ތިލަދުންމަތީގެ ތިން ރަށެއް ހިމެނޭހެން 8 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ސަރުކާރުގެ 3 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
ފުލުހުންގެ އިމާރާތްތައް އަޅަން ހަވާލުކޮށްފައިވާ ކުންފުނިތަކަކީ، އެމްޓީސީސީއާއި، އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަން އެވެ.
ހަވާލުކުރި 8 ފުލުހުންގެ އިމާރާތުގެ ތަފްސީލް
- ހއ. ބާރަށުގައި ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 13 މިލިޔަން ރުފިޔާ، ކޮންޓްރެކްޓަރ: އެމްޓީސީސީ
- ހއ. މާރަންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 2.2 މިލިޔަން ރުފިޔާ، ކޮންޓްރެކްޓަރ: އެމްޓީސީސީ
- ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 2.2 މިލިޔަން ރުފިޔާ، ކޮންޓްރެކްޓަރ: އެމްޓީސީސީ
- ފުވައްމުލަކު ސިޓީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 20 މިލިޔަން ރުފިޔާ، ކޮންޓްރެކްޓަރ: އެމްޓީސީސީ
- ރ. ދުވާފަރުގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 38 މިލިޔަން ރުފިޔާ، ކޮންޓްރެކްޓަރ:އެމްޓީސީސީ
- ވ. ފެލިދޫގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 38 މިލިޔަން ރުފިޔާ، ކޮންޓްރެކްޓަރ: އެމްޓީސީސީ
- ބ. ދަރަވަންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 2.2 މިލިޔަން ރުފިޔާ، ކޮންޓްރެކްޓަރ: ފެނަކަ ކޯޕްރޭޝަން
މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މިއަހަރަކީ ސަރުކާރުގެ އުމްރާނީ ތަރައްގީގެ އަހަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ތަސައްވުރުކުރައްވާފައިވާތީ އެނިންމުމާއެކު އެމަނިކުފާނުގެ ޚާއްސަ އިރުޝާދުގެ ދަށުން ފުލުހުންގެ މުއައްސަސާގެ އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ.
އެގޮތުން މި މަސައްކަތުގެ ދަށުން މުޅި ޖުމްލަ 83 ރަށެއްގައި ފުހުލުންގެ ޢިމާރާތްތައް އެޅުމަށް ސަރުކާރުގެ ކުންފުނިތަކާއި ވަނީ ހަވާލުކުރައްވާފައެވެ. އަދި މިމަޝްރޫއުގެ ދަށުން މި 83 އިމާރާތް ތަރައްގީ ކުރެވުމުން ރާއްޖޭގައި ހިދުމަތް ނެތް ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބައި ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!