ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ލެގަނޭސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ބާސާއިން ނަގައިފިއެވެ. ރޭ ލެގަނޭސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. ރޭ މެޗު ފަށައިގެން ބާސާއިން ގޭމް ކޮންޓްރޯލްކުރި ނަމަވެސް އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އޮންޓާގެޓް އެންމެ ހަމަލާއެއް ވެސް ފޮނިވާނުލެވިއެވެ. ނަމަވެސް ޑިފެންސަށް އިސްކަންދީގެން ކުޅެމުންދިޔަ ލެގަނޭސްއިން ކައުންޓަ އެޓޭކްގައި ކުރިއަށްއަރައި ވަނީ ބާސާއަށް […...
އިބްރާހިމް ޚަލީލް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ހިޔާގެ ފުރަތަމަ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން މިއަދު ބައިގަޑިއިރަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯއިން ރޭ ބުނެފައިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ވަނީ ތާވަލު ކުރެވިފައި ކަމަށެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެންކަމަށް ސްޓެލްކޯއިން ބުންޏެވެ. މ...
ޔުމްނާ ޢަލީ
އިސްރާއީލު ސިފައިން ޣައްޒާގެ ގިނަ ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް ފުޅާކުރަން ނިންމައިފިއެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު އިޢުލާނުކުރިގޮތުގައި އެ ޤައުމުގެ ސިފައިން ޣައްޒާގެ ގިނަ ސަރަޙައްދުތަކަށް “ހަރުކަށި” ގޮތެއްގައި ހަމަލާތައް ފުޅާކުރާނެއެވެ. މި އިޢުލާނާއެކު، އިސްރާއީލުގެ ސިފައިން ޣައްޒާގެ ދެކުނުގައިވާ ރަފާ އަދި ހާން ޔޫނިސް ސިޓީތައް ވަކިކޮށްލާ “ސެކިއުރިޓީ ޒޯނެއް” ޤާއިމުކޮށްފައިވާ ކަމަށްވެސް އިސްރާއީލް ކަޓްޒް ބުނެފައިވެއެވެ. އިސްރާއީލުގެ ސިފައިންގެ ފަރާތުން ހާން ޔޫނިސް އަދި އޭގެ ވަށައިގެންވާ...
އަޙްމަދު ދާއޫދު
ތުރުކީ ވިލާތުން ހިލޭ އެހީގެގޮތުގައި ދިވެހިރާއްޖެއަށް ޑޯގަން ކްލާސް މަނަވަރެއް ހަދިޔާ ކުރުމަށް ނިންމަވާފައިވާކަމަށް ދިފާއީ ވުޒާރާއިން ބުނެފިއެވެ. ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މި މަނަވަރަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި، ޤާބިލްކަން އިތުރުކުރެއްވުމުގެ ގޮތުން ރައީސް ޑރ.މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލްވުމަށްޓަކައި، ރަޙުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީ ވިލާތުން ވެދޭ...
އައިޝަތު އައިނީ އާމިރު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑާއި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވުމުން، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ލިވަޕޫލަށް ފުރުސަތު ބޮޑުވެއްޖެއެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ 31 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލުން އެއްމެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 63 ޕޮއިންޓެވެ. އެއްވަނާގައި އޮތް ލިވަޕޫލާއި ދެވަނާގައި އޮތް އާސެނަލާއި ދެމެދު މިހާރު ވެސް 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުގައި ޕެލަސްއިން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރާ ފަސް ލަނޑު ޖަހައިގެން (5-2) މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ސިޓީ ޖެހިލައިފިއެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ 31 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި 32 މެޗުން 63 ޕޮއިންޓް ހޯދައިގެން އާސެނަލް އޮތްއިރު ތިންވަނާގައި އޮތީ ނޮޓިންހަމް ފޮރެސްޓެވެ. އެ ޓީމަށް 32 މެޗުން […]
އިބްރާހިމް ޚަލީލް
އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:29 ހާއިރު ސައިކަލަކާއި ކާރެއް ޖެހިގެންކަމަށް ފުލުހުން މީޑިއާތަކަށް މަޢުލޫމާތުދީފައިވެއެވެ. ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި އެކްސިޑެންޓުގައި ސައިކަލު ދުއްވަމުން ދިޔަ ފޭދޫ / އުލްފަތު އިބްރާހިމް ސިޔާދު (36 އަހަރު) ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭނާ ވަގުތުން ސިއްޙީ މަރުކަޒަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްޙީ މަރުކަޒުން ފުލުހުންނަށ...
އަލީ އާދިލް
ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ މޭމަހު 15 ފެށިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމާފައިވާއިރު، މި ދަތުރުތަކުގެ ބުކިންސް ވެސް މިހާރު ދަނީ ހަދަމުންނެވެ. މެއި 15 އިން ފެށިކޮށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތީގައި މިދަތުރުތައް ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓް އަދި އެޕުން ވެސް ހަނިމާދޫ – ބެންގަލޫރު ސެކްޓަރގެ ބުކިންސް ހެދެއެވެ. މޯލްޑިވިއަންގެ ވެބްސައިޓުން ދައްކާ ގޮތުގައި ހަނިމާދޫ- ބެންގަލ...
ޔުމްނާ ޢަލީ
ނ.މަގޫދޫގައި ދެ މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި މަޝްރޫޢުތަށް ހުއްޓިފައި ނޫނީ ފަށައިނުގަނެވި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަމެއްދީގެން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒ...
އައިޝަތު އައިނީ އާމިރު
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ އާމްދަނީ އިތުރުކުރުމަށް އަޅާ ސަނާބިލް ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިއަދު ހަވީރު ބޭއްވުނު މި ރަސްމިއްޔާތު އޮތީ ސަނާބިލް ބިލްޑިންގ ކޮންސްޓްރަކްޝަން ސައިޓް (ލޮޓް ނަންބަރު 11528) ގައެވެ. ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ އިމާރާތުގެ ބިންގާ އެޅުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ. ސަނާބިލް މަޝްރޫޢަކީ އައިޔޫއެމްއަށް ދެމެހެއްޓެނިވި ގޮތ...
ޔުމްނާ ޢަލީ
ލާމު ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 30 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2025 އޭޕްރިލް 12 ވަނަ ދުވަހުގެ ފަތިހު 1:40 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ލ. މާންދޫ ބެންޑު ސަރަޙައްދުގައެވެ. އެކްސިޑެންޓްގައި އަނިޔާވި ފަރާތަކީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް (30 އަހަރު) އެވެ. އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސްގެންނެވެ. އަނިޔާވި ފަރާތް ވަގުތުން ހޮސްޕިޓަލަށް...
ޔުމްނާ ޢަލީ
ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ ކުއްޖަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ. އަނިޔާވެފައި ވަނީ ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށެވެ. މާނިއުގެ ޢާއިލާގެ ފަރާތުން ”ތިލަދުން” އަށް މައުލޫމާތު ދިން ގޮތުގައި މާނިއުއަށް ލިބުނު އަނިޔާގައި ޒަޚަމްވެގެން މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ޓެސްޓްތަކެއް ހެދުމަށްފަހު ސާޖަރީއަކަށް ތައްޔާރުވަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބެއެވެ. މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނި...
ޔުމްނާ ޢަލީ
އިސްރާއީލޭ ކިޔުނު ޔަހޫދީ ޖަމާއަތުން ފަލަސްތީނުގެ މުސްލިމް އާބާދީ ނެތިކޮށްލަން ދަނީ ހުއްޓުމެއްނެތި ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އިސްރާއީލްގެ އަނިޔާވެރިކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ވާގިވެރިވަމުން އަންނައިރު، މުސްލިމް ޤައުމުތައް ވަނީ އިސްރާއީލާއި ކުރިމަތި ލުމަށް ފަސްޖެހިފައެވެ. މަދު އިސްލާމީ ޖަމާއަތެއް މެނުވީ އިސްރާއީލާއި ދެކޮޅަށް ތެދުވަން ކެރިފައެއްނުވެއެވެ. އިސްރާއީލްގެ ރަހުމެތްނެތް އަނިޔާގައި ކޮންމެ ދުވަހަކު ޣާއްޒާގެ އެތައް މުސްލިމުންނެއް ދަނީ ޝަހީދު ކުރަމުންނެވެ. ކުޑަކުދިންނާއި، އ...
ޔުމްނާ ޢަލީ
އައިފޯނު އެމެރިކާގައި އުފައްދާނަމަ އަގު ތިން ގުނަ އިތުރުވެ 3،500 ޑޮލަރަށް އަރާނެ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ “ލިބަރޭޝަން ޑޭ” ގެ ނަމުގައި ދެއްވި ޚިޠާބެއްގައި، ދުނިޔޭގެ އެކި ހިސާބުތަކަށް ހީވެސް ނުކުރެވޭފަދަ ޓެރިފްތަކެއް ތަޢާރަފުކޮށް، “ވަޒީފާތަކާއި ފެކްޓަރީތައް އަނބުރާ އަންނާނެ” ކަމަށް ވިދާޅުވެފައެވެ. މި އައު ޓެރިފްތަކާ ގުޅިގެން، އަންނައުނާއި އިލެކްޓްރޯނިކް ތަކެތީގެ އަގުތައް ބޮޑުތަނުން މައްޗަށް ދާނެކަމަށް ލަފާކުރެވޭއިރު، މީގެ އަސަރު އެމެރިކާގެ ރައްޔިތު...
އަޙްމަދު ދާއޫދު
ކަނޑުއަޑީގެ ކޭބަލްތައް ބުރިކުރެވޭ ވަރުގެ ގާބިލްކަން ހުރި އާ އާލާތެއް ޗައިނާއިން އުފައްދައިފިއެވެ. ޗައިނާއިން އުފައްދާފައިވާ ޓޫލްގެ ސަބަބުން ކަނޑުއަޑީގެ ކޭބަލްތަކަށް ނުރައްކާވެއްޖެކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ. މި އާލާތަކީ ކަނޑުއަޑީގައި 4،000 މީޓަރުގެ ފުންމިނުގައި ހުންނަ ކޭބަލްތައް ކަނޑާލުމުގެ ޤާބިލުކަން ލިބިފައިވާ އާލާތެކެވެ. ޗައިނާގެ ސަރުކާރުން ބުނެފައިވަނީ މިއީ ސިވިލް ބޭނުންތަކަށް އުފައްދާފައިވާ އާލާތެއް ކަމަށެވެ. ނަމަވެސް، މި އާލާތުގެ ސަބަބުން ސަލާމަތީ ކަންބޮޑުވ...
އަޙްމަދު ދާއޫދު
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކަށް ފުރުޞަތު ދޭނެކަމަށް އީރާނުން މިއަދު ބުނެފިއެވެ. މި މަޝްވަރާތައް ހޮނިހިރު ދުވަހު އޮމާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އީރާނުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވާނީ އެ ގައުމުގެ ޚާރިޖީ ވަޒީރު އަރަގްޗީ އެވެ. އަދި އެމެރިކާގެ ފަރާތުން ބައިވެރިވާނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ވިޓްކޮފް އެވެ. މި މަޝްވަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނަށް އިންޒާރުދީފައެވެ. މަޝްވަރާތައް ނާކާމިޔާބުވެއްޖ...
އަޙްމަދު ދާއޫދު
ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޠަނުން ނެރުމަށް މަޖުބޫރުކުރާ އެއްވެސް ޕްލޭނަކަށް އެ ޤައުމުން އިންކާރުކުރާ ކަމަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ހުކުރު ދުވަހު އެންޓަލިޔާގައި ބޭއްވުނު ޣައްޒާ ކޮންޓެކްޓް ގްރޫޕްގެ ބައްދަލުވުމަށްފަހު ދެއްވި ބަޔާނެއްގައެވެ. “ދެ ދައުލަތުގެ ހައްލަކާއި މެދު އިރުމަތީގައި ދެމެހެއްޓެނިވި ސުލްހަ” މި ސުރުޚީގެ ދަށުން ބޭއްވުނު މި ބައްދަލުވުމުގައި ފިދާން އިތުރަށް ވިދާޅުވީ، ޣައްޒާގައި ވަގުތުން ވަގުތަށް ދާއިމީ ހަނގުރާމަ ހުއްޓު...
އަޙްމަދު ދާއޫދު
ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަކޮށްފައިވާ ގެކޮޅު، މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ކަންކަން އިސްކޮށް ބަލަހައްޓަވާ އިޤްބާލް މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވާގޮތުގައި ތޭރަ އޮންލައިންގެ ފަރާތުން 2025 އޭޕްރީލު 11ވަނަ ދުވަހު މުލީއާގޭ ބަޖެ...
ޔުމްނާ ޢަލީ