އެމެރިކާއިން ޑިޕޯޓްކޮށްފައިވާ ވެނެޒުއެލާގެ ގޭންގު މެންބަރުންކަމަށް ބެލެވޭ 200 އަށްވުރެ ގިނަ މީހުން އެލްސަލްވަޑޯރަށް ފޮނުވާލައި، އެ ޤައުމުގެ ސެކިއުރިޓީ ވަރުގަދަ ޖަލަކަށް ގެންދެވިފައިވާ ކަމަށް އެލްސަލްވަޑޯރުގެ ރައީސް ނަޖީބު ބުކެލެ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުކުރު ދުވަހު 1798 ވަނަ އަހަރުގެ “އޭލިއަން އެނެމީސް އެކްޓް” އަށް ހަވާލާދެއްވައި، “ޓްރެން ޑެ އަރަގުއާ” ކިޔާ ގޭންގެއްގެ މެންބަރުންކަމަށް ބެލެވޭ މީހުން އަވަހަށް ޑިޕޯޓްކުރުމަށް ނިންމަވާފައެވެ. މި ޖަމާ...
އަޙްމަދު ދާއޫދު
އުރީދޫ ނޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓް ގުޅިގެން ބޭއްވި ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2ކޭ25 ކުލަގަދަކޮށް ނިންމާލައިފިއެވެ. މި ފެސްޓިވަލް ކުރިއަށްދިޔައީ މާޗް މަހުގެ 12 އިން 14 އަށް ޔޫތު ތާޑް ސްޕޭސް (ލިލީ މަގު) ގައި ކޮންމެ ރެއަކު ވެސް ރޭގަނޑު 9:00 އިން މެންދަމު 12ގެ ނިޔަލަށެވެ. މިފެސްޓިވަލުގެ ނިމުނުގެ ރަސްމިއްޔާތަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓް އިބްރާހިމް ވަހީދު އަދި […]
އިބްރާހިމް އަސްވާޤް
ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ބްރޮޑްކާސްޓުކޮށް، ދައުރުކުރަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް، އެކަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ކުށްވެރިކޮށްފިއެވެ. އިދިކޮޅު އެމްޑީޕީން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ދައްކާފައިވާ މި ވާހަކަ މީސްމީޑިއާގައި ދައުރުކުރަމުން އަންނައިރު، އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ގާނޫނުއަސާސީގައި ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއް...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޙިކުމާ އަޙްމަދު ނިޒާރު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޙިކުމާ އެ މަޤާމަށް މަޤާމަށް ޢައްޔަންކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޙިކުމާ ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި މަގާމުގެ ހުވައި ކުރެއްވުމުގެ އިތުރުން މި ރަސްމިއްޔާތުގައި ހިކުމާ ޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސު...
ޔުމްނާ ޢަލީ
ށ.ފޯކައިދޫގައި އިސްލާމީ މަރުކަޒެއް، އަދި ބޮޑުތިލަދުންމަތީގެ 3 ރަށެއްގައި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފިއެވެ. ފޯކައިދޫ އިސްލާމީ މަރުކަޒު ހިމެނޭހެން 12 ރަށެއްގައި މިސްކިތް އިމާރާތްކުރުމަށާއި 2 ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒެއް ގާއިމްކުރުމަށް ސަރުކާރުން ވަނީ ދެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއެވެ. މި މަޝްރޫއުގެ ދަށުން ބޮޑުތިލަދުންމަތީގައި މިސްކިތް ބިނާކުރާ ރަށްތަކަކީ ށ. ނޫމަރާ، ހދ. ނެ...
އިބްރާހިމް ޚަލީލް
ސްޓެލްކޯއިން ހުޅުމާލޭގައި ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި އެ ކުންފުނީގެ އެނެކްސް2 އިންޖީނުގެ ރަސްމީކޮށް ހުޅުވައިފިއެވެ. މިއަހަރުގެ ޕީކް ހޭންޑްލިންގއަށާއި، ގްރޭޓާ މާލޭ ޕަވަރ ބެކަޕްގެ ގޮތުގައި ބޭނުންކުރުމަށް ތަރައްގީކުރި މި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ ހޮނިހިރު ދުވަހުގެ ރޭގައެވެ. ރަސްމިއްޔާތުގައި އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެންގެވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި ދިވެހި ދިދަ ނެންގެވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުޒްނާއެވެ. މީގެ އިތުރުން...
ޔުމްނާ ޢަލީ
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމު އަދާކުރެއްވި އަހްމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީއަށް އައްޔަންކޮށްފިއެވެ. މިނިސްޓަރު ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ނަރީޝް އައްޔަންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ސިޓީގެ ކައުންސިލުގެ މާފަންނު މެދު ދާއިރާގެ މެމްބަރުކަމުންނާއި މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން ނަރީޝް އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އިސްތިއުފާގެ ސިޓީގައި ނަރީޝް ވިދާޅުވީ ސިޓީ ކ...
އިބްރާހިމް ޚަލީލް
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސަރވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސް އެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި 1097 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން ބުނިގޮތުގައި މިތަކެތި އަތުލައިގަތީ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަގުން އެތެރެކުރަން އުޅެނިކޮށެވެ. މަތަކެތީގެ މަގުމަތީ އަގަކީ 877,600.00 ރުފިޔާ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ...
ޔުމްނާ ޢަލީ
ރާއްޖޭގެ 75 ރަށެއްގެ ކުނި މެނޭޖްކުރާ ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ، ފެނަކަ އަދި އާރްޑީސީއާއެވެ. މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން 26 ރަށުގައި، ފެނަކައިން 25 ރަށުގައި އަދި އާރްޑީސީން 24 ރަށުގައި ހުރި ކުނިކޮށީގެ މަސައްކަތް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން، މިހާރު ހުރި ބައެއް މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މި ކުންފުނިތަކާ ހަވާލުކުރެވިފައިވެއެވެ. މި މަޝްރޫޢ...
ޔުމްނާ ޢަލީ
ދެ މެޗުގެ ދެމެދު އަރާމުކުރަން އެކަށީގެންވާ ވަގުތު ނުލިބުމުން ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮޓީ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ރޭ ސްޕެނިޝް ލީގުގައި ވިޔަރެއާލްގެ ދަނޑުގައި 2-1 ގެ ނަތީޖާއިން ރެއާލް ވަނީ މޮޅުވެފައެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ރެއާލުން ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތުލެޓިކޯއާއި ދެކޮޅަށް ކުޅެފައެވެ. ޕެނަލްޓީ ޖަހައިގެން ރެއާލް މޮޅުވި އެ މެޗުގައި އެ ޓީމުން 120 މިނެޓް ވަނީ ކުޅެފައެވެ. އެ މެޗަށް ފަހު ވިޔަރެއާލް މެޗާއި […]
އިބްރާހިމް ޚަލީލް
” ބުނެބަަލަ! އުފަލެއް ވެސް ނުވޭތަ؟ ” އަނޫޝާ އެހިއެވެ. އެއާއެކު ޒައިދް އަނޫޝާއަށް ބަލައިލީ އަސަރުން ފުރިފައިވާ ނަޒަރަކުންނެވެ. ” އަޅެ ޒައިދޫ. ކިހިނެއްވީތަ؟” އަނެއްކާ ވެސް އަނޫޝާ ސުވާލު ކުރިއެވެ. އެއާއެކު ޒައިދް އަނޫޝާގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އެ ވަގުތު އަނޫޝާއަށް އުފަލުން ޒައިދްގެ ބުރަކަށީގައި ފިރުމައިލެވުނެވެ. ” މާ ބޮޑަށް އުފާވީތަ؟” އަނޫޝާ އެހިއެވެ. އެ ވަގުތު ޒައިދް އަނޫޝާއާ ކުޑަކޮށް ދުރުވެލިއެވެ. އޭރު ޒައިދް ހުރީ ފެންކަޅިވެފައެވެ. ނަމަވެސް […]
ސަލާމާ ޢަބްދުލް ޢަލީމް
ށ. ބިލެތްފަހީގައި ފިޓްްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް (އެފްއާރުސީ) ޤާއިމްކޮށް، ހއ. މުރައިދޫ ފުޓް ބޯޅަދަނޑުގެ ވަށާފާރު ރާނާ ފެންސް ޖެހުން ހިމެނޭހެން ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތަކެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި މަސައްކަތަކީ ރަށްރަށުގައި ހުއްޓިފައިވާ ކުޅިވަރުގެ މަޝްރޫޢުތައް ފުރިހަމަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މި ދެ މަޝްރޫޢު ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފ...
އައިޝަތު އައިނީ އާމިރު
ޓެލެގްރާމް މެސެޖިންގ އެޕްގެ ބާނީ އަދި ސީއީއޯ، ރަޝިޔާއަށް އުފަން ޕަވެލް ދޫރޮވްއަށް ފްރާންސް ވަގުތީގޮތުން ފުރުމުގެ ހުއްދަ ލިބިއްޖެކަމަށް ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފިއެވެ. މިއީ ޓެލެގްރާމް އެޕް މެދުވެރިކޮށް ހިންގާ ކުށްތަކާ ގުޅިގެން ހިނގަމުންދާ ތަޙުޤީޤެއްގެ ދަށުން އޭނާގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދިނުމެކެވެ. ދޫރޮވް ހައްޔަރުކުރެވުނީ މިދިޔަ އޯގަސްޓް މަހު ޕެރިސް ކައިރީގައިވާ ވައިގެ ބަނދަރެއްގައެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ރަސްމީ ތަޙުޤީޤެއް ފެށި، ފްރ...
އަޙްމަދު ދާއޫދު
ޕާކިސްތާނުގެ ޤައުމީ އެއަރލައިން ކަމުގައިވާ ޕާކިސްތާން އިންޓަނޭޝަނަލް އެއަރލައިންސް (ޕީ.އައި.އޭ)ގެ އެތެރޭގެ ދަތުރެއް ކުރި މަތިންދާބޯޓެއް އެއް ފުރޮޅު ނެތި ލާހޯރު އެއަރޕޯޓަށް ޖައްސާލާފައިވާ ކަމަށް އެ ކުންފުނީގެ އިސް އޮފިޝަލެއް ހާމަކޮށްފިއެވެ. ނަމަވެސް މި ހާދިސާގެ ސަބަބުން އެއްވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނުވާ ކަމަށްވެސް އެ އޮފިޝަލް ވަނީ ބުނެފައެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު ކަރާޗީން ލާހޯރަށް ފުރި ޕީ.އައި.އޭގެ ޕީކޭ-306 ފްލައިޓް ލާހޯރު އެއަރޕޯޓަށް ޖެއްސިއިރު ފަހަތުގެ އެއް ފުރޮޅު ނެތްކަން...
އަޙްމަދު ދާއޫދު
ޣައްޒާގައި އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި އަނެއްކާވެސް އިތުރު ނޫސްވެރިޔަކު ޝަހީދުވެފައިވާއިރު މިއީ އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި 206 ވަނަ ނޫސްވެރިޔާއެވެ. ފަލަސްޠީނު ނޫސްވެރިންގެ ފޯރަމުން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ޣައްޒާގައި އެންމެ ފަހުން ޝަހީދުވި ނޫސްވެރިޔާ ޝަހީދުވެފައިވަނީ އިސްރާއީލުން ދިންހަމަލާތަކަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން އެންމެފަހުން ޝަހީދުވި ނޫސްވެރިޔަކީ އަލްއާ ހާޝިމްއެވެ. މި އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން ބައިނަލްއަ...
އަޙްމަދު ދާއޫދު
ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ މޭމަހުން ފެށިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމާފައިވާކަން މިއަދު ޢިއުލާންކޮށްފިއެވެ. މޯލްޑިވިއަންގެ ރަސްމީ އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް މިކަން ޢިއުލާންކޮށްފައިވާއިރު، މި ދަތުރުތައް ފަށަން ނިންމާފައި ވަނީ މި އަހަރުގެ މޭމަހުގެ 15 އިން ފެށިގެންނެވެ. މެއި 15 އިން ފެށިކޮށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތީގައި މިދަތުރުތައް ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. މި ދަތުރުތަ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގަސް އިންދާ ނާސަރީ، (މަލަފެހި ނާސަރީ) ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލަައިފިއެވެ. “ފިނިފެހި ސިޓީ” މި މަޝްރޫޢުގެ ދަށުން ދިވެހި ރެޑްކްރެސެންޓް އާއި ސިޓީ ކައުންސިލުން ގުޅިގެން މި ނާސަރީ ޤާއިމް ކޮށްފައިވަނީ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައެވެ. މި ނާސަރީގެ މައިގަނޑު މަޤުސަދަކީ ރަށުގެ ތިމާވެށިގެ ހާލަތު ރަނގަޅުކޮށް، ގްރިންޒޯނާއި އާންމު ތަންތަނަށް ބޭނުންވާހެން އެކި އެކި ގަސް އުފައްދައި، ރަށް ޒީނަތްތެރިކުރުމާއި ރަށުން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، އަމިއްލަ...
އައިޝަތު އައިނީ އާމިރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އިދިކޮޅު އެމްޑީޕީގެ މުޒާހަރާތަކުގައި ދެއްކި ވާހަކަތަކާ ގުޅިގެން ދަޢުވާކުރަން ރައީސްގެ ޢާއިލާއިން ނިންމަވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިއަދު މެންދުރުފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސްގެ ޢާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމް ޝަކޫރު ވަނީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ނެރުއްވި ނޫސްބަޔާން އިއްވާފައެވެ. ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ސިޔާސީ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައީސްގެ ދަރ...
ޔުމްނާ ޢަލީ