އިސްރާއީލުން ގާޒާގައި ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލެވުނު ފަހުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަށް އިސްރާއީލާއި ހަމާސުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން ޣައްޒާއަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، އިސްރާއީލީ ސިފައިން އެ ސަރަހައްދުން ފޭބުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ބަންދުކޮށްފައިވާ މީހުން ދޫކޮށްލުން ހިމެނެއެވެ. މި އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ޣައްޒާ އަލުނ...
ނާޒިމާ އަލީ
އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުޅޭ ވޯލްޑް ކަޕްގެ ކޮލިފައިންގައި، މިސްރުން ޖިބޫޓީއާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ. މިސްރަކީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް އެފްރިކާއިން ކޮލިފައިވީ ތިންވަނަ ޓީމެވެ. މީގެކުރިން ކޮލިފައިވެފައިވާ ދެޓީމަކީ މޮރޮކޯއާއި ޓިއުނީޝިއާއެވެ. މި މެޗުގައި މިސްރުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދނީ ސަލާހްއެވެ. މި ދެ ލަނޑާއިއެކު ވޯލްޑް ކަޕް ކޮލިފައިންގައި އެފްރިކާ […]
އިބްރާހިމް ޚަލީލް
ސްޕޭންގެ ޕާލަމެންޓުން، އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ ޤާނޫނެއް ފާސްކޮށްފިއެވެ. އެ ޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސާންޗެޒް ވިދާޅުވެފައިވާގޮތުގައި މި ޤާނޫނު ފާސްކުރުމުގެ މައިގަނޑު މަޤްޞަދަކީ “ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުން ހުއްޓުވުން” ކަމަށެވެ. މި ޤާނޫނު ފާސްކުރުމަށް ޕާލަމެންޓުގައި ނެގުނު ވޯޓުގައި 178 މެންބަރުން ތާއީދުކުރިއިރު، 169 މެންބަރުން ވަނީ އިދިކޮޅަށް ވޯޓުދީފައެވެ. މި ޤާނޫނަކީ ސެޕްޓެމްބަރު މަހު ބޮޑުވަޒީރު ސާންޗެޒް އިޢުލާނުކުރެއްވި ޤަރާރެއް ޤާނޫނަކަށް ބަދަލުކުރުމަށް ފާސްކު...
ނާޒިމާ އަލީ
ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓްބޯޅަ ދުނިޔޭގެ ތާރީޚުގައި ބިލިއަނަރެއްގެ މަޤާމަށް އެރި ފުރަތަމަ ކުޅުންތެރިޔާއަށް ވެއްޖެކަމަށް ބްލޫމްބާގް އިން ރިޕޯޓުކޮށްފިއެވެ. މާލީ މަޢުލޫމާތާއި މީޑިއާ ކުންފުންޏެއް ކަމަށްވާ ބްލޫމްބާގްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ މުއްސަނދި ފަރުދުންގެ ސާފު މުދަލުގެ އަގު ދައްކުވައިދޭ ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސްގައި، މިހާރު 40 އަހަރުގެ، ޕޯޗުގަލް އަދި ސައުދީ އަރަބިއާގެ އަލްނަސްރުގެ ސްޓްރައިކަރު...
ނާޒިމާ އަލީ
ކުޅުދުއްފުށި ސިޓީ މަށި ކުޅި ވިއުވިންގ ޕްލެޓްފޯމުގެ ވޯކްވޭ ލައިޓްތަކަށް ބަޔަކު ގެއްލުންދީފިއެވެ. މި ޕެލްޓްފޯމަށް ވެފައި ހުރި ގެއްލުމާއި ގުޅިގެން ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ, މި ޕްލެޓްފޯމުގެ ލައިޓްކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަނީ ގެއްލުންދީފައި ކަމަށެވެ. މިގޮތުން މިއަދު އެ ލައިޓްތައް ކުރިންހުރި ހާލަތައް ގެނެވިފައިވާނެކަމަށާއި, އެހެންނަމަވެސް އަނެއްކާވެސް މިރޭގެ ވަގުތެއްގައި ލައިޓްތަކަށް އިތުރު ގެއްލުންތަކެއް ދީފައިވާކަމަށް މޭޔަރ ޢާޠިފް ވިދ...
އައިޝަތު އައިނީ އާމިރު
ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ކްލާސްރޫމްތައް މި އަހަރު ނިމުމުގެ ކުރިން އޭސީ ކުރުމުގެ ޓާގެޓަށް ވާސިލްވެވޭނެ ކަމަށާއި، އަންނަ ދިރާސީ އާ އަހަރު ފެށޭއިރު ޓީޗަރުންވެސް ބޭނުންކުރާނީ އޭސީކުރެވިފައިވާ ސްޓާފްރޫމްތައް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރޭ މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ދ...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އިދާރާއިން އިއުލާނުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަމުގައި ރަޖިސްޓްރީ ވުމަށް 12 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2 ގެ ކުރިން procurement@ihavandhoo.gov.mv އަށް މެއިލް ކުރުމަށް ނުވަތަ، ފޯނުން ރަޖިސްޓްރީވުމަށް 6500256 އަށް ގުޅުމަށެވެ. މިގޮތުން މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅުމަށް، އޭ 4 ސައިޒް ސިޓީ އު...
އައިޝަތު އައިނީ އާމިރު
އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން ވަނީ ކަސްޓަމަރ ޑޭ ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންގެ ހިޔާލުތަކާއި އިހުސާސްތައް ދެނެގަތުމަށްޓަކައި ކަސްޓަމަރުންގެ ގާތަށް ޒިޔާރަތްކޮށްފައެވެ. މި ހަރަކާތުގެ ދަށުން އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް އެއްކުރިއެވެ. މި އަހަރުގެ ކަސްޓަމަރ ޑޭގެ...
އިބްރާހިމް އަސްވާޤް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ބައްސާމްގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ދިން ތެރެއިން 10،000 ޑޮލަރު (154،000ރ.) ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް މައްސަލާގަ އެވެ. ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ ޑޮލަރު މާރުކުރަން އެފްއޭއެމްއިން ދިން އެ ފައިިސާ ބައްސާމްގެ އަމިއްލަ […]
ހުސައިން ހަބީބް
ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ އަލުން ދިރުވުމަށްޓަކައި، 2026 ވަނަ އަހަރު ޤައުމީ ފެންވަރުގެ މަޝްރޫޢެއް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިޢުލާން ކުރައްވައިފިއެވެ. މި މަޝްރޫޢުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހޯއްދެވުމަށްވެސް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ. އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތަރައްޤީގެ ކަންކަން ކުރިއަށްދާއިރު މީހުންގެ ވިސްނުމާއި، އުޅު...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ހުށަހަޅާ އިސްލާޙް ހިމެނޭހެން މި އޮކްޓޫބަރު މަހު ފެށުނު މަޖިލީހުގެ ދައުރަށް ޖުމުލަ 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އދ. މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، މިހާރުވެސް މަޖިލީހުގައި 18 ބިލެއްގެ މަސައްކަތް ކުރިއަށްދާއިރު، އަލަށް ހުށަހެޅޭ 27 ބިލުގެ ތެރޭގައި 12 އައު ޤާނޫނު ހިމެނެއެވެ. ޤާ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ކަނޑައެޅި އަމާޒަށްވުރެ މުއްދަތަށްވުރެ 3 މަސްދުވަސް ކުރިން ނިންމާލައިފިއެވެ. މި މަޝްރޫޢުގެ އެންމެ ފަހު މަރުހަލާގެ ގޮތުގައި އދ. އަތޮޅު މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް އިއްޔެ ފަށާފައިވާއިރު، މަހިބަދޫގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ޚިދުމަތް ފަށާފައ...
ޔުމްނާ ޢަލީ
ލ.ގަމުގައި ދެ ބަޔަކު ދެމެދު ހިނގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާފައިވާ މައްސަލައިގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭއެވެ. ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި 29 އަހަރުގެ ތިން ފިރިހެނުންނާއި، 35 އަހަރުގެ އަންހެނަކާއި، 34 އަހަރުގެ ފިރިހެނެއް ހިމެނެއެވެ. މި ހުރިހާ ފަރާތްތަކަކީވެސް ދިވެހި ރައްޔިތުންނެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީ...
ޔުމްނާ ޢަލީ
އދ.އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި އދ. ކުޑަދޫފަޅާއި، އަދި އަނެއް ދެ ފަޅުން މަންފާ ހޯދުމަށް ރައްޔިތުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އޮމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސްގެ ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތީން، އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވި ފަޅުތައް އޮމަދޫ ކައުންސިލާ ވަނީ ރަސްމީކޮށް ހަވާލުކޮށްފ...
ޔުމްނާ ޢަލީ
އދ. އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެއަތޮޅު އަލިކޮއެ ރަށް، ޓޫރިސްޓުން ގޮވައިގެން ގޮސް، ބޭނުންކުރުމަށް ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ، އދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަންޏާމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ހަންޏާމީދޫއަކީ ފަތުރުވެރިކަމުގެ ދާއިރާގަ...
ޔުމްނާ ޢަލީ
އއ. ފޮފަޅަގައު ފަޅަކީ، އެ އަތޮޅު ކުނބުރުދޫ ގެ ބައެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މި ނިންމެވުމަކީ ކުނބުރުދޫގެ ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ. ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް، އެ ރަށުގެ ރައްޔިތުން ވަނީ ފޮފަޅަގައު ފަޅު ހޯދުމަށް ހުށަހަޅާފައެވެ. މި ހުށަހެޅުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅު...
ޔުމްނާ ޢަލީ
ޣައްޒާގައި މިވަގުތު ކުރިމަތިވެފައިވާ ނާޒުކު ހާލަތަކީ އަރަބި ދުނިޔެއިން ދައްކާފައިވާ އިންތިހާއަށް ދެރަ އަދި ނާކާމިޔާބު މަންޒަރެއް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފިއެވެ. ހަމާސް އިން މިފަދައިން ބުނެފައި ވަނީ އޮކްޓޯބަރު 7 ގެ ހަމަލާގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ޢަރަބި ދުނިޔެއަށް ފާޑުކިޔައި ހަމާސުން ބުނީ، ޣައްޒާގައި މިވަގުތު ކުރިމަތިވެފައިވާ ނާޒުކު ހާލަތަކީ އަރަބި ދުނިޔެއިން ދައްކާފައިވާ އިންތިހާއަށް ދެރަ އަދި ނާކާމިޔާބު މަންޒަރެއްގެ ނަތީޖާ ކަމަށެ...
ނާޒިމާ އަލީ
ށ. ފޭދޫ ކައުންސިލުން އެ ރަށު ޞިއްޙީ މަރުކަޒަށް ޚިދުމަތް ދިނުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްދީފިއެވެ. މި މަސައްކަތަކީ ފޭދޫ ކައުންސިލުން 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ފޭދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިމަނާފައިވާ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. އެގޮތުން ކައުންސިލުން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ބޮޑީ ކޮމްޕޮސިޝަން މޮނީޓަރ، ބްލަޑް ގްލޫކޯސް މީޓަރ، ބީޕީ މޮނިޓަރ އަދި މީގެ އިތުރުންވެސް މަރުކަޒަށް ބޭނުންތެރި ތަކެތި ހިމެނެއެވެ. މި […]
އައިޝަތު އައިނީ އާމިރު