ރޮނާލްޑޯ ފުޓްބޯޅައިގެ ދުނިޔޭގެ ފުރަތަމަ ބިލިއަނަރަށް
ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓްބޯޅަ ދުނިޔޭގެ ތާރީޚުގައި ބިލިއަނަރެއްގެ މަޤާމަށް އެރި ފުރަތަމަ ކުޅުންތެރިޔާއަށް ވެއްޖެކަމަށް ބްލޫމްބާގް އިން ރިޕޯޓުކޮށްފިއެވެ. މާލީ މަޢުލޫމާތާއި މީޑިއާ ކުންފުންޏެއް ކަމަށްވާ ބްލޫމްބާގްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ މުއްސަނދި ފަރުދުންގެ ސާފު މުދަލުގެ އަގު ދައްކުވައިދޭ ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސްގައި، މިހާރު 40 އަހަރުގެ، ޕޯޗުގަލް އަދި ސައުދީ އަރަބިއާގެ އަލްނަސްރުގެ ސްޓްރައިކަރު...