މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 627 ވަނަ ޞަފްޙާ

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވެދާނެކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އދާރާއިން މިއަދު ބުނެފައިވަނީ، މި މޫސުމީ ބަދަލު އަންނަނީ ހުޅަނގު މޫސުމުގެ ފެށުމާ ދިމާކޮށް، މި ސަރަޙައްދުގައި އުފެދިފައިވާ ދަށް ޕްރެޝަރގެ ސަރކިއުލޭޝަނަކާ ގުޅިގެންކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހިފައިވެއެވެ. މިގޮތުން އެންމެ ގިނައިން ވާރޭވެހުނު ކަމަށް...

އިބްރާހިމް އަސްވާޤް
ޕާޓީ ބަދަލުކުރާ މެމްބަރުން އިސްތިއުފާދޭންޖެހޭ މާއްދާ ބާތިލްކުރަން ހައި ކޯޓަށް

ޕާޓީ ބަދަލުކުރާ މެމްބަރުން އިސްތިއުފާދޭންޖެހޭ މާއްދާ ބާތިލްކުރަން ހައި ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ ބާތިލް ކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާ އުވާލަން ހައި ކޯޓަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ. އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ ވަކި ސިޔާސީ […]

ހުސައިން ހަބީބް
އިމާމު ފާތިހާ ސޫރަތް ކިޔުމަށްފަހު ސޫރަތްފެށުމާ ދެމެދު، މައުމޫމުން ފާތިހާ ސޫރަތް ކިޔަން ޖެހޭނެ ތޯ؟

އިމާމު ފާތިހާ ސޫރަތް ކިޔުމަށްފަހު ސޫރަތްފެށުމާ ދެމެދު، މައުމޫމުން ފާތިހާ ސޫރަތް ކިޔަން ޖެހޭނެ ތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد: ޚުލާޞާ ޖަވާބު: އިމާމު މީހާ ފާތިހާ ސޫރަތް ކިޔާއި ނިމުމަށްފަހު އަނެއް ސޫރަތް ފެށުމާ ދެމެދު މައުމޫމު މީހާ ފާތިހާ ސޫރަތް ކިޔެވުމަކީ އެންމެ ރަނގަޅު ގޮތެކެވެ. އަދި ނަމާދުގެ ކޮންމެ ރަކުޢަތެއްގައި ވެސް ފާތިޙާ ސޫރަތް ކިޔެވުމަކީ ވާޖިބެއް ކަމުގައި ވާތީ، ކޮންމެހެން ވެސް މި ސޫރަތް ކިޔަވަން ވާނެއެވެ. […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ގައުމީ ޓީމުގައި ވެސް ހާލަންޑް ނުހުއްޓުވޭ

ގައުމީ ޓީމުގައި ވެސް ހާލަންޑް ނުހުއްޓުވޭ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ނޯވޭއާއި ކަޒަކިސްތާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނޯވޭއިން ކާމިޔާބު ކޮށްފިއެވެ. ނޯވޭގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުން މޮޅުވުމާއިއެކު ނޯވޭ ވަނީ ލީގުގެ އޭ ކެޓަގަރީ އަށް ކޮލިފައިވެފައެވެ. ކުޅުނު ހަ މެޗުން ހޯދި 13 ޕޮއިންޓާއިއެކު ލީގު ބީގެ ގްރޫޕް ތިނެއްގެ އެއްވަނަ އެ ޓީމަށް ލިބިފައިވާއިރު ދެވަނާގައި އޮތީ އޮސްޓްރިއާއެވެ. އެ ޓީމަށް […]

އިބްރާހިމް ޚަލީލް
އިންޑިއާގެ ހައިކޮމިޝަނަރ، ހަނިމާދޫ ކައުންސިލާއިއެކު ބައްދަލުވުމެއް

އިންޑިއާގެ ހައިކޮމިޝަނަރ، ހަނިމާދޫ ކައުންސިލާއިއެކު ބައްދަލުވުމެއް

އިންޑިއާއިން ރާއްޖެއައް ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރ މުނޫ މަހާވަރު ރަސްމީ ދަތުރުފުޅެއްގައި ހަނިމާދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ހާލަތު ބައްލަވާލެއްވުމަށް ކޮމިޝަނަރ ހަނިމާދޫއަށް ވަޑައިގެންފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ ވަނީ ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ...

އިބްރާހިމް ޚަލީލް
އެންމެ ފަހުން ގްރޫޕްގެ އެއްވަނަ ފްރާންސަށް

އެންމެ ފަހުން ގްރޫޕްގެ އެއްވަނަ ފްރާންސަށް

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ދެއެއްގައި ރޭ ފްރާންސާއި އިޓަލީ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ފްރާންސް ކާމިޔާބު ކުރުމާއިއެކު ގްރޫޕްގެ އެއްވަނަ ފްރާންސަށް ލިބިއްޖެއެވެ. މި ގްރޫޕްގެ ފަހު މެޗަށް ރޭ މި ދެ ޓީމް ނުކުތްއިރު، ދެ ޓީމަށް ވެސް އޮތީ ކުއާޓާގެ ޖާގައެއް ކަށަވަރުވެފައެވެ. ނަމަވެސް މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ރޭ މެޗާއި ހަމައަށް އިޓަލީ އޮތްއިރު އެއް ލަނޑުގެ ތަފާތަކުން ބަލިވެގެން އެ ޓީމަށް އެއްވަނަ ޖާގަ […]

އިބްރާހިމް ޚަލީލް
ދުނިޔޭން މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ފެނިއްޖެ

ދުނިޔޭން މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ފެނިއްޖެ

ދުނިޔޭން މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ސައިންސްވެރިންނަށް ފެނިއްޖެއެވެ. މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު މުރަކަ ފެނިފައިވަނީ ސޮލަމަން ޖަޒީރާތަކުން ކަމަށް ސައިންޓިސްޓުން ވަނީ ހާމަކޮށްފައެވެ. މި މުރަކައިގެ ސަބަބުން ދުނިޔޭގެ ސަމާލުކަން އެ ސަރަހައްދަށް އަމާޒުވެފައިވާއިރު، މިއީ ތިމާވެށީގެ ގޮތުން ވެސް ވަރަށް މުހިންމު ހޯދުމެއް ކަމަށް ބެލެވެއެވެ. ނޭޝަނަލް ޖިއޮގްރެފިކްގެ “ޕްރިސްޓިން ސީސް” އެކްސްޕެޑިޝަންގެ ތެރެއިން އޮކްޓޯބަރ މަހު ފެނުނު މި މުރަކައިގެ ފުޅާމިނުގައި 111 ފޫޓު ހުރި...

އަޙްމަދު ދާއޫދު
''މީޑިއާ ކޮމިޝަންގެ ބިލަށް ޕީއެންސީން ވޯޓެއް ނުދޭނެ، ބިލު މަޖިލީހުން ބޭރުކުރާނެ''

''މީޑިއާ ކޮމިޝަންގެ ބިލަށް ޕީއެންސީން ވޯޓެއް ނުދޭނެ، ބިލު މަޖިލީހުން ބޭރުކުރާނެ''

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުން ވޯޓު ނުދެއްވާނެކަމަށާއި، އެ ބިލު މަޖިލީހުން ”ބޭރުކުރަށްވާނެ” ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެންވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް “ހަފުތާ 52- ރައްޔިތުންނާއެކު ކުރ...

ޔުމްނާ ޢަލީ
ޖަޕާނުގެ ކޮޝިމާއަށް 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ ކޮޝިމާއަށް 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ ކޮޝިމާ ސަރަހައްދަށް މިއަދު (އާދީއްތަ ދުވަހު) ރިކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ އިން ބުނެފިއެވެ. މި ބިންހެލުން އައިސްފައިވަނީ ހޮނިހިރު ދުވަހުގެރޭ ރާއްޖޭގަޑިން 9:16 ގައި ކަމަށާއި، ބިންހެލުމުގެ މަރުކަޒު ހުރީ ބިމުގެ އަޑިން 70.6 ކިލޯމީޓަރުގެ ފުންމިނުގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ. އިބްތިދާއީ ހޯދުންތަކުން ދައްކާ ގޮތުގައި، މި ބިންހެލުން އެންމެ […]

އަޙްމަދު ދާއޫދު
''އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން ވަގުތު ފާއިތުނުވަނީސް ދިނުން''

''އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން ވަގުތު ފާއިތުނުވަނީސް ދިނުން''

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން ވަގުތު ފާއިތުނުވަނީސް ދިނުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެންވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް “ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް” ނަމުގައި ރޭ ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުން ބޭނުންވާ ނަތީޖާތައް ނެރުމަށް ދަތިތަކެއް ހުރިކަމުގައިވިޔަސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ގިނަ ކަންތައްތަކެއ...

ޔުމްނާ ޢަލީ
ސެނެގާލްގެ ޕާލިމެންޓަރީ އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ

ސެނެގާލްގެ ޕާލިމެންޓަރީ އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ

ސެނެގާލްގެ ޕާލިމެންޓަރީ އިންތިޚާބުގެ ވޯޓުލުން މިއަދު ފެށިއްޖެއެވެ. މި އިންތިޚާބަކީ ރައީސް ބަސިރޫ ދިއޮމޭ ފައޭ ވެރިކަމަށް އައުމަށްފަހު ބޭއްވޭ ފުރަތަމަ ޕާލިމެންޓަރީ އިންތިޚާބެވެ. ސެނެގާލްގެ 17 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 7 މިލިއަނަށްވުރެ ގިނަ މީހުންނަށް މިއަދު ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މި އިންތިޚާބުގައި 165 ގޮނޑީގެ ނެޝަނަލް އެސެމްބްލީއަށް މެންބަރުން އިންތިޚާބު ކުރެވޭނެއެވެ. މިއިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރެވޭނީ ހޯމަދުވަހުގެ ރޭ ކަމަށް ބެލެވެއެވެ. ރައީސް ފައޭ ވަނީ މާޗް މަހު [...

އަޙްމަދު ދާއޫދު
''ޑޮލަރު ގަވާއިދު ބަދަލެއް ނުކުރާނަން، ސަރުކާރު އޮންނާނީ 100% ރައްޔިތުންނާ އެކީގައި''

''ޑޮލަރު ގަވާއިދު ބަދަލެއް ނުކުރާނަން، ސަރުކާރު އޮންނާނީ 100% ރައްޔިތުންނާ އެކީގައި''

ބޭރުފައިސާގެ ޤަވާއިދަށް ގެނައި އިސްލާހު ބަދަލު ނުކުރަށްވާނެ ކަމަށާއި، މި ސަރުކާރު އޮންނާނީ 100% ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ބޭރުފައިސާގެ ގަވާއިދަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމެވި ސަބަބުތައް ވިދާޅުވިއެވެ. މިގޮތުން މި އިސްލާޙްގެ ސަބަބުން ލިބޭނެ ފައިދ...

ޔުމްނާ ޢަލީ
ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް މީގެ ކުރިން ބިނާކުރުމަށް ހަމަޖެއްސީ ބާ ޖަމާލުއްދީނުގެ ބިމުގައެވެ. އެއީ މިދިޔަ ސަރުކާރުގެ ނިންމުމެކެވެ. އެހެން ނަމަވެސް ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އެދުމާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖާގަ ތަނަވަސް ބިމެއް ކަމަށްވާ 386 ކޮށިން، އެ ސްކޫލް ބިނާކުރުމަށް ބިމެއް ހަމަޖައްސަވާފައެވެ. މި ސްކޫލްގެ ޑިޒައިންނަށް ވެސް މި ސަރުކާރުން ބަދަލު ގެނެސްފައިވާއިރު، އެ ބަދަލުތަކާއެކު، ސްކޫލް […...

ޔުމްނާ ޢަލީ
ބަންދު ދުވަސްތަކުގައި ފަނޑިޔާރުން ރަށުން ބޭރަށް ދާން ޖޭއެސްސީއަށް އަންގަން ޖެހޭނެ ގޮތަށް ހަދައިފި

ބަންދު ދުވަސްތަކުގައި ފަނޑިޔާރުން ރަށުން ބޭރަށް ދާން ޖޭއެސްސީއަށް އަންގަން ޖެހޭނެ ގޮތަށް ހަދައިފި

ކޯޓުތަކުގެ ފަނޑިޔާރުން ހަފުތާ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ދާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމިޝަން (ޖޭއެސްސީ) އަށް އަންގަންޖެހޭ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައިފި އެވެ. ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ނެރުނު ސާކިއުލާގައިވަނީ ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ފަނޑިޔާރުން އައްޔަންކޮށްފައިވާ ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އަންގަން ޖެހޭނެ ކަމަށެވެ. އެގޮތުން އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި...

ހުސައިން ހަބީބް
ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލުގެނައި ބިލު ތަސްދީޤުކުރައްވައިފި

ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލުގެނައި ބިލު ތަސްދީޤުކުރައްވައިފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާ އުސޫލު އިސްލާޙްކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފްވާނަމަ ޖޫރިމަނާ ކުރަން ހިމަނާފައިވާ ސިޔާސީ ޕާޓީގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ. މި ބިލަކީ، 2024 ނޮވެމްބަރ 13 ވީ ބުދަ […]

ޔުމްނާ ޢަލީ
ލެޕްޓޮޕްތަކަކާއި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ލެޕްޓޮޕްތަކަކާއި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ ހެންވޭރު ގެއަކުން އިލެކްޓްރޯނިކްސް އެއްޗެހިތަކެއް ވަގަށްނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހ. ސަމަރ ގްރީން، އިބްރާހިމް ޒަކަރިއްޔާ (33 އަހަރު) އާއި ސ. ހިތަދޫ / ކުރިބޯށިގެ، މުޙައްމަދު ޒަރީރު (36 އަހަރު) އެވެ. މި ދެ މީހުން އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިލެކްޓްރޯނިކްސް ބައެއް ތަކެތި އެ މީހުންގެ އަތުން ފުލުހުން ވަނީ […]

ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުން އައިޑީކާޑް ޕްރިންޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ހދ.އަތޮޅު ކައުންސިލުން އައިޑީކާޑް ޕްރިންޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓް ކުރެވޭނޭ އިންތިޒާމް ހަމަޖައްސައިފިއެވެ. މި ހިދުމަތް ހދ.އަތޮޅު ކައުންސިލުގައި ފަށާފައި މިވަނީ އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުގެ ތެރެއިންނެވެ. މިގޮތުން ހދ.އަތޮޅު ކައުންސިލުގެ އިތުރުން މި ހިދުމަތް މިހާރު ހުޅުމާލެ ފޭސް 01 އަދި 02 ގެ އިތުރުން ވިލިމާލޭގައި ވެސް ވަނީ ފަށާފައެވެ. އަދި ގއ. އަތޮޅާއި، ދ އަތޮޅާއި ލ އަތޮޅުގައި ވެސް ސަރުކާރުން […]

އިބްރާހިމް ޚަލީލް
މިއަހަރު ސްޓެލްކޯއަށް 120 މިލިޔަން ރުފިޔާގެ ފައިދާ ނެރެވޭނެ: ފަހުމީ

މިއަހަރު ސްޓެލްކޯއަށް 120 މިލިޔަން ރުފިޔާގެ ފައިދާ ނެރެވޭނެ: ފަހުމީ

2023 ވަނަ އަހަރު ގެއްލުމުގައި ނިންމާލަން ޖެހުނު ނަމަވެސް 2024 ވަނަ އަހަރު ނިމިގެންދާނީ ސްޓެލްކޯއަށް 120 މިލިޔަން ރުފިޔާގެ ފައިދާއަކާއި އެކުގައިކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. އެމްޑީ ފަހުމީ މިހެން ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 52 ހަފްތާގެ ތެރެގައި އެ ކުންފުނިން ކުރި މުހިއްމު މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެމްޑީ ފަހުމީ ވިދާޅުވީ، 2023ވަނަ އަހަރަކީ ސްޓެލްކޯއަށް ގެއްލުމުގައި ހިންގުނު އަހަރެ...

ޙުސައިން ޝަހުދީ