާރާތުގައި އަނެއްކާ ވެސް އަލިފާން ރޯވެގެން ރިޕޯޓު ލިބިފައިވާކަމަށެވެ. ’’އަނެއްކާވެސް އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުން’’ ފުލުހުން ބުނެފަވެއެވެ. މިއަދު މެންދުރުފަހު 15:00 ހާއިރު އަލިފާން ރޯވީ މާލޭގެ ހެންވޭރުގައި ހުންނަ ދޫހިމެރިގޭގައެވެ. ފުރަތަމަ ރޯވީ އެ ގޭގައި ހިންގާ ކެފޭއެއްގައެވެ. މި ހާދިސާގައި ހ. ދޫހިމެރިގޭގެ އިތުރުން އެ ގ...
ޔުމްނާ ޢަލީ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް، ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. ރައީސުް ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، މާލެއާއި ހުޅުމާލޭގެ މަގުތައް ބެލ...
ޔުމްނާ ޢަލީ
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ އެއް ބޯޓު މިއަދު މިއަދު ރާއްޖެފޯރައި، ހދ. ކުޅުދުއްފުށީ ސިޓީގައި ބަނދަރުކޮށްފިއެވެ. މި މަޝްރޫޢު ހިންގާ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ދެ ބޯޓު އަންނަ މިއަދު ރާއްޖެ އަންނާނެ ކަމަށް ކުރިން އޮތީ ލަފާކޮށްފައެވެ. އެތަނުން އެއް އުޅަނދު މިއަދު ނުފޯރީ މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ކުރަން ލަސްތަކެއް […]
ޔުމްނާ ޢަލީ
މާލޭގެ ހެންވޭރު ދޫހިމެރިގޭގައި ހުންނަ ކެފޭއެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގައިގެން އެތަނުގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ވަމުން އަންނަކަމަށެވެ. އަދި ފުލުހުން ވެސް ބުނެފައި ވަނީ އެ ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ސަރަހައްދުގައި ހުރި ”ތިލަދުން”ގެ ނޫސްވެރިއަކު ބުނިގޮތުގައި އެ ކެފޭގައި ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އަދި ދުންތައް ވަނީ މުޅި ސަރަޙައްދަށް ފެތުރިފައެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތުގައި [...
ޔުމްނާ ޢަލީ
މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ވަޓްސްއެޕް މެދުވެރިކޮށް އޮޅުވާލައިގެން ވީޑިއޯ ކޯލްތަކެއް ކުރަމުންދާ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އާންމުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި އިމިގްރޭޝަނުން ވަނީ މީސްމީޑިޔާގައި ޕޯސްޓެއް ކޮށްފައެވެ. އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި ވީޑިއޯ ކޯލްތައް ކުރަމުން އަންނަނީ ރާއްޖެއިން ބޭރުގެ ނަންބަރުތަކަކުންނެވެ. މި ކޯލްތަކުގައި ބައިވެރިވާ ފަރާތްތަކުން އަޅަނީ އިމިގްރޭޝަންގެ ޔުނިފޯމާ އެއްވައްތަރުގެ ހެދުމެކެވެ...
އަލީ އާދިލް
ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމަށް، ކުރަންމުން އަންނަ މަސައްކަތުގެ ތެރެއިން ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލުކޮށް އެކަމުގެ މަޢުލޫމާތު ހިއްސާކޮށްފި އެވެ. މިބައްދަލުވުމުގައި ހިރިމަރަދޫ ރައްޔިތުން ވަޒަންވެރިވާން ބޭނުންވަނީ، ކ. ތުލުސްދޫއަށް ކަމުގައި ސަރުކާރަށް ވަނީ އަންގައިފަ އެވެ. މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމާފައިވާކަން ކައުންސިލްގެ މެންބަރުން އަންގާފައިވާ...
އިބްރާހިމް އަސްވާޤް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ކާލް ސްޓުމްކަ އިއްޔެ އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ކާލް ސްޓުމްކަ އެ މަޤާމުން އިސްތިއުފާ ދެއްވާފައިމިވަނީ، ބޭންކާ ދެކޮޅު ފަރާތްތަކުން މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބީއެމްއެލްއިން ބައެއް ލިޔެކިޔުންތައް ހޯދާފައެވެ. ބޭންކުން ހާމަކުރި ގޮތުގައި، ސްޓުމްކަ މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް މަޤާމުގައި ދެމިހުންނަވާނެއެވެ. އާ ސީއީއޯއެއް އައްޔަންކ...
އަލީ އާދިލް
މާލޭގެ ގެސްޓްހައުސްއެއްގައި ދިވެހި ފިރިހެނެއް ޒަހަމްވެފައި އޮއްވައި މިއަދު ފެނިއްޖެ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ. ފުލުހުން ބުނި ގޮތުގައި، ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގައި އުޅޭ މީހެއްގެ ހަބަރު ނުވެގެން އޭނާގެ ކޮޓަރިއަށް ވަދެ ބެލިއިރު، އޭނާ ވަނީ ޒަހަމްވެފައި އޮއްވައި ފެނިފައެވެ. ޒަހަމްވެފައި އޮތް މީހާއަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށާއި، މިވަގުތު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ. ނަމަވެސް، އޭނާއަށް ލިބިފައިވާ ޒަހަމްތަ...
އަލީ އާދިލް
ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތު ދޮރުގެ ލައިޓް ތަޅާލި މައްސަލައްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭ ފަތިހު 4:15 ހާއިރު ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޒައިދާން މުހައްމަދު ޒާހިރު، ހ.ހަމަވެތި/މާލެ ކަމަށް ފުލުހުން ބުންޏެވެ. ”ޒައިދާން މުހައްމަދު ޒާހިރު އަކީ ނުރައްކާތެރިކޮށް ސައިކަލް ދުއްވުމުން އޭނާގެ ސައިކަލް ފުލުހުން ޓޯވް ކުރުމުން ސައިކަލާއި ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހެއް”...
ޔުމްނާ ޢަލީ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން، އެ މީހުން މަސައްކަތްކުރާ ތަން ރަޖިސްޓްރީކުރުމަށް ހުށަހަޅާ ލިޔުންތަކަށް ބަދަލުތަކެއް ގެނެސް އެކަން އާންމުކޮށްފިއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރި ޢިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި ވަޒީފާދޭ ފަރާ...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އެ ރަށުގައި ބާއްވާ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުއެވެ. މި ކޯހުން ފުރުސަތު ދިނުމަށް ނިންމާފައި ވަނީ 20 ބައިވެރިންނަށެވެ. ކޯސް ފީއެއްގެ ގޮތުގައި ބައިވެރިއެއްގެ އަތުން 500 (ފަސްސަތޭކަ) ރުފިޔާ ނަގަން ވަނީ ނިންމާފައެވެ. މި ކޯސް ކުރިއަށް ގެންދަނީ […]
އިބްރާހިމް ޚަލީލް
ދެވަނަ ހާފުގައި ކުޅެން ނުކުމެ ރޮނާލްޑޯ ޖެހި ލަނޑުން، ސްކޮޓްލެންޑް އަތުން ޕޯޗުގަލް މޮޅުވެއްޖެއެވެ. ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ޕޯޗުގަލްއާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު، ޕޯޗުގަލް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްކޮޓްލެންޑުންނެވެ. މި ލަނޑު ހަވަނަ މިނެޓުގައި ކެނީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ މެކްޓޮމިނޭއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިންނެވެ. ރޭ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ […]
އިބްރާހިމް ޚަލީލް
ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޮން މަސްކް، 2027 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ޓްރިލިއަނެއަރ އަށް ވެދާނެ ކަމަށް އާ ދުނިޔޭގެ މުއްސަނދިކަމުގެ ރިޕޯޓެއްގައި ބުނެފިއެވެ. ބްލޫމްބާގް ބިލިއަނެއަރސް އިންންޑެކްސްގެ މަޢުލޫމާތު ދައްކާ ގޮތުގައި، މިހާރު 53 އަހަރުގެ މަސްކްގެ ސާފު މުދަލުގެ އަގަކީ 251 ބިލިއަން ޑޮލަރު (191 ބިލިއަން ޕައުންޑް) އެވެ. އިންފޯމާ ކަނެކްޓް އެކަޑަމީގެ ހޯދުންތަކުން ދައްކާ ގޮތުގައި، އޭނާގެ މުއްސަނދިކަން އަހަރަކު އެވްރެޖްކޮށް 110 އިންސައްތައިން އިތުރުވަމުން އަންނަ ކަމަށް […]
އަޙްމަދު ދާއޫދު
ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، […]
އިބްރާހިމް އަސްވާޤް
ނަތީޖާ އިއުލާން ކުރުމުގައި އޮޅުވާލުންތަކެއް ހިނގައި ފިޖީގެ މިސް ޔުނިވަރސް މުބާރާތް ހޫނުވެއްޖެއެވެ. ފިޖީގެ ޕާރލް ރިސޯޓް އެންޑް ސްޕާގައި ބޭއްވުނު މިސް ޔުނިވަރސް ފިޖީ މުބާރާތް ނިމުމަކަށް އައިސް، އެއްވަނައަށް އައި ފަރާތް އިއުލާންކޮށްފައިވަނިކޮށް އެނަތީޖާއަށް މިވަނީ ކުއްލިއަކަށް ބޮޑު ބަދަލެއް އައިސް އެމަޤާމް އެހެން ބައިވެރިއަކަށް ދީފައެވެ. 24 އަހަރުގެ އެމްބީއޭ ދަރިވަރު މަންޝިކާ ޕްރަސާދު މުބާރާތުގެ އެއްވަނައަށް ހޮވި، އިއުލާންވެސް ކޮށްފައި ވަނިކޮށް، އޭގެ ފަހުން މިސް ޔުނިވަރސް ފިޖީ (އެމްޔޫއެފް) އިން […]
އަޙްމަދު ދާއޫދު
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިނާއި ސްވިޒަލެންޑް ވާދަކުރި މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ސްޕެއިނުން މެޗު ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ސްޕެއިނުން ވަނީ ލީޑު ނަގާފައެވެ. ހަތަރު ވަނަ މިނެޓުގައި ލެމީން ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ މަޓެއޯ ހޮސެލޫއެވެ. އޭގެ ހަތަރު މިނެޓް ފަހުން ސްވިޒަލެންޑުން ވަނީ ލަނޑެއް […]
އިބްރާހިމް ޚަލީލް
ޕޯޗުގަލްގެ ވަރަށް ސެކިއުރިޓީ ވަރުގަދަ ޖަލަކުން އިނގިރޭސި ވިލާތުގެ ވަރަށް ނުރައްކާތެރި ކުށްވެރިއަކާއެކު 5 މީހުން ފިލައިފިއެވެ. ލިސްބަން އިން 70 ކިލޯމީޓަރު އުތުރުގައި އޮންނަ ވާލެ ޑެ ޖުޑެއުސް ޖަލުން ފިލި މީހުންގެ ތެރޭގައި ހިމެނޭ މާކް ކެމެެރޯން ރޮސްކަލިއަރ (39 އަހަރު) އަކީ މީހަކު ވަގަށް ނަގައިގެން ގެންދިއުމާއި ވައްކަމުގެ ކުށުގައި 9 އަހަރުގެ ޙުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. ޕޯޗުގީޒް ޕްރިޒަން ސަރވިސް (ޑީޖީއާރްއެސްޕީ) އިން ބުނާ ގޮތުގައި 33 އަހަރާއި 61 އަހަރާ […]
އަޙްމަދު ދާއޫދު
ބްރިޖާއި ހައިވޭމަތީގައި މާގަސްތަކެއް ސައިކަލަށް އަރުވައިގެން ދުއްވި މީހާއާއި މެދު މިއަދު ފިޔަވަޅު އަޅާފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކާމެދު، ގަވައިދާ ހިލަފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ވާހަކަމަށެވެ. ފުލުހުން ވަނީ މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކޮ...
އިބްރާހިމް ޚަލީލް