އޯޓިޒަމް ދުވަހާ ގުޅިގެން، ބުލްބުލް ތެރަޕީ ސެންޓަރާއި ހއ.އިހަވަންދޫ ކައުންސިލުން ގުޅިގެން އިހަވަންދޫގައި ހިލޭ ސްކްރީނިން ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. މި ސްކްރީނިން ކޭމްޕް ބާއްވަން ނިންމާފައި ވަނީ އޭޕްރީލް 3 އަދި 4 ވަނަ ދުވަހުއެވެ. މި ކޭމްޕުގެ ސްކޭން ކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ބިހޭވިއާ އެންޑް ސައިކޮލޮޖީ، ސްޕީޗް ތެރަޕީ، އޮކިއުޕޭސަނަލް ތެރަޕީ އަދި ސްޕެސިއަލް އެޑިޔުކޭޝަން ތެރަޕީއެވެ. އިހަވަންދޫ ކައުންސިލުން ވަނީ މި ކޭމްޕާއި ގުޅޭ އިތުމައުލޫމާތު ބޭނުންނަމަ އަދި […]
އައިޝަތު އައިނީ އާމިރު
މިޔަންމާ އަށް 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. މެޓް އޮފީހުން ބުނިގޮތުގައި މިޔަންމާ އަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ މާލެ އާއި 3121 ކިލޯ މީޓަރު ދުރުންނެވެ. އެހެންކަމުން މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. ބައިނަލްއަގްވާމީ މީޑިއާ ބުނާގޮތުން މިޔަންމާއަށް މި ބިންހެލުމުގެ އަސަރު ވަނީ ވަށައިގެންވާ ޤައުމުތަކަށް އަސަރުކޮށްފައެވެ. މި ބިންހެލުމުގެ ސ...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއިން ލީޑު ނަގައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 3-0 ގެ ނަތީޖާއިން އޮސަސޫނާގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު ކުޅެން ކުރިން ތާވަލުކޮށްފައި އޮތީ މި މަހުގެ އަށްވަނަ ދުވަހުއެވެ. އެ ދުވަހުގެ މެޗު ފަށަން ކައިރިވެފައި ވަނިކޮށް ބާސާ ޓީމްގެ ޑޮކްޓަރ މަރުވުމާއި ގުޅިގެން މެޗު ލަސްކުރީއެވެ. ރޭ މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު […]
އިބްރާހިމް ޚަލީލް
ރަމަޟާން މަހަށް ފަހު ވެސް ހެޔޮއަމަލު ކުރުން މަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. ހެޔޮއަމަލުތައް ކުރުން މަތީ ދެމިތިބުމަށް ނަސޭހަތްތެރިވަމުން މިއަދު ހުތުބާގައި ވިދާޅުވީ ރަމަޟާން މަސް އަހަރެމެންނާ އަލްވަދާއުކީ ނަމަވެސް އެ މަހުގެ ވެރި އިލާހު ދެމިވޮޑިގެންވާ ކަމަށާއި ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮ އަމަލުކުރުމަކަށް އަލްވަދާއު ނުކިޔާނެއެވެ. “އަޅުކަންކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫން. ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސ...
އިބްރާހިމް ޚަލީލް
ޗިޕް އުފެއްދުމުގައި މަޝްހޫރު އެމެރިކާގެ ކުންފުނި އެންވީޑިއާއިން މިދިޔަ އަންގާރަ ދުވަހު ޕްރޮޖެކްޓް ޖީ-އެސިސްޓް ނަމުގައި އާ އެއައި އެސިސްޓެންޓެއް ތަޢާރަފުކޮށްފިއެވެ. މި އާ ފީޗަރަކީ ޖިއޯފޯސް އާރްޓީއެކްސް ޖީޕީޔޫ ހަރުކޮށްފައިވާ ޑެސްކްޓޮޕް ޕީސީތަކުގައި ލޯކަލްކޮށް ރަން ކުރެވޭ އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓެކެވެ. މިހާރު ނެރެފައިވާ ވަރޝަނަކީ މި ޗެޓްބޮޓްގެ ތަޖުރިބާކުރާ ވަރޝަނެކެވެ. އަދި މިވަގުތު އާރްޓީއެކްސް ޖީޕީޔޫ ހަރުކޮށްފައިވާ ލެޕްޓޮޕްތަކަށް މި އެސިސްޓެންޓް ސަޕޯޓް ނުކުރެއެވެ. ގޭމިންގއަށް އަމާޒުކ...
އަޙްމަދު ދާއޫދު
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކްލަބް ސެނޮންގެ ފަރާތުން އެ ރަށު ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބަންގި ގޮވުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފިއެވެ. މި މުބާރާތް މި މަހުގެ 25 ވަނަ ދުވަހު، ނޭކުރެންދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފައި ވަނީ 21 ބައިވެރިންނާއިއެކުއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ދިހަ އަހަރުން ދަށް އަދި ދިހަ އަހަރުން މައްޗެވެ. ކްލަބް ސެނޮންގެ ފަރާތުން މި ރަމަޟާން މަހު އަންނަނީ ދީނީ ކުއިޒެއް ވެސް […]
އިބްރާހިމް ޚަލީލް
އެމެރިކާގެ ރައީސް ޓްރަމްޕްގެ ކުރީގެ އަދި އަލަތު އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް، ޑޮނަލްޑް ޓްރަމްޕާ ކައިވެނި ކުރެއްވި ދުވަހު ލެއްވި ހެދުން (ވެޑިންގ ޑްރެސް) ނީލަމުގައި ވިއްކާލަން ނެރެފައިވާ ކަމަށް ބުނެ ޚަބަރުތައް ފެތުރިއްޖެއެވެ. މި ހެދުމަކީ ކްރިސްޓިއަން ޑިއޯގެ ފަރާތުން ޖޯން ގެލިއާނޯ ޚާއްޞަކޮށް ފަރުމާކޮށްދެއްވި ހެދުމެކެވެ. ޕޭޖް ސިކްސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ހެދުމުގެ އަގަކީ 100،000 އެމެރިކާ ޑޮލަރެވެ. އަދި މި ހެދުމުގެ ބަރުދަނަކީ 60 ޕައުންޑެވެ. މިހާރު މި ހެދުން […]
އަޙްމަދު ދާއޫދު
އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 50،208 އަށް އަރައިފިކަމަށް ޣައްޒާގެ ޞިއްޙަތު ވުޒާރާއިން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ އިތުރު 25 ރައްޔިތުން ޝަހީދުވެފައިވާ ކަމަށާއި، 82 މީހުން ޒަޚަމްވެ ހޮސްޕިޓަލުތަކަށް ގެންދެވިފައިވާ ކަމަށެވެ. މިއާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޒަޚަމްވެފައިވާ މީހުންގެ އަދަދު 113،910 އަށް އަރާފައިވެއެވެ. “ހ...
އަޙްމަދު ދާއޫދު
އިސްލާމީ ޝަރީއަތާ އެއްގޮތަށް ސްޓޫޑެންޓް ލޯނުތައް ދޫކޮށް، ލޯނަށް ވުރެއް އިތުރަށް ފައިސާ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، “ޝަރީޢާ ކޮމްޕަޔަލަންޓް” ލޯނުތަކަކަށް ހެދުމަށް ބައެއް ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށެވެ. އެގޮތުގެ މަތ...
އައިޝަތު އައިނީ އާމިރު
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ބޭންކުތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވިގޮތުގައި މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށްވުރެ 40 އިންސައްތަ އިތުރު އަދަދެކެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޑޮލަރު މާރުކުރުމަށް އޮތް ޤާނޫނާ އެއްގޮތަށް ގިނަ ފަރާތްތ...
ޔުމްނާ ޢަލީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ ޑިއުޓީ ފްރީ ފިހާރައަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރި މައްސަލާގައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި މަހުގެ 21 ވަނަ ދުވަހު 15:55 ހާއިރު، ވީއައިއޭގެ ޑިއުޓީ ފްރީ ފިހާރައަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެ މައްސަލާގައި އުމުރުން 23 އަހަރުގެ މުހައްމަދު އައިހަމް ގަސްކަރަ/ނ. ވެލިދޫ، ވަނީ ކޯޓު އަމުރެއްގެ ދަށުން 26 މާރިޗް 2025...
ޔުމްނާ ޢަލީ
ދިވެހި މުޖުތަމަޢު ދުންފަތާ ދުރުކުރުމަށްޓަކައި، ޚާއްޞަކޮށް ދުންފަތުގެ އިސްތިޢުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް “ޖެނެރޭޝަން ބޭން” ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މިއަދު ފައްޓަވާފައިވާއިރު، މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުން ކޮނ...
ޔުމްނާ ޢަލީ
ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. މިދިޔަ ހަފުތާގައި ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއެއްގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކޮށެވެ. އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި...
ހުސައިން ހަބީބް
އިސްލާމްދީނުގައި ސަވާބާއި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް އަދި ފަޚުރެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރެއްވީ، އިސްލާމްދީނުގައި ސަވާބާއި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް ރައްޔިތުންނަށް މަގުފަހިކޮށްދެއްވުމަށްކަމަށެވެ. “ސަތޭކަ...
ޔުމްނާ ޢަލީ
ތިލަދުންމަތީގެ ތިން ރަށެއް ހިމެނޭހެން 8 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ސަރުކާރުގެ 3 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. ފުލުހުންގެ އިމާރާތްތައް އަޅަން ހަވާލުކޮށްފައިވާ ކުންފުނިތަކަކީ، އެމްޓީސީސީއާއި، އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަން އެވެ. ހަވާލުކުރި 8 ފުލުހުންގެ އިމާރާތުގެ ތަފްސީލް ހއ. ބާރަށުގައި ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 13 މިލިޔަން ރުފިޔާ، ކޮންޓްރެކްޓަރ: އެމްޓީސީސީ ހއ. މާރަންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 2.2 މި...
އިބްރާހިމް ޚަލީލް
ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމާއި، ބެލެނިވެރިން އެދުނު ކަންކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތެލަސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ވީހާވެސް ގާތްކޮށް، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” އަހަންނަކީ… އަހަންނަކީ މީހެއްގެ ފިރިއެއް. ” ހަށިގަނޑު ތެދުކޮށްލުމަށްފަހު އަކްރަމް ބުނެލިއެވެ. އެއާއެކު ތާނިޔާއަށް އަކްރަމްގެ އަތުން ދޫކޮށްލެވުނެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑު ވެފައެވެ. ތާނިޔާގެ ދެ ލޮލުގެ އެސްފިޔަތަައް ބަރުވެ، އެސްފިޔަޖަހާލާނެ ހިތްވަރު ވެސް ނެތް ފަދައެވެ. ހައިރާންވެ، ފެންކަޅިވެފައި ހުރި ތާނިޔާގެ މޫނުމަތީގެ އަސަރުތަކުން އަކްރަމްއަށް އުނދަގޫ ކުރުވި ކަހަަލައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަކްރަމް ފަރުވާތެރިކަމާއެކު ތާނިޔާއަށް ބަލަމުން ގެންދ...
ސަލާމާ ޢަބްދުލް ޢަލީމް
ކިޔަވައިދޭ ދުވަސްތައް ނުގެއްލޭގޮތަށް،، އަންނަ އަހަރުން ފެށިގެން ރޯދަ މަސް ސްކޫލް ޗުއްޓީގޮތުގައި ހަމަޖައްސަން މަސައްކަތް މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މިއަދު ފައްޓަވާފައިވާއިރު، މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭގޮތަށް، ކުރިއަށްއޮތްތާގައި ކޮންމެ އަހަ...
ޔުމްނާ ޢަލީ