އައްޑޫ ސިޓީގައި ކުރިއަަށްގެންދިޔަ އުރީދޫ މޯލްޑިވްސްގެ ފަންރަންއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ރާއްޖޭގައި ކުރިއަށްގެންދާ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މިހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާންނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ. މި ދުވުން ކުރިއަށް ދިޔައީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ.
މި ދުވުމުގައި ފެށުނީއްސުރެ ނިމެންދެން ކޮންމެކިލޯމީޓަރެއްގައި ފޯމް، ކުލަ އަދި އޮބްސްޓެކަލްސް ސްޓޭޝަންތައް ބަހައްޓާފައި ހުއްޓެވެ.
އައްޑޫގައި ބޭއްވި މި ފަން ރަން ނިންމި ކޮންމެ ދުވުންތެރިއަކަށްވެސް މި ފަންރަން އަށް ހާޢްސަކޮށް ތައްޔާރުކުރެވިފައިވާ މެޑަލެއް ވަނީ ދީފައެވެ. މި މެޑަލް ފަރުމާކޮށްފައިވަނީ ފަޚުރުވެރިކަމާއެކު އައްޑޫ ސިޓީއަށް ހާއްސަ ދޫންޏެއް ކަމަށްވާ "ދޮން ދީނީ" ހިމެނޭގޮތަށެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ އައްޑޫ ސިޓީގެ މޭޔަރަށާއި، އެ ކުންފުނީގެ ހުރިހާ ޕާޓްނަރުންނާއި، މުވައްޒަފުންނަށާއި، މި ޙަރަކާތް ޙަޤީޤަތަކަށް ހެދުމަށް އެއްބާރުލުން ދިން ވޮލަންޓިއަރުންނަށް ޝުކުރުއަދާކޮށްފައެވެ.
އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބާރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެކެވެ.
ފޮޓޯ: އުރީދޫ ފަން ރަންއަށް ބޮޑު ތަރުހީބެއް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!