އަންނަ 2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް ސަރުކާރުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ (ޕްރީ ސްކޫލް) އާއި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ. މިއަދު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލި މި ފުރުސަތުގެ ދަށުން ފޯމް ހުށަހެޅުމުގެ މުއްދަތު 15 ޖުލައި 2025 އިން 31 އޮގަސްޓް 2025 ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގައި އަމަލުކުރާނެ […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ކޯސް ނިންމައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު އަޙުމަދު އަބްދުالله (ރޯޒޭ) “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި ކޯހަކީ ސިޓީ ކައުންސިލުގެ އެދިލެއްވުމަކަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޖުލައި 3 އަކުން 10 ގެ ނިޔަލަށް ކުޅުދުއްފުށީ އެންއޯސީ ފުނަވަލު މާލ...
އައިޝަތު އައިނީ އާމިރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅަކީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެއްކަމަށެވެ. މި ދަތުރުފުޅުގައި، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. ރައީސްއޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުނ...
ޔުމްނާ ޢަލީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތްތައް ތިން ރައީސެއްގެ ވެރިކަމުގައި ކުރެވިފައިވާތީ، އެއިން ކޮންމެ ރައީސަކަށް ވެސް އެކަމުގެ ޑިއު ކްރެޑިޓް ދޭންޖެހޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. އާ ޓާމިނަލްގެ ކްރެޑިޓް ދޭންވީ ކޮން ރައީސަކަށްތޯ ދެކެވޭ ވާހަކަތަކާއި ގުޅިގެން ޕްރެޒެންޓަރ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅ...
ޔުމްނާ ޢަލީ
ހއ. އަތޮޅުގެ ވެރިރަށް ދިއްދޫ އާއި ށ. އަތޮޅުގެ ވެރިރަށް ފުނަދޫ ހިމެނޭހެން ފަބްލިކް ވާރކްސް ގެ ޚިދުމަތް ކުރިން ނުދޭ 15 އަތޮޅެއްގައި 15 ރަށެއްގައި ޔުނިޓްތައް ޤާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. އެގޮތުން މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވާރކްސް ޚިދުމަތްތައް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމާފައިވާ ނިންމުމުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަ...
އައިޝަތު އައިނީ އާމިރު
ހދ. ނޮޅިވަރަންފަރަށް އެންމެ ބޭނުންވާ ކަންކަމާއި ކުރިމަތިވެފައިވާ ގޮންޖެހުންތައް އެރަށު ކައުންސިލުން ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފް އާއި މިއަދު ހިއްސާކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން މިކަންކަން ނައިބު ރައީސާއި ހިއްސާކޮށްފައި ވަނީ އެކައުންސިލާއި ނައިބު ރައީސާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ. ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކ...
ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސިލުން، އެއަތޮޅުގައި ޞިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ހިންގުމަށް ނިންމާފައިވާ “ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް (ސައިންސް)” ކޯހަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ށ.އަތޮޅު ތަރައްޤީގެ 5 އަހަރުދުވަހުގެ ޕްލޭންގައި ހިމެނައިގެން ދިވެހިރާއްޖޭގެ ޤައުމީޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހަށް ހުޅުވާލައި، ށ. އަތޮޅު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވާގޮތުން މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކީ ސައިންސް ގެ މާއްދާ...
އައިޝަތު އައިނީ އާމިރު
ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ރާއްޖެއިންނާއި ބޭރުން ފަރުވާ ހޯދައިދިނުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ ޖޫން މަހު 25.8 މިލިއަން ރުފިޔާގެ އެހީ ދީފައިވާ ކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި ހޭދަކުރެވުނު 25.8 މިލިއަން ރުފިޔާގެ ތެރެއިން، ރާއްޖޭގައި ފަރުވާ ހޯދި ފަރާތްތަކަށް ޖުމްލަ 17.7 މިލިއަން ރުފިޔާގެ އެހީ ދީފައިވެއެވެ. އަދި ރާއްޖެއިނ...
ޔުމްނާ ޢަލީ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއް ޕްރޮގްރާމް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި އަންނަ ހަފުތާގައި ސޮއިކުރަން ފަށާނެ ކަމަށް، ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ރޭ ވިދާޅުވެއްޖެއެވެ. ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “އަހާ ފޯރަމް” ސިލްސިލާގެ ހަވަނަ ފޯރަމް ރޭ ބާއްވާފައިވާއިރު، މި ފޯރަމްގައި ދެއްކެވި ވާހަކާގައި ވަޒީރު ވިދާޅުވީ، އަންނަ ހ...
ޔުމްނާ ޢަލީ
ސިނަމާލެ ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ރޭ އަނިޔާވެއްޖެއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ވޭނަކާއި ސައިކަލެއް ޖެހިގެންނެވެ. ހައިވޭގެ ހަތަރު ލޭނު އޮންނަ ހިސާބުގައި ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ވޭން އޯވަރޓޭކްކުރަނިކޮށް ސައިކަލުގައި ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާއިރު، އެ ދެ މީހުންނަށް ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދެމުންނެވެ. މި އެކްސިޑެނ...
ޔުމްނާ ޢަލީ
މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށު ސްކޫލަށް 30،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފިއެވެ. މަކުނުދޫ އތމކ އިން ބުނީ، މި އެހީތެރިކަމަކީ މަކުނުދޫ ކައުންސިލުން މަކުނުދޫ ސްކޫލްގައި 38 ކެބިނެޓް ހެދުމަށް ދިން ކޮންޑިޝަނަލް ގްރާންޓަށް ދިން ސަޕޯޓިން ގްރާންޓެއްކަމަށެވެ. މަކުނުދޫ އތމކ އިން މިފަހުން ވަނީ އެރަށު ސްކޫލްގެ ބެލެނިވެރިން އިސްނެގުމާއެކު އެރަށު ސްކޫލަށް ޒަމާނީ ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކުރުމަށް، އެ ބޯޑު ހެދުމަށް ވެސް މާލީގޮތުން އެހީތެރިކަން […]
ޔުމްނާ ޢަލީ
ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖާ ނިޔާވެފަައި އޮއްވާ ފެނިއްޖެއެވެ. މިވަގުތު މާމިގިލި ބަނދަރު ސަރަހައްދުގައި ހުރި މީހަކު ”ތިލަދުން” އަށް ބުނީ އެ ކުއްޖާގެ ހަށިގަނޑު މޫދު އަޑިން ނަގާފައިވާ ކަމަށެވެ. އަދި އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށްވެސް ބުންޏެވެ. ފުލުހުން ވެސް މިހާރު ވަނީ އެ ކުއްޖާ ނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ”އެކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން ވަނީ މައުލޫމާތުދީފައި” ފުލުހުން ބުންޏެވެ. ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު […]
ޔުމްނާ ޢަލީ
އދ. މާމިގިލި ކައިރިން ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން ބުނީ މިއަދު އދ. މާމިގިލި ކައިރިއަށް ފީނަން ގޮސްއުޅުނު ހަތަރު ކުދިން ތެރެއިން ކުއްޖަކު ގެއްލިގެން ރިޕޯޓްކޮށްފަައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ 15 އަހަރުގެ ފިރިހެންކުއްޖެއްކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި، ސިފައިންނާއި އަދި މާމިގިލި ރައްޔިތުން ގުޅިގެން އަންނީ ކުރަމުންނެވެ. މާމިގިލިން ”ތިލަދުން” އާއި ވާހަކަ ދެއްކި މީހަކު ބުނީ […]
ޔުމްނާ ޢަލީ
ށ. އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް އެ އަތޮޅު ބިލެތްފަހި ކައުންސިލާއި އަތޮޅު ކައުންސިލާ ދެމެދު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ބިލެތްފަހީގައި ށ. އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖެހުނީ ށ. އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ބީލަން ބިލެތްފަހި ކައުންސިލުން ކާމިޔާބުކޮށްގެންނެވެ. ށ. އަތޮޅު ކައުންސިލުން އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރަން ނިންމީ އަތޮޅު ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ދިރުވައި އާލާކޮށް އިޖްތިމ...
އައިޝަތު އައިނީ އާމިރު
މާލޭގެ ގެއެއް ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން އެމެޖެންސީގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ހޮސްޕިޓަލްގައި ނިޔާވެފައިވާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި ނިޔާވެފައި ވަނީ ވަނީ މ. ސައިނޯސަރު، މުހައްމަދު ރަޝީދު 43، އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެންނެވެ. މުހައްމަދު ރަޝީދު ވެއްޓިފައި އޮއްވާ ފެނިގެން އެމެޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެނދުނު 10:10 ހާއިރުއެވެ. ފުލުހުން...
ޔުމްނާ ޢަލީ
ސަރުކާރުން ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކޮށް، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ ”އަހާ” ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމްގެ މިރޭގެ ފޯރަމަކީ، ”އަހާ” ސިލްސިލާގެ ދަށުން ބާއްވާ 6 ވަނަ ފޯރަމެވެ. މިރޭގެ ފޯރަމްގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް 4 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ފޯރަމް...
ޔުމްނާ ޢަލީ
ހއ. އުތީމުގައި ޤާއިމްކުރާ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. އުތީމުގައި ޤާއިމްކުރާ މި ދަނޑަކީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ގާއިމުކޮށްދޭ ދަނޑެކެވެ. އެގޮތުން މި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިމުމާއި ގުޅިގެން އުތީމު ކައުންސިލުން ބުނެފައިވަނީ ވަރަށް އަވަހަށް އާންމު ރައްޔިތުންނަށް ދަނޑު ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެކަމަށެވެ. އަދި މި މަސަައްކަތް މިހާ ފުރިހަމަ އަށް ކުރިއަށް ގެންގޮސްފައިވާތީ އުތީމ...
އައިޝަތު އައިނީ އާމިރު
ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ ފަހުގެ ތައްޔާރީތައް ފަށާފައިވާކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދާ އެއްގޮތަށް ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫގެ ހިރިގަލު މަހާނަ ގައު ހިމެނޭ ސަހަރާ ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމ...
ޔުމްނާ ޢަލީ