ޔޫއޭއީގެ ޝާރިޖާގައި ބޭއްވުނު 2024 ވަނަ އަހަރުގެ އަރަބި އަންހެނުންގެ ބްލިޓްޒް ޗެސް ޗެމްޕިއަންޝިޕްގައި ފަލަސްތީނުގެ ބައިނަލްއަޤްވާމީ ޗެމްޕިއަން ޢުމުރުން 17 އަހަރުގެ އެމަން ސަވާން ރަން މެޑަލް ހޯދައިފިއެވެ. މިކަން މައާން ނިއުސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ. ސަވާން މި މަޤާމު ހޯދީ 9 ބުރުގައި 7.5 ޕޮއިންޓް ހޯދައިގެން ފާހަގަކޮށްލެވޭ ފަދަ ޕަރފޯމަންސެއް ދައްކައިގެންނެވެ. ސަވާން މި މުބާރާތުގައި ބައިވެރިވީ ފަލަސްތީނުގެ ޤައުމީ ޓީމުގެ ކުޅުއްންތެރިއެއްގެ ގޮތުގައެވެ. މި ޓީމުގައި އޭނާގެ އިތުރުން ހިމެނެނީ […]
އަޙްމަދު ދާއޫދު
އެމެރިކާގެ ރިޔާސީ އިންތިޚާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރުމާއެކު، ޗިޕް އުފައްދާ ކުންފުނި އެންވީޑިއާގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް އުފުލި، ކުންފުނީގެ މާކެޓް ވެލިއު 3.6 ޓްރިލިއަން ޑޮލަރު ފަހަނައަޅާ ހިނގައްޖެއެވެ. މިއީ މިހާތަނަށް އެއްވެސް ކުންފުންޏެއްގެ މާކެޓް ވެލިއު މިވަރަށް އުފުލިފައިވާ ފުރަތަމަ ފަހަރެވެ. ބުރާސްފަތި ދުވަހު އެންވީޑިއާގެ ހިއްސާގެ އަގު 2.2 އިންސައްތަ އިތުރުވިއެވެ. މިގޮތަށް ހިއްސާގެ އަގު އުފުލުނީ ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕް އަލުން ވައިޓް ހައުސްއަށް އައުމާއެކު، ޓެކްސް ކުޑަވ...
އަޙްމަދު ދާއޫދު
ބޮޓްސްވާނާގެ އައު ރައީސްގެ ގޮތުގައި ދުމާ ބޯކޯ ހުވާކުރައްވައިފިއެވެ. ބޯކޯ ރައީސްކަމަށް އިންތިޚާބުވީ އެ ޤައުމުގެ ވެރިކަމުގައި 60 އަހަރާ ގާތަށް ހުރި ބޮޓްސްވާނާ ޑިމޮކްރެޓިކް ޕާޓީ (ބީޑީޕީ) ބަލިކޮށް، އިންތިޚާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދެވުމަށްފަހުއެވެ. 54 އަހަރުގެ ބޯކޯ ހުވާކުރެއްވީ ހުކުރު ދުވަހު، ޤައުމީ ސްޓޭޑިއަމްގައި ހާޒިރުވެ ތިބި އެތައްހާސް މީހުންގެ ކުރިމަތީގައެވެ. އޭނާ ހުވާކުރައްވާފައި މިވަނީ އޭނާގެ ޕާޓީ، އަމްބްރެލާ ފޮރ ޑިމޮކްރެޓިކް ޗޭންޖް (ޔޫޑީސީ) އިން ވޯޓު ފޮށިތަކުން ބީޑީޕީ ބަލިކުރި ތާ [...
އަޙްމަދު ދާއޫދު
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد: ޚުލާޞާ ޖަވާބު: ދަރިން ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ ކައިވެނީގެ މަޤުސަދަކަށް ވެފައި، އާންމު ޙާލަތުން ދެމަފިރިން ކުރާކަމެއް ކަމުގައި ވާތީ، އެކަމަށްޓަކައި ކޮންމެހެން އިސްތިޚާރާ ނަމާދުކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ވަކި ޚާއްސަ ޙާލަތެއްގެ ސަބަބުން ދަރިއެއް ހޯދުމަށް މަސައްކަތް ކުރަންވީތޯ ނުވަތަ ނޫންތޯ ހިތައް އަރައި ގޮތް ނިންމަން އުނގަދޫވާނަމަ، އިސްތިޚާރާ ނަމާދު […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި، ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ ކުޑަކުއްޖަކު މަރުވެއްޖެއެވެ. މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ، ދިގުރަށުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ސްނޯކްލިންއަށް ގޮސް ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތުގައި ޖެހި ޒަޚަމްވެގެން ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަން މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެއީ ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. އެއީ ވޭލް ޝާކްގެ ރިސ...
އަލީ އާދިލް
ސެމްސަންގުން އެކުންފުނީގެ ސްމާޓްފޯނުތަކާއި ވެއަރަބަލް ޑިވައިސްތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ނޮވެމްބަރު މަހުގެ ސެކިއުރިޓީ ޕެޗް ނެރެފިއެވެ. މި އަޕްޑޭޓުން ޖުމްލަ 51 ސެކިއުރިޓީ މައްސަލައެއް ހައްލުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމްގެ 38 މައްސަލައާއި ސެމްސަންގްގެ ވަން ޔޫއައި ސޮފްޓްވެއަރގެ 13 މައްސަލަ ހިމެނެއެވެ. ސެމްމޮބައިލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެންޑްރޮއިޑްގެ 38 މައްސަލައަކީ ނުރައްކާތެރި މައްސަލަތަކެކެވެ. މި މައްސަލަތަކުގެ ސަބަބުން ހެކަރުންނަށް މުހިންމ...
އަޙްމަދު ދާއޫދު
އިސްރާއީލުގެ ސިފައިން ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި ޣައްޒާ ސަރަހައްދަށް އަޅައިފައިވާ ބޮންތަކުގެ ބަރުދަން 85،000 ޓަނަށްވުރެ އިތުރުވެއްޖެ ކަމަށް އދ. ގެ ރިޕޯޓެއްގައި ބުނެފިއެވެ. މިއީ 2 ވަނަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ގޮވާ ތަކެތީގެ މިންވަރަށްވުރެ ގިނަ އަދަދެކެވެ. އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ފެށި ހަނގުރާމައިގައި، ޣައްޒާގެ އާބާދީ ދިރިއުޅޭ ސަރަހައްދުތަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ހަމަލާދީފައިވެއެވެ. މި ހަމަލާތަކުގައި ސިވިލިއަނުން...
އަޙްމަދު ދާއޫދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ލުއި ލޯނު ސްކީމް، ”ހިޔާވެހި ފައިނޭންސް”ގެ ދަށުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ ގެދޮރު އިމާރާތްކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކުރެވިގެން “ހިޔާވެހި ފައިނޭންސިންގ” ނަމުގައި އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް މި ލޯން ސް...
ޔުމްނާ ޢަލީ
ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމަށް ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު 2024ގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ފުރަތަމަ ފަހަރަށް އާންމުކޮށް ވާހަކަފުޅު ދައްކަވައި، ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. މި ވާހަކަފުޅުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ހޯއްދެވި ސިހުންދެނިވި ކާމިޔާބީއަށް ފަހު، ބައިޑެން ވަނީ...
އަޙްމަދު ދާއޫދު
ސިއްހަތާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހެލްތު އެކްސްޕޯ 2024 ރޭ ފަށައިފިއެވެ. ހެލްތު އެކްސްޕޯ 2024 ފެށުމަށް، އެ އެކްސްޕޯ ހުޅުއްވައި ދެއްވާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ އޮތް ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. މިއީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ޞިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސިއްހަތާ ބެހޭ ވުޒާރާއިން އިންތިޒާމްކ...
ޔުމްނާ ޢަލީ
ގްރޫޕަކުން ރަހީނުކޮށްފައި ހުއްޓާ ރޭ ސަލާމަތް ކުރި މީހާ ސަލާމަތް ކުރެވުނީ އިނގިލި ބުރިކޮށްލަން ތައްޔާރުވެފައި ވަނިކޮށް ކިރިޔާ ކަމަށް ފުލުހުން ބުނެފިއެވެ. އެމީހާ ރަހީނުކޮށްފައި ހުރީ ހުޅުމާލޭ ފޭސް ދެއެއްގެ އެޗް9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގެ ތެރޭގައެވެ. އެމީހާ ސަލާމަތްކުރުމަށްފަހު އެ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްފައި ހުރިކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލެޖެންސަށް ރޭ ލިބުމާއެކު އެމީހާ ސަލާމަތްކުރުމަށް...
ޔުމްނާ ޢަލީ
ރަހީނުކޮށްފައި ހުރި މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ. ހުޅުމާލެ ފޭސް 2 ގައި މީހަކު ރަހީނުކޮށްފައި ހުރި ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ. ދާޚިލީ ވަޒީރު އަލީ އިހްސާން މިރޭ ބައެއް މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ ހުޅުމާލޭ ފޭސް ދެއެއްގައި ފުލުހުންނާއި، ކަމާބެހޭ ފަރާތްތަކުން ހިންގި އޮޕަރޭޝަނެއްގައި، ގްރޫޕަކުން ރަހީނުކޮށްފައި ހުރި ދިވެހި ރައްޔިތަކު ސަލާމަތްކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ”ގޭންގް ކުށްތަކާއި ދެ...
ޔުމްނާ ޢަލީ
ސައިކަލެއްގައި ބަހައްޓާފައި ހުރި ސްކޫލް ދަރިވަރެއްގެ ދަބަސް ވަގަށް ނެގިކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ނޮވެންބަރު 5 ވަނަ ދުވަހުގެ 08:48 ހާއިރު މާލޭގެ އަމީރު އަހުމަދުމަގު / ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮފައި ހުރި ސައިކަލެއްގައި ބަހައްޓާފައި ހުރި ސްކޫލް ދަބަހެއް ވަގަށްނެގި މައްސަލައެއް ބަލާފައިވާ ކަމަށެވެ. މި ދަބަސް ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ނ. ވެލިދޫ / ހިފާޒް، އަޙްމަދު މާޖިދު (33އ) މިއަދު ވަނީ ކޯޓު […]
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ ބޮލުގައި މަރުތޭލަކުން ޖަހައި, ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ މެއި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މަރުތޭލަކުންޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި ބައެއް މީހުން ކުރިން ހައްޔަރުކުރި އެވެ. އެ ހަމަލާގައި ޒަރީރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެ މައްސަލާގައި ދައުވާކުރީ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ […]
ހުސައިން ހަބީބް
އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ހދ. ނެއްލައިދޫގައި ޚާއްޞަ އިސްރަށްވެހިންގެ ހަވީރެއް ކުރިއަށް ގެންގޮސްފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މި ހަވީރަކީ، ކުޅުދުއްފުށި ސިޓީގައި ހުންނަ ހދ ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރާއި ދިވެހި ރެޑްކުރެންސެންޓް ނޯތު ރީޖަން އޮފީހާއި ފުލުހުން އަދި ނެއްލައިދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަވީރުގެ ތެރެއިން އުފާވެރިކަމާއި، ލޯތްބާއި ކުލުނުގެ މާހައުލެއްގައި އިސްރަށްވެހި...
ޔުމްނާ ޢަލީ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް، މިއަދު ހުޅުވައިފިއެވެ. ވީއައިއޭގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުއްވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ފިއުލް ފާމާއެކު ވީއައިއޭގެ ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދާނެއެވެ. އަދި މި މަޝްރޫޢުއާއެކު ވީއައިއޭގެ ތެޔޮ ރައްކާކުރުމުގެ ޤާބިލުކަން ތިން ގުނަ އިތުރުކޮށްދޭނެއެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް […]
ޔުމްނާ ޢަލީ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭ.ޓީ.އެމް ޚިދުމަތް 19 މީހުން ދިރިއުޅޭ ރަށެއްގައި ގާއިމުކުރުމަށް ނިންމައިފިއެވެ. މިކަން ޢިއުލާންކޮށް، އެމްއައިބީގެ އޭ.ޓީ.އެމް ޚިދުމަތް ފުޅާކުރުމާބެހޭގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި އިސްލާމިކް ބޭންކާއި ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންފައިވާއިރު، ސަރުކާރުން ބުނިގޮތުގައި މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެ...
ޔުމްނާ ޢަލީ
ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ބޮޑުތިލަދުންމަތީގެ ތިން ރަށެއް ހިމެނިއްޖެއެވެ. މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްުޔާތެއްގައި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއ...
ޔުމްނާ ޢަލީ