ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މުޢިއްޒުގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ޢިލްމުވެރީން ވިދާޅުވާ ގޮތުން ޢީދުގެ އެންމެ މަތިވެރި މަޤުޞަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުޞަތަށްޓަކައި މާތް ﷲއަށް ޙަމްދުކުރުމާއި ޝުކުރުކުރުމެވެ. މީގެ އިތުރުން، މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތްހެޔޮކަން ފާޅުކޮށް، އިސްލ...
ޔުމްނާ ޢަލީ
ރާއްޖެއަށް ވެސް، މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފިއެވެ. މިރޭ 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ ވަނީ ބާއްވާފައެވެ. އިސްލާމީ މަރުކަޒުގައި އޮތް މި ޖަލްސާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސައީދު ވިދާޅުވީ، ރާއްޖޭގެ ރަށަކަށް ހަނދު ނުފެނުނު ނަމަވެސް، އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވި ކަމުގެ ޚަބަރު ރަސްމީ ގޮތުން ލިބިފައިވާ ކަމަށެވެ. އެހެންވެ، ރޯދަމަހާއި ޝައްވާލް މަހުގެ ހަނދު […]
ޔުމްނާ ޢަލީ
ސައޫދީ އަރަބިއްޔާ އަށް މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފިއެވެ. ސައޫދީ އަރަބިއްޔާ އަށް މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައެޅިއިރު، އިސްލާމީ ބައެއް ގައުމުުތަކަށް ފިތުރު އީދަކީ އަންނަ ހޯމަދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ. ފިތުރު އީދު ދުވަސް ވާނީ 31 މާޗު ވާ ހޯމަދުވަހު ކަމަށް ކަނޑައެޅި ބައެއް ގައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ، މެލޭޝިއާ އަދި ބުރުނާއީ ހިމެނެއެވެ.
ޔުމްނާ ޢަލީ
ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލް ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އަޙުމަދު ގާސިމް ސޮއި ކުރައްވާފައިވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައި...
އައިޝަތު އައިނީ އާމިރު
ހއ. ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބަދަލުގެންނަވައިފިއެވެ. ރައީސް ގެންނެވި މި ބަދަލުގެ ޤަރާރު ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާޢިއުކޮށްފައެވެ. ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ޤަރާރުގައި ވަނީ މި ވަޢުދުފުޅާ އެއްގޮތަށް ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީ ކުރުމަށް އެރަށުގެ ފަޅުތެރެއިން ޖުމުލަ 325.5 ހެކްޓަރު ރައީސްގެ ގަރާރުން ވަނީ ކަނޑައަޅުއްވާފައެވެ. މި […]
ޔުމްނާ ޢަލީ
މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަކަމަށް 60 ތަނެއް ފާހަގަކުރެވިފައިވާކަމަށާއި، މިއަހަރުގެ މިހާތަނަށް 14 ތަނެއް ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙުމަދު ނާއިފް ވިދާޅުވެފައި ވަނީ މިއަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މިފަދަ 14 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ. މިވަގުތު މާލޭގައި މިފަދަ 6 ތަނެއް އަދިވެސް އޮޕަރޭޓްވ...
ޔުމްނާ ޢަލީ
އަމިއްލައަށް ރޯދަ އިޢުލާންކުރުމާއި ޢީދު އީދު އިއުލާންކުރުމަކީ މަސްލަޙަތު ގެއްލިދާނެކަމެއްކަމަށާއި، މިކަމަށް ސަމާލުވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އިލްތިމާސްކުރަށްވައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ތަރިރުހަނދާއި ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއްނޫން ކަމަށެވެ. ނަމަވެސް މިކަން ކުރަންވާނީ ޢާއްމު މަޞްލަޙަތަށް އ...
ޙުސައިން ޝަހުދީ
އިސްލާމީ އެހެންޤައުމަކަށް މިރޭ ހަނދުސާބިތު ވެގެން ރާއްޖެއަށް ހަނދުލައްވައިފިނަމަ މާދަމާ ވާނީ އީދަށްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. މައުމޫން ކުރިން ވިދާޅުވެފައިވާ ގޮތުގައި މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވެއެވެ. ފަލަކީ އިލްމުގައި ވެސް ފާހަގަކޮށްލެވޭ ޢިލްމްވެރިޔާ، ކުރީގެ ރައީސް މައުމޫން މިއަދު ވިދާޅުވީ، ބަރާބަރު ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަށް އިރާއިހަނދު އޮއްސެނީ އެއްވަގުތެއްގ...
ޔުމްނާ ޢަލީ
އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓް، މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، ގއ. ދާންދޫ / ސުލްޓާން ވިލާ، އަޙްމަދު ރިޝްމާ (20 އަހަރު) ވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މާރިޗު 27 ވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހެވެ. ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތް ފެށިފައިވަނީ އޭގެ 40 އަހަރު ފަހުން 1933 މާރިޗު 29 ވަނަ ދުވަހުއެވެ. ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި […]
ޔުމްނާ ޢަލީ
ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައިލެންޑްގެ ހާލަތު ހައްލުވެއްޖެކަން ތައި ބޮޑުވަޒީރު ޕެއިޓޮންގްޓާން ޝިނަވަޓްރާ ކަށަވަރުކޮށްދެއްވައިފިއެވެ. ތައި ”ދަ ނޭޝަން” ނޫހުގައި ބޮޑުވަޒީރު ޕެއިޓޮންގްޓާން ޝިނަވަޓްރާ އާއި ހަވާލާދީ ބުނެފައި ވަނީ ހުކުރު ދުވަހުގެ ހަވީރު ބިންހެލުމުގެ ހާލަތު ހައްލުވެފައިވާ ކަމަށާއި، މިހާރު މީހުން އެމީހުންގެ ގެތަކަށް އެނބުރި ދެވިދާނެ ކަމަށް އެކަމަނާ ވިދާޅުވެފައިވާ ކަމަށެވެ. ޑޮން މުއަންގް ސަރަހައްދުގައި ހުންނަ މިލިޓަރީ އެއަރ ޓާމިނަލް 2 ގައި ބިންހެލުނ...
ޔުމްނާ ޢަލީ
ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ފުލުހުންގެ މަރުކަޒުތަކުގައި ބާއްވާފައިވާއިރު، މާލޭގައި ބޭއްވި ރަސްމިއްޔާތު އޮތީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢ...
ޔުމްނާ ޢަލީ
ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅުކަމަށާއި، މިޔަންމާގައި ދިވެއްސަކު ހުރިކަމުގެ މަޢުލޫމާތެއް އަދި ލިބިފައިނުވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި، ތައިލޭންޑް އަދި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ދަނީ އެ ދެ ޤައުމުގެ ޙާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި ތައިލޭންޑްގައި ތިބި ހުރިހާ ދިވެހިން...
ޔުމްނާ ޢަލީ
މިޔަންމާ އަދި އެ ގައުމާ އިންވެގެންވާ ތައިލެންޑުގައި ކުރިމަތިވި ވަރުގަދަ ބިންހެލުމެއްގެ ސަބަބުން މަރުވި މީހުންގެ އަދަދު 150 އިން މައްޗަށް އަރައިފިއެވެ. މި ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި، އިންފްރާސްޓްރަކްޗަރަށް ގެއްލުން ލިބިފައިވެއެވެ. މިޔަންމާގެ ސަރުކާރުގެ ޓީވީ ޗެނަލް އެމްއާރްޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު އެ ގައުމުގައި މަދުވެގެން 144 މީހުން މަރުވެ، 732 މީހުންނަށް އަނިޔާވެފައިވެއެވެ. މި ބިންހެލުން ތައިލެންޑަށްވެސް އަސަރުކޮށް، އެ ގައުމުގެ ވެރިރަށް ބެންކޮކުގައި މަދުވެގެނ...
އަޙްމަދު ދާއޫދު
ހިޖުރީމަހެއް ފެށުމަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. ޝައްވާލު މަހުގެ ހަނދު ބެލުން މިރޭ އޮންނާނެއެވެ. ހަނދު ސާބިތުކުރުމާމެދު ގޮތް ކަނޑައަޅާނީ އެކަމަށް ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާގައެވެ. މިރޭ ހަނދު ބަލަން ތައްޔާރުވެފައިވާއިރު، ފަލަކީ އިލްމުގައި ވެސް ފާހަގަކޮށްލެވޭ ޢިލްމްވެރިޔާ، ކުރީގެ ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާ...
ޔުމްނާ ޢަލީ
ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. 27 މާރިޗް 2027 ގައި “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ “އޮރެންޖް ހިޔާ” ގެ މަސައްކަތުގެ، ބޮޑު ބައެއް އަދިވެސް ނުނިމޭތީއާއެކު، އަދި ކޮންޓްރެކްޓްވެސް ހަމަވާތީ މިމަހުގެ...
ޔުމްނާ ޢަލީ
އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކެއްގައި ޣައްޒާއިން އިތުރު 11 ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށެވެ. މީގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އުތުރު ސަރަހައްދުގައި ހުރި ރިހެބިލިޓޭޝަން އިމާރާތްތަކެއް ވެސް ވައްޓާލާފައެވެ. މަންޒަރުދުށް މީހުން ބުނާގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ ގޭގެއަށާއި، އާންމުން އެއްވެފައިވާ ތަންތަނަށާއި، އަދި ހިޖުރަކޮށްފައިވާ ޢާއިލާތައް ދިރިއުޅެމުންދާ ޓެންޓުތަކަށެވެ. މީގެ އިތުރުން އިސްރާއ...
އަޙްމަދު ދާއޫދު
ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގޓާން ސިނޮވަޓްރަ އަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާއަށް 7.7 މެގްނިޓިއުޑާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާ އާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކަށް ވެސް މި ބިންހެލުމުގެ އަސަރު އިހުސާސް ކުރެވިފައިވާ ކަމަށް ބައ...
ޔުމްނާ ޢަލީ