އެމެރިކާއަށް ރަޝިއާގެ އައު ސަފީރު ޢައްޔަންކުރުމަށް އެމެރިކާއިން ރުހުން ދީފިއެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީގެ ނޯތް އެޓްލާންޓިކް ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަލެކްސާންޑަރ ޑާޗިއެވް، އެމެރިކާއަށް ރަޝިއާގެ އައު ސަފީރުގެ ގޮތުގައި ޢައްޔަންކުރުމަށް އެމެރިކާއިން ރަސްމީކޮށް ރުހުން ދީފިކަމަށް ރަޝިއާއިން ހުކުރު ދުވަހު ވަނީ އިޢުލާންކޮށްފައެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހު އިސްތަންބޫލްގައި ބޭއްވުނު ރަޝިއާ އަދި އެމެރިކާގެ ވަފުދުތަކުގެ މަޝްވަރާ ބައްދަލުވުމެއްގައި، ޑިޕްލޮމެޓިކް މިޝަންތައް އާންމު ހާލަތަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި، މި ބައްދަލުވުމުގައި ރަޝިއާއިން އެމެރިކާއަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި ޑާޗިއެވްގެ ޢައްޔަންކުރުމަށް އެމެރިކާގެ ފަރާތުން ރަސްމީކޮށް ރުހުން ދީފައިވާ ކަމަށެވެ.
އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޑާޗިއެވް ވަރަށް އަވަހަށް މަޤާމާ ޙަވާލުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހު، ރަޝިއާގެ ރައީސް ވްލަދިމީރ ޕުޓިން ވަނީ އެމެރިކާގައި ހުރި ރަޝިއާގެ ސަފީރު އަނަޓޮލީ އަންޓޮނޮވް މަޤާމުން ވަކިކޮށްފައެވެ. ނަމަވެސް އޭނާގެ ބަދަލުގައި އެހެން މީހަކު އެ މަޤާމަށް ޢައްޔަންކޮށްފައެއް ނުވެއެވެ. 69 އަހަރުގެ އަންޓޮނޮވް 2017 އިން ފެށިގެން އެ މަޤާމުގައި ހުރެފައިވެއެވެ.
އަންޓޮނޮވް މަޤާމުން ވަކިކުރެވުނީ، ފަހުގެ އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން ދުވަހަކުވެސް ގޯސްނުވާ މިންވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!