ކ. ގުރައިދޫގައި ނިޔާވި ތުއްތު ކުއްޖެއްގެ މަރާ ގުޅޭ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.
ފުލުހުން ބުނީ، ކ. ގުރައިދޫގައި ހަތަރު މަހުގެ ކުއްޖަކު ނިޔާވި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓްކުރީ މިއަދު އެވެ. މައުލޫމާތު ލިބޭގޮތުގައި އެކުއްޖާ ނިޔާވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރެވެ.
''މިކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ރާއްޖެއިން ބޭރަށް ފޮނުވަން ވަނީ ހަމަޖެހިފައި'' ފުލުހުން ބުނެފަވެއެވެ.
އެކުއްޖާ ޚަބަރު ހުސްވެގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ ހުކުރު ދުވަހުގެރޭ ދަންވަރު 12:30 ހާއިރު ކަމަށް ވެއެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށާއި، ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް މައުލޫމާތު ލިބިފަވެއެވެ.
އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް މިހާރު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!