މިޔަންމާ އަށް 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނިގޮތުގައި މިޔަންމާ އަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ މާލެ އާއި 3121 ކިލޯ މީޓަރު ދުރުންނެވެ.
އެހެންކަމުން މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ.
ބައިނަލްއަގްވާމީ މީޑިއާ ބުނާގޮތުން މިޔަންމާއަށް މި ބިންހެލުމުގެ އަސަރު ވަނީ ވަށައިގެންވާ ޤައުމުތަކަށް އަސަރުކޮށްފައެވެ. މި ބިންހެލުމުގެ ސަބަބުން މިޔަންމާގެ ވެރިރަށް ނައިޕިޑޯގައި ޢިމާރާތްތަކަށް ގެއްލުން ލިބި، މަގުތައް ވަނީ ތޮއްޖެހިފައެވެ.
Authorities say a high-rise building under construction collapsed after a 7.7 magnitude earthquake rocked Thailand and neighboring Myanmar and possible casualties are not yet known. pic.twitter.com/5UE6HIKcBV
— The Associated Press (@AP) March 28, 2025
ތައިލެންޑް ބިޒްނަސް ނިއުސްގައި ބުނެފައިވާގޮތުން މި ބިންހެލުމުގެ އަސަރު ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ކުރިއެވެ. ބެންކޮކްގައި، ގިނަ ބަޔަކު ބިންހެލުން އިޙްސާސްކުރެވުމުން އެމީހުން ތިބި ޢިމާރާތްތަކުން ބޭރަށް ނުކުމެ ތިބިކަމަށް އެ ނޫހުގައި ބުނެފަވެއެވެ. ނަމަވެސް، މި ބިންހެލުމުގެ ސަބަބުން އެ ޤައުމުގައި އެއްވެސް މީހަކު މަރުވެ، ނުވަތަ ޒަޚަމްވެފައިވާކަމަށް ރިޕޯޓު ނުލިބޭކަމަށް އެ ނޫހުން ބުނެފަވެއެވެ.
ތައިލެންޑަކީ އާންމުކޮށް ބިންހެލުމުގެ އަސަރުކުރާ ޤައުމަކަށް ނުވާތީ، ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުރި ޢިމާރާތްތަކަކީ ވަރުގަދަ ބިންހެލުންތަކަށް ތަޙައްމަލުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޢިމާރާތްތަކެއް ނޫނެވެ. ރިޕޯޓުތައް ބުނާގޮތުން ބެންކޮކްގައި ޢިމާރާތްތަކަށް ލިބިފައިވާ ގެއްލުން ވަރަށް ބޮޑުވެދާނެއެވެ. އެހެންވެ ބެންކޮކްގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.
މިޔަންމާގެ އަވައްޓެރި ޤައުމުތަކުގެ ތެރެއިން ތައިލެންޑްގެ އިތުރުން ޗައިނާގެ ދެކުނު-ހުޅަނގު ސަރަޙައްދުގައި ވަރުގަދަ ހެލުންތައް އިހުސާސްކުރެވުނުކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!