އުރީދޫ މޯލްޑިވްސްއިން އަލަށް ތަޢާރަފުކުރި ޕްރޮމޯޝަނެއްގައި، އުރީދޫ އެޕް މެދުވެރިކޮށް 50 ރުފިޔާއާ ހަމައަށް ރިޗާޖުކޮށްގެން ނުވަތަ 50 ރުފިޔާގެ އެޑް-އޮންއެއް ނަގައިގެން ސެމްސަންގް އެސް 25 އަލްޓްރާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، މި ޕްރޮމޯޝަންގެ މައިގަނޑު އިނާމުގެ ގޮތުގައި ހަމަޖެހިފައިވަނީ ސެމްސަންގް އެސް 25 އަލްޓްރާ ކަމަށް އުރީދޫއިން މަޢުލޫމާތު ދެއެވެ.

Ad
rt

މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ވެސް އަގުހުރި އިނާމުތަކެއް ދޭން ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ސެމްސަންގް ގެލެކްސީ ވޮޗް، އެޕަލް ވޮޗް، ސެމްސަންގް ގެލެކްސީ ބަޑްސް، ވާވޭ ވޮޗް ބަޑްސް، އެޕަލް އެއާޕޮޑްސް، އެކްސްބޮކްސް، ޖޭބީއެލް ވަޔަލެސް ޕޯޓެބަލް ސްޕީކާ އަދި ޝައުމީ ރޮބޮޓް ވެކިއުމް ހިމެނެއެވެ.

އުރީދޫއިން ބުނީ މިއީ ވަރަށް ފަސޭހަކަމާއެކު އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތެއް ކަމަށަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އުރީދޫ އެޕް މެދުވެރިކޮށް ރިޗާޖު ކުރުމުން ނުވަތަ އެޑް-އޮން ނެގުމުން އޮޓޯމެޓިކުން ޕްރޮމޯޝަންގައި ބައިވެރިވާނެއެވެ.