އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ތެރެއިން ހޮވުނު ހަތަރު ނަސީބުވެރިން، ދޯހާ މެރެތަންގައި ބައިވެރިވުމަށްޓަކައި މިއަދު ދޯހާއަށް ފުރައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ބޭއްވި ލަކީ ޑްރޯއިން ހޮވުނު މުޙައްމަދު އަޒުހަދު އަޙްމަދު އަދި ޠާރިޤު މުޙައްމަދު ރަޝީދު މިއަދު ވަނީ ދޯހާއަށް ފުރާފައެވެ.

Ad
rt

މީގެ އިތުރުން، އުރީދޫގެ މުވައްޒަފުންގެ މެދުގައި ބޭއްވުނު ލަކީ ޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ޙުސައިން ފަރާޒު މުޙައްމަދުވެސް ވަނީ މި ދަތުރުގައި ބައިވެރިވެފައެވެ.

މި ބޭފުޅުން ބައިވެރިވާ ދޯހާ މެރެތަން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ވޯލްޑް އެތްލެޓިކްސް ގޯލްޑް ލޭބަލް ލިބިފައިވާ މި މެރެތަންގައި، މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.

މި މެރެތަންގައި ދުވުމުން، ބައިވެރިންނަށް އެހެނިހެން މަޝްހޫރު މެރެތަންތަކަށް ކޮލިފައިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން، މި މެރެތަންގައި ބައިވެރިވާ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންނަށް ކާމިޔާބީއަށް އެދިފައިވެއެވެ. މި ފަދަ ފުރުސަތުތައް ކަސްޓަމަރުންނަށް ހޯދައިދިނުމަކީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.