މިއަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް ބާއްވަން ނިންމައި، އެހަރަކާތް އިންތިޒާމްކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ. މި ހަރަކާތް ހިންގުމަށް ހަނިމާދޫ ކައުންސިލުން ބީލަމަށް ހުޅުވާލައިކޮށްފައިވާ ޢިއުލާންގައި ބުނީ، މިނިވަންދުވަހާއި ގުޅިގެން އެ ކައުންސިލުން ހަނިމާދޫ ރައްޔިތުންނަށް ބޭއްވުމަށް ނިންމާފައިވާ އަވެލި މޮޑުމުގެ ޙަރަކާތް އިންތިޒާމްކޮށް، މިހަރަކާތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ...
ޔުމްނާ ޢަލީ
އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގުމަށްފަހު ލަނޑުދިން މައްސަލައެއް ބައްލަވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ޝަހީމް ވިދާޅުވިގޮތުގައި އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސަމާލުކަމަށް މިރޭ އިރާކ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭ.ޕީ.ޕީ.ޖީ)ގެ ބައްދަލުކުރެއްވުމެއްގައި ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު، އޭ.ޕީ.ޕީ.ޖީގެ ކޯ-ޗެއަރ، ޔާސްމީން ޤުރެއިޝީ އެމް.ޕީ، ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީވަމުން...
ޔުމްނާ ޢަލީ
ދިވެހި ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ ޔޫރަޕިއަން ޕާރލިމެންޓުގައި ދެއްކެވި ވާހަކަތައް ވަނީ އޮޅުވާލާފައި ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް އަންނަ އޮކްޓޯބަރ މަހު އަދި ފިރިހެން ވޮލީ މުބާރާތް އަންނަ އޯގަސްޓްމަހު ބޭއްވުމަށް ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެކައުންސިލުން ބާއްވާ ”ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2025” އަންނަ އޮކްޓޯބަރު މަހު ފަށަން ވަނީ ނިންމާފައެވެ. އަދި ”ކައުންސިލް ކަޕް ފިރިހެނުންގެ ވޮލީ މުބާރާތް 2025” އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ފަށަން ވަނީ ނިންމާފައެވެ. މި ދެ މުބާރާތުގެ ޗެމްޕިއަން […]
ޔުމްނާ ޢަލީ
ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ މުހިންމު ބައިވެރިއެއް، ކޯލިޝަން ސަރުކާރުން ވަކިވުމުން އޭނާ އަށް އެ ޤައުމުގެ ޕާލަމެންޓުގެ މެޖޯރިޓީ ގެއްލި، ބޮޑު ސިޔާސީ ލޮޅުމެއް ކުރިމަތިވެއްޖެއެވެ. އިސްރާއީލުގެ ސިޔާސީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ކިންގްމޭކަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަލްޓްރާ-އޯތޮޑޮކްސް ޕާޓީ ޝަސްއިން ވަނީ، އެ ޕާޓީގެ ވޯޓަރުންނަށް ފުޅާ ދާއިރާއެއްގައި މިލިޓަރީ ޑްރާފްޓުން އިސްތިސްނާ ދިނުމަށް ހުށަހަޅާފައިވާ ޤާނޫނަކާ މެދު ހިތްހަމ...
ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ އާއި މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރަށްވައިފިއެވެ. ރައީސް މިހާރު އިނގިރޭސިވިލާތަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އަރިހަށް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ ވަނީ އިހްތިރާމްގެ ޒިޔާރަތެއް ކުރަށްވާފައެވެ. މި ޒިޔާރަތުގެ ތެރެއިން ދެބޭފުޅުން ވަނީ ބައްދަލުކުރަށްވައި މުހިންމު މަޝްވަރާތަކެއް ކުރަށްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސްގެ ރަސްމ...
ޔުމްނާ ޢަލީ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ފެރީ ޚިދުމަތުގައި ހިމެނޭ 12 ފެރީ ސްޓޮޕަކާއި 6 ޓާމިނަލެއް އެ ރަށަކަށް ނިސްބަތްވާ ކައުންސިލަކާއި ހަވާލުކޮށްފިކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މިކަން ހާމަކުރަމުން އެމިޓީސީސީން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަގްރޭޑް ނޭޝަނަލް ޕްބަލިކް ފެރީ ނެޓްވޯކް” މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ އާރުޓީއެލް ފެރީ ސްޓޮޕްތަކާއި ޓާމިނަލްތައް ނިސްބަތްވާ ރަ...
އައިޝަތު އައިނީ އާމިރު
އީރާނުގެ އިސްލާމީ އިންޤިލާބުގެ ކުރިން، އެމެރިކާގެ ނަން އިއްވުމުންވެސް އީރާން މީހުން ބިރުގަންނަކަމަށާއި، ނަމަވެސް މިހާރު އީރާން ދެކެ ބިރުގަންނަނީ އެމެރިކާ ކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ. 13 ޖޫން 2025 ގައި އިސްރާއީލުން އީރާނަށް ކުއްލި ގޮތަކަށް ދިން ހަމަލާއާއި ގުޅިގެން އީރާނުން ވެސް ވަނީ އިސްރާއީލް މީން ޒަމާނަކު ނުދެކޭހާ ފަހަތައް ސޮއްސާލާ މިންވަރަށް ރައްދު ހަމަލާތައްދީ ހަނގުރާމައިން އިސްރާއީލް ބަލިކޮށްފައެވެ. އެމެރިކާއިން ބޭނުންވި ގޮތައް އިސްރާއީލް […]
ޔުމްނާ ޢަލީ
ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިޖިއޮލިކަލް ސާވިސް (މެޓް) އޮފީހުން މިއަދު ލަފާކޮށްފިއެވެ. އެގޮތުން މެޓް އޮފީހުން މިއަދު ނެރުނު މޫސުމީ ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ، 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށެވެ. ވައިވާބާރުބ...
އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ސިޓީގައި “އެންހޭސިން ކްލައިމެޓް ރެސިލިއަންސސް އެންޑް ފުޑް ސެކުރިޓީ ޕްރޮޖެކްޓް” (ކުޅުދުއްފުށީގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫ)ގެ ސާވޭގެ ފަށައިފިއެވެ. މި މަޝްރޫޢުއަކީ އޭސިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ފަތުުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވަނީ މި މަޝްރޫޢުގެ މަޤުސަދަކީ ރަށްގިރުމާއި، ފެންބޮޑުވުމަށް ހައްލެއް ހޯދައިދިނުމަށާއި، ސިޓީގެ...
އައިޝަތު އައިނީ އާމިރު
ސާބިތު ޚަރަދަށް ފައިސާނުދައްކާ މީހެއްގެ ވަނަވަރު ފެމިލީ ކޯޓުން މިއަދު އާންމުކޮށްފިއެވެ. ފެމިލީ ކޯޓުން ބުނީ އެމީހާގެ ވަނަވަރު އާންމުކޮށްފައި ވަނީ ސާބިތު ދަރަންޏަށް ފައިސާނުދައްކާތީ އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. މިގޮތުން ފެމިލީ ކޯޓުން ވަނަވަރު އާންމުކުރި މީހާ އަކީ އަޙްމަދު ޢަލީ، މާލެ/ދަފްތަރު ނަންބަރު ރސ 2758 އެވެ. މީނާ އަކީ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ މީހެއްކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ. ރާއްޖޭގައި ދަރިންނަށް ޚަރަދު ނުދިނުމުގެ […]
ޔުމްނާ ޢަލީ
ދުބާއީ ޕޮލިހާއި ސީއައިޑީ އާއި އެހެނިގެން އިދާރާތަކުގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލްތަކެއް ކުރަމުން އަންނާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ކުރި ސަމާލުގެ ޕޯސްޓެއްގައި ބުނީ ދުބާއީ ޕޮލިހާއި، ސީއައިޑީ އަދި އެހެނިހެން އިދާރާތަކުގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ފަރާތްތަކުން +971 58 532 2946 ފަދަ ނަންބަރުތަކާއި dubaipolicecid5513@gmail.com ފަދަ އީމެއިލްތައް ބޭނުންކޮށްގެން ޒާތީ މަޢުލޫމާ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” ކިހިނެއް ވީ؟ ހާދަ ބަސްމަދު ދުވަހެއް؟” މަރިޔަމް އެހިއެވެ. އެއާއެކު ހަސަން ހިނިތުންވެލަމުން ތަށި ސާފުކޮށްލިއެވެ. ” ކަމެއްނުވެ.” ހަސަން ދިނީ ކުރު ޖަވާބެކެވެ. ” ނުބުންޏަސް އަހަންނަށް އެނގޭ ހަސަން ފިކުރު ކުރާކަން. އަދި ފިކުރު ކުރަނީ ކޮން ކަމަކާކަން ވެސް އެނގޭ.” މަރިޔަމް ބުންޏެވެ. ހަސަން މަޑުމަޑުން ބޯ ޖަހާލިއެވެ. ” އެ ކަހަލަ ވާހަކަ ދައްކާ ހިތެއް ނުވެ. އެކަމަކު ނުދައްކާ ވެސް ހިތަކަށް ކުޅަދާނައެއް ނުވެ.” […]
ސަލާމާ ޢަބްދުލް ޢަލީމް
ސިޔާސީ މަގާމްތަކުގައި ތިބި މީހުންގެ އަދަދު ސަރުކާރުން ހާމަކޮށްފިއެވެ. މިއަދު ހާމަކޮށް ރައީސް އޮފީހުން ބުނިގޮތުގައި ސިޔާސީ މަގާމުތަކުގައި މިވަގުތު ތިއްބެވީ 922 ބޭފުޅުންކަމަށެވެ. މިގޮތުން ވަޒީރުންގެ ގޮތުގައި ތިއްބެވީ 20 ބޭފުޅުންނެވެ. ވަޒީރުންގެ ފެންވަރުގައި ތިއްބެވީ 14 ބޭފުޅުންނެވެ. ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން ތިއްބެވިއިރު، ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅަކު އެބަތިއްބެވިއެވެ. ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން އަދި ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުނ...
ޔުމްނާ ޢަލީ
މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ، މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ޙަސަން ޔާމީން ގެއްލިފައިވަނީ 2025 ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެގެންނެވެ. އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރުއެވެ. މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ޙަސަން ޔާ...
ޔުމްނާ ޢަލީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަކީ ރާއްޖޭގެ އިޤްތިޞާދުގެ ހަމަ އެންމެ މުހިންމު އެސެޓްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ވީއައިއޭ އަށް އަންނަ ކޮންމެ ކުރިއެރުމަކީ، ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމަށާއި، ރާއްޖޭގެ އެއަރޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި ލާބައާއި...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން ހިންގާ ކުރުމުއްދަތުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޖުމްލަ ނުވަ ކޯހެއްގައި ބައިވެރިވާން ހުޅުވާލާފައިވާއިރު، މި ހުރިހާ ކޯހެއްވެސް ކުރިއަށް ގެންދަނީ ހަތް ދުވަހުގެ މުއްދަތަށެވެ. އަދި މި ކޯސްތަކުގައި ބައިވެރިވާ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. ކޯސްތަކުގެ މައުލޫމާތު ޅެންހަދަން ދަސްކޮށްދޭ ބޭސިކް ލެވެލް – ސްކޫލް ދަރިވަރުންނަށް ހާއްސަ 30 ޖާގަ، އެހެނިހެން 30 ޖާގަ ބަނދި ހަދަން ދަސްކޮށްދޭ ބޭސިކް ލެވެލް – ސްކޫލް ދަރިވަރު...
އިބްރާހިމް ޚަލީލް