ހުޅުމާލޭގައި ފްލެޓެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފޭސް 1 ގެ 94 ވަނަ ފުލެޓްގެ 2 ވަނަ ފަންގިފިލާގެ 3ވަނަ އެޕާޓްމަންޓުގައެވެ. މިތަނަކީ ބިދޭސީން ދިރިއުޅޭ ތަނެކެވެ. 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައިއެވެ. މިތަނުގައި ރޯވި އަލިފާން އެމްއެންޑީއެފުން ވަނީ 11...
ޔުމްނާ ޢަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން އެމެރިކާގެ ޑިޕްލޮމެޓިކް ކޯރ އަލުން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި، ޚަރަދުކުޑަކޮށް މަސައްކަތް ހަރުދަނާކުރުމަށްކަމަށް ބުނެ އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން 1،350 އަށްވުރެ ގިނަ މުވައްޒަފުން މިދިޔަ ހުކުރު ދުވަހު ވަޒީފާއިން ވަކިކުރަން ފަށައިފިއެވެ. މިކަމަކީ އެމެރިކާގެ މަޞްލަޙަތުތައް ދިފާޢުކޮށް ކުރިއެރުވުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މި ވަކިކުރުންތަކުގެ ސަބަބުން އެމެރިކާ...
ޔުމްނާ ޢަލީ
ޓެކް ބިލިއަނަރު އެލޮން މަސްކްގެ ކުންފުނި، އެކްސް ނުވަތަ އެ ކުންފުނީގެ އިސްވެރިން، އެލްގޮރިދަމްތަކާއި ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، މި މައްސަލައިގެ ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ފްރާންސްގެ ޕެރިސްގެ ޕްރޮސެކިއުޓަރ އޮފީހުން ހުކުރު ދުވަހު ބުނެފިއެވެ. މި ފިޔަވަޅަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކުވެރިއެއް ކަމުގައިވާ މަސްކްއަށް ކުރިމަތިވާ އިތުރު ފިއްތުންތަކެކެވެ. މި މައްސަލައާ ގުޅިގެން ފްރާންސްގެ ފުލުހުންނަށް މަސްކް އަދި...
ޔުމްނާ ޢަލީ
އުރީދޫގެ ހަތަރު ވަނަ އުމްރާ ދަތުރު ލިބޭ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ. އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތަރު ވަނަ ނަސީބުވެރިއަކަށް ހޮވިފައިވަނީ ޅ. ހިންނަވަރު، އީސާ އަލިފުޅު އެވެ. އޭނާ ގެ ފަރާތުން އިނާމާއި ހަވާލުވެފައިވަނީ އާމިނަތު ޝައްފާ އަބްދުالله ޝަފީއު އެވެ. އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެއްކަން ފާހަގަކޮށްލަންޖެހެ އެވެ. […]
އިބްރާހިމް އަސްވާޤް
ހދ. މަކުނުދޫ ސްކޫލްގެ ބެލެނިވެރިން އިސްނެގުމާއެކު އެރަށު ސްކޫލަށް ޒަމާނީ ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކޮށްފިއެވެ. މި ޑިޖިޓަލް ނޯޓިސް ބޯޑަކީ މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) މާލީ އެހީތެރިކަމާއެކު ހަދިޔާކޮށްފައިވާ ޑިޖިޓަލް ނޯޓިސް ބޯޑެކެވެ. މި ނޯޓިސް ބޯޑު ހަވާލުކުރުމަށް ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި، ސްކޫލްގެ އިސް ބެލެނިވެރިންނާއި އަދި ސްކޫލްގެ ޕްރިންސިޕަލާއި ސީނިއާ މެނޭޖް...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ރަޝީދުބެ) ދާއިރާގެ ރައްޔިތުންނަށް ދެއްވާ އުމްރާ ދަތުރަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ކޮންމެ އަހަރަކު ދާއިރާގެ ދެ ރަށް ކަމަށްވާއި ނޮޅިވަރާމާއި، ނޮޅިވަރަންފަރުގެ ދެ ރަށުން ގުރުއަތުން ހޮވޭ 4 މީހަކު އުމްރާ އަށް ފޮނުވުމަކީ ރަޝީދުގެ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން މިއަހަރު އުމްރާއަށް ދިޔުމަށް ގުރުއަތުގައި ބައިވެރިވުމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ ގޫގްލް ފޯމު މެދުވެރިކޮށް 21 ޖުލައި 2025 ވަނަ...
ޔުމްނާ ޢަލީ
ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން ބިން އެ މަސައްކަތު ކޮންޓެކްޓަރ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. އެ ބިން އެމްޓީސީސީއާއި ހަވާލުކުރުމަށްޓަކައި މިއަދު ވަނީ ނެއްލައިދޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އިސްމާއިލް ޝަރީފްއެވެ. ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރ...
ޔުމްނާ ޢަލީ
ހދ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށު ނާރެސް ޕްރީސްކޫލްގައި ރީޑިންގް ކޯނާރއެއް ތަރައްގީކޮށްދީފިއެވެ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި އެ ކޮމިޓީއިން ނާރެސް ޕްރީ ސްކޫލްގައި ތަރައްޤީ ކޮށްދިން ރީޑިންގް ކޯނާރގެ މަސައްކަތް ނިންމައި، އެތަން ވަނީ ރަސްމީކޮށް ސްކޫލާއި ހަވާލުކޮށްފައެވެ. މިތަނަކީ ތުއްތު ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ތުއްތު ކުދިންގެ ޝައުޤުވެރިކަން ފޮތަށް އިތުރުކުރުމުގެ މަޤުސަދުގަ...
ޔުމްނާ ޢަލީ
އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވައިފިއެވެ. މި ކުތުބުޚާނާ ތަރައްގީކޮށްފައި ވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިގިލާގައެވެ. މިތަން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން ރަސްމީކޮށް ހުޅުއްވައި ދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެވެ. އިސްލާމީ ކުތުބުޚާނާ ހުޅުވިގެން ގޮސްފައި ވަނީ 15،000 އަށްވުރެ ގިނަ ފޮތާއެކުކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މި އިސްލާމީ ކުތުބުޚާނާ...
ޔުމްނާ ޢަލީ
ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންނަށް ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ފަށައިފިއެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. މިއަދު ހެނދުނު ފެށި މި މަސައްކަތަށްޓަކައި، މިނިސްޓްރީން ވަނީ ގޯތި ލިބިފައިވާ ކޮންމެ ފަރާތަކަށް ވަކިވަކިން ރަޖިސްޓްރީ ނެގުމަށް ދުވަހ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި، ދޮށީ އުމުރުގެ ދިވެހި އަންހެނަކު މަގު ހުރަސްކުރަނިކޮށް ބިދޭސީއެއް ދުއްވި ސައިކަލަކުން ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހުޅުމާލެ ފޭސް 1، ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވަމުންދިޔަ ސައިކަލެއް، ޒެބްރާ ކްރޮސިންގއަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 14:16 ހާއިރުކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ހިމެނޭ...
ޔުމްނާ ޢަލީ
ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ޕޯސްޓުގައި ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ވަނީ އަރި...
ޔުމްނާ ޢަލީ
ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ހުށަހެޅުން ހުށަހެޅި އެ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ ކޮމެޓީ ނުވަތަ ޑަބްލިއުޑީސީ) ތަކާއެކު ފައިސާ ދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ފަރާތްތަކާއި ދެމެދުސޮއިކޮށްފިއެވެ. މި އަހަރު އަތޮޅު ކައުންސިލުން ފަންޑް ދިނުމަށް ހޮވާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަކީ ފޯކ...
ޔުމްނާ ޢަލީ
ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ދަތުރުކުރި ޑިންގީ ކަނޑު އަޑިން ފެނިއްޖެއެވެ. ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް އިއްޔެ ވެސް ބަލާފައިވާއިރު، އެމްއެންޑީއެފުން މިއަދު ބުނީ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި އޭނާ ދަތުރުކުރި ޑިންގީ ފެނިފައިވާ ކަމަށެވެ. އެ ޑިންގީ ފެނުނީ ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ޤައުމަށް ވާނެކަމަށް އިންޑިއާގެ ”އިންޑިއާ.ކޮމް” ގައި ޕިއު ރިސަރޗް ސެންޓަރުގެ ފަހުގެ ރިޕޯޓަކާއި ހަވާލާދީ ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުސްލިމް އުންމަތަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ދީނީ ޖަމާޢަތެވެ. 2010 އާއި 2020 އާ ދެމެދު ދުނިޔޭގެ އާބާދީގައި ކްރިސްޓިއަން ދީނުގެ ނިސްބަތް ދަށްވެފައިވާއިރު، މި ދަށްވުމާއެކުވެސް ކްރިސްޓިއަން ދީނަކީ އަދިވެސް ދުނި...
ޔުމްނާ ޢަލީ
އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ހެކަރުންގެ ހަމަލާތަކުން ރައްކާތެރިވުމަށް ގޫގުލްއިން އައު ދެ ފީޗަރއެއް ތަޢާރަފުކޮށްފިއެވެ. ދެ ފީޗަރ އާއި އެކު މިއީ އެންޑްރޮއިޑް ބޭނުންކުރާ 3 ބިލިއަނަށްވުރެ މީހުންނަށް ހެކަރުންގެ ކިބައިން ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ގޫގްލް އިން ނެރުނު ފުރަތަމަ ފީޗަރއަކީ “އެޑްވާންސްޑް ޕްރޮޓެކްޝަން” އެވެ. މި ފީޗަރ މެދުވެރިކޮށް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ރިސްކް ޕްރޮފައިލްއާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތައް ބައްޓަންކުރެވޭނެއ...
ޔުމްނާ ޢަލީ
ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި ދެ ޖަމިއްޔާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ޖަމިއްޔާތަކާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އަހަރު ހޮވާފައިވާ ދެ ޖަމިއްޔާއަކީ ފޯކައިދޫ ބްލަޑް ބްރަދާސް އާއި ނަރުދޫ ރަމްޒު ޖަމިއްޔާއެވެ. މިކަމަށް ހުޅުވާލި ފުރުސަތުގައި ނަރުދޫ ރަމްޒް ޖަމިއްޔާއިން ޕްރޮޕޯސަލް ކާމިޔާބުކ...
އިބްރާހިމް ޚަލީލް
އެޕަލް ކުންފުނިން ދުނިޔޭގެ މަގްބޫލްކަން ލިބިފައިވާ އައިފޯންގެ 17 ވަނަ ސީރީޒް ނެރުމަށް ތައްޔާރުވަމުންއަންނައިރު، މި ސީރީޒްގެ ފޯނުތައް އަންނަ ސެޕްޓެމްބަރު މެދުތެރޭގައި ނެރޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ސީރީޒްގައި އާ އިތުރުވުމެއްގެ ގޮތުގައި އައިފޯން 17 އެއަރ ހިމެނޭނެއެވެ. މިއީ އާންމުކޮށް ނެރޭ ޕްލަސް ވެރިއަންޓްގެ ބަދަލުގައި ނެރޭ މޮޑެލެކެވެ. އެޕަލްއިން މިފަހަރު ނެރޭ ސީރީޒްގައި ހިމެނޭނެކަމަށް ބެލެވެނީ ހަތަރު މޮޑެލެވެ. އެއީ އާންމު އައިފޯން 17، ތުނި އައިފޯން 17 އެއަރ، އަދި ޕްރީމިއަމް […]
ޔުމްނާ ޢަލީ