އދ. މާމިގިލި ހޮސްޕިޓާ ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އެ އަތޮޅު ދަނގެތި ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މާމިގިލި ކައުންސިލް މެމްބަރުން ވަނީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސް އާއި ޙިއްޞާކުރައްވާފައެވެ.

މީގެ ތެރޭގައި އެރަށުގެ ހޮސްޕިޓާ ތަރައްޤީކޮށްދެއްވުމަށާއި، ބަނދަރާއި މަގު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިލެއްވިއެވެ. މީގެ އިތުރުން ވެސް މާމިގިލި ޕޮލިސް ސްޓޭޝަން ހިންގުމަށް އިމާރާތެއް ބޭނުންވާކަމަށް ވެސް ދެންނެވިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ކައުންސިލުން ފާހަގަކުރެއްވިކަންކަން ކުރިއަށްގެންދާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އދ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ދަތުރުފުޅެއް ފެއްޓެވީ މިއަދުއެވެ. މި ދަތުރުފުޅު ނިންމަވާލައްވާނީ މާދަމާއެވެ.