މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,381 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 331 ވަނަ ޞަފްޙާ

ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމަކީ ''ޝަހީދު ޢުމަރު އަޙްމަދު''، މިމަހު 28 ގައި ހުޅުވާނެ

ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމަކީ ''ޝަހީދު ޢުމަރު އަޙްމަދު''، މިމަހު 28 ގައި ހުޅުވާނެ

ހއ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. ވަޒީރު ވިދާޅުވިގޮތުގައި ދިއްދޫ އިސްލާމީ މަރުކަޒު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވާނެއެވެ، އަދި މިސްކިތް ނިސްބަތްކުރެވޭނީ، މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި […]

ޔުމްނާ ޢަލީ
ފަލަސްތީނުގެ ގައުމީ ޓީމު ޖީލެއްގެ ތެރޭ ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗު ސްޕޭންގައި، ފެނުނީ ގާޒާ އަށް އޮތް ލޯބި 

ފަލަސްތީނުގެ ގައުމީ ޓީމު ޖީލެއްގެ ތެރޭ ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗު ސްޕޭންގައި، ފެނުނީ ގާޒާ އަށް އޮތް ލޯބި 

ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމުން ޖީލެއްގެ ތެރޭގައި ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗު، މިދިޔަ ހޮނިހިރު ދުވަހު ސްޕެއިންގެ ބިލްބާއޯގައި، ސަން މަމޭސް ސްޓޭޑިއަމްގައި ބާސްކް ކަންޓްރީއާ ދެކޮޅަށް ކުޅެފިއެވެ. އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމުގައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލުން އެންމެ ގަދަވެފައިވާ އެއް ގައުމަކީ ސްޕޭނެވެ. މި މެޗުން ވެސް ވަނީ ސްޕޭން އާންމު ރައްޔިތުންގެ ހިތުގައި ގާޒާ އަށް އޮތް ލޯބި ދައްކާލަދީފައެވެ. މި މެޗު ޢިއުލާން ކުރުމާއެކު މެޗުގެ ޓިކެޓް […]

ނާޒިމާ އަލީ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފި

ބަންގްލަދޭޝްގެ ބައިނަލްއަޤްވާމީ ކުށްތަކާބެހޭ ޓްރައިބިއުނަލްއިން، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ މައްޗަށް އުފުލި އިންސާނިއްޔަތާ ދެކޮޅަށް ކުށްތައް ކުރިކަމުގެ ދަޢުވާއާ ގުޅިގެން މަރުގެ ޙުކުމް އިއްވައިފިއެވެ. ޓްރައިބިއުނަލްއިން ހަސީނާ ތިން ބާވަތެއްގެ ކުށަށް ކުށްވެރިވާކަމަށް ކަނޑައަޅާފައިވަނީ، މިދިޔަ އަހަރު ދަރިވަރުން އިސްނަގައިގެން ކުރި އިހުތިޖާޖުތަކުގައި ބައިވެރިވި ފަރާތްތަކާ ދެކޮޅަށް މާރާމާރީ ހިންގުމަށް އަމުރުކުރިކަމަށް ކަނޑައަޅައި، މިކަމުގެ ސަބަބުން އޭނާގެ އަވާމީ ލީގު ސަރުކާރު ވެއްޓ...

ނާޒިމާ އަލީ
ޒެމްބިއާ މުބާރާތުން ޝަރަފްވެރި ކާމިޔާބީތައް ހޯދަައިދިން އެތުލީޓުންނަށް ރައީސްގެ ތަހުނިޔާ

ޒެމްބިއާ މުބާރާތުން ޝަރަފްވެރި ކާމިޔާބީތައް ހޯދަައިދިން އެތުލީޓުންނަށް ރައީސްގެ ތަހުނިޔާ

ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025 އިން ދިވެހިރާއްޖެ އަށް މިކްސް ޑަބަލްސް އިން ރަން މެޑަލާއި އަންހެން ޑަބަލްސް އިން ރިހި މެޑަލް ހޯދައިދިން އެތުލީޓުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. އެ އެތުލީޓުންނަށް ރައީސް ތަހުނިޔާ ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވެފައިވާގޮތުގައި، ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު އާއި ހުސައިން ޒަޔާން ޝަހ...

ޔުމްނާ ޢަލީ
ހުޅަނގު އައްސޭރީގައި ފަލަސްތީނު ކުއްޖެއްގެ ގަޔަށް ފަހަތުން ބަޑިޖަހައި ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރީގައި ފަލަސްތީނު ކުއްޖެއްގެ ގަޔަށް ފަހަތުން ބަޑިޖަހައި ޝަހީދުކޮށްލައިފި

ވެސްޓް ބޭންކްގެ ދެކުނުގެ ހެބްރޯން ސިޓީގައި އިސްރާއީލުގެ ޖައްބާރު ސިފައިން ފަހަތުން ބަޑިޖަހައި ފަލަސްތީނުގެ އެގާރަ އަހަރުގެ އައިމަން ނާސިރު އަލް-ހައިމޫނީ ޝަހީދުކޮށްލައިފިއެވެ. މިއީ 2025 ވަނަ އަހަރު ފެށުނީއްސުރެ ވެސްޓް ބޭންކްގައި އިސްރާއީލީ ސިފައިން މިގޮތަށް އަމާޒުކޮށް ސީދާ ވަޒަން ޖަހައި ޝަހީދުކޮށްލި 16 ފަލަސްޠީނު ކުޑަކުދިންގެ ތެރެއިން އެކަކެވެ. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާއަކުން ފާހަގަކުރާ ގޮތުގައި މި ކުދިން “އިސްރާއީލް ސިފައިންނަށް އެއްވެސް ޙަޤީޤީ ނުރައްކަލެއް ކުރިމަތިކޮށްފަ...

ނާޒިމާ އަލީ
އަރުމޭނިއާ ކޮޅަށް 9 ލަނޑު ޖަހައި ޕޯޗުގަލުން ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފި

އަރުމޭނިއާ ކޮޅަށް 9 ލަނޑު ޖަހައި ޕޯޗުގަލުން ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގ ގްރޫޕް “އެފް”ގެ އެންމެ ފަހު ބުރުގައި، ޕޯޗުގަލްގެ ޤައުމީ ފުޓްބޯޅަ ޓީމުން އަރުމޭނިއާގެ މައްޗަށް ތާރީޚީ ކާމިޔާބީއެއް ހޯދައި، ވޯލްޑް ކަޕުން ސީދާ ޖާގައެއް ކަށަވަރުކޮށްފިއެވެ. ނޮވެމްބަރ 16 ވަނަ ދުވަހު ޕޯޓޯގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 9-1 ގެ ބޮޑު ނަތީޖާއަކުން އަރުމޭނިއާގެ މައްޗަށް ޕޯޗުގަލުން ކުރި ހޯދައިގެންނެވެ. މި ބަލިވުމަކީ އަރުމޭނިއާގެ ޤައުމީ ޓީމުގެ ތާރީޚުގައި އެންމެ ބޮޑެތި ބަލިވުންތަކުގެ ތެރެއިން އެއް […]

އަޙްމަދު ވަހީދު
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހިމެނޭ ''ޢާއިލީ ބޯހިޔާވަހިކަން'' އިފްތިތާޙްކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހިމެނޭ ''ޢާއިލީ ބޯހިޔާވަހިކަން'' އިފްތިތާޙްކޮށްފި

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ”ޢާއިލީ ބޯހިޔާވަހިކަން” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. މި އިފްތިތާޙާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތަކާއި، ފްލެޓް ދޫކުރުމުގެ އުސޫލު އަދި ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުތައް ވަނީ އާއްމުކޮށްފައެވެ. މި ބޯހިޔާވަހިކަމުގެ ސްކީމްތަކުން ފުރުޞަތު ދިނުމަށް ވަނީ މައިގަނޑު ހަތަރު ކ...

ޔުމްނާ ޢަލީ
ޤައުމީ ތަރައްޤީގެ ޕްލޭނަށް ހުރިހާރަށަކުން ޚިޔާލުހޯދާ ނިންމާލައިފި

ޤައުމީ ތަރައްޤީގެ ޕްލޭނަށް ހުރިހާރަށަކުން ޚިޔާލުހޯދާ ނިންމާލައިފި

ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭން “ވިލުންތެރި ރާއްޖެ 2045” އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދިޔަ “ކުރިމަގު ސައްލާ” ގެ ބައްދަލުވުންތައް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވައި ނިންމާލައިފި އެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 189 ރަށުގައި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާ އިރު، 9048 މީހުންގެ ބައިވެރިވުން އެކި ގޮތްގޮތުން ހޯދިފައިވާ ކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ “ނެކްސިޔާ މޯލްޑިވްސް” އިން ބުނެއެވެ. ޤައުމީ ތަރައްޤީގެ މި […]

ޔުމްނާ ޢަލީ
ނައިވާދޫގައި ވޮލީ ތަމްރީން ޕްރޮގްރާމެއް

ނައިވާދޫގައި ވޮލީ ތަމްރީން ޕްރޮގްރާމެއް

ހދ. ނައިވާދޫގައި 96 ބައިވެރިންނާއެކު ވޮލީ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ނައިވާދޫ ކައުންސިލް އަދި ނައިވާދޫ ޕޮލިސް ޕޯސްޓް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހދ. ޕޮލިހުން ބުނިގޮތުގައި އެ ރަށުގެ ދެޖިންސްގެ ކުދިބޮޑު އެންމެނަށް ކުރިއަށް ގެންދެވުނު ވޮލީ ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 96 ފަރާތުން ވަނީ ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވި 96 ބައިވެރިންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ އަންހެން 40 ބައިވެރިންނެވެ. އަދި ކުޑަކު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޑަބްލިޔުޑީސީން ބާއްވާ ''ޑަބްލިޔުޑީސީ އެކްސްޕޯ''ގައި ބައިވެރިވުމުގެ ފުރުސަތު

ކުޅުދުއްފުށީ ޑަބްލިޔުޑީސީން ބާއްވާ ''ޑަބްލިޔުޑީސީ އެކްސްޕޯ''ގައި ބައިވެރިވުމުގެ ފުރުސަތު

ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާބ ކޮމެޓީ (ޑަބްލިޔުޑީސީ) އިން ބާއްވާ ”ޑަބްލިޔުޑީސީ އެކްސްޕޯ 2025”ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކަން ހާމަކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައި ބުނެފައިވާގޮތުން މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރު 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 22:00 އަށެވެ. ނަމަވެސް ތާރީޚަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއްކަމުގައި ސިޓީ ކައުންސިލުން ބުންޏެވެ. ކުޅުދުއްފުށީގެ ބީޗު ހޭންޑް ބޯލ...

ޔުމްނާ ޢަލީ
ރެޑްސީ އިންޓަނޭޝަނަލް އެއާޕޯޓާއި ޔޫރަޕާއި ދެމެދު ދަތުރުތައް ފަށައިފި، ފުރަތަމަ ރާއްޖޭގެ ބިއޮންޑް

ރެޑްސީ އިންޓަނޭޝަނަލް އެއާޕޯޓާއި ޔޫރަޕާއި ދެމެދު ދަތުރުތައް ފަށައިފި، ފުރަތަމަ ރާއްޖޭގެ ބިއޮންޑް

ސައުދީ އަރަބިއްޔާގެ ރެޑްސީ އިންޓަނޭޝަނަލް އެއާޕޯޓް (އާރްއެސްއައި) އަށް ޔޫރަޕުން ސީދާ ދަތުރުތައް ރާއްޖޭގެ ލަގްޒަރީ އެއަރލައިން ބިއޮންޑް އިން ފަށައިފި އެވެ. ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ކަމަށްވާ، އަދި ލީޝަރ ޓްރެވަލްއަށް ޚާއްސަ ކޮށްފައިވާ ބިއޮންޑްއިން ހަފްތާއަކު ދެ ފަހަރު އިޓަލީގެ މިލާނުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ޔޫރަޕާއި ސައުދީ އަރަބިއްޔާގެ ފްލެގްޝިޕް ލަގްޒަރީ އަދި ރިޖެނެރޭޓިވް ޓޫރިޒަމް ހަބް ކަމަށްވާ ދި ރެޑްސީ އަދި އަމާލާ (AMAALA) ޑެސްޓިނޭޝަންތަކާ ދެމެދު ގާއިމުކުރެވުނު […]

އިބްރާހިމް އަސްވާޤް
ދުބާއީ އާއި ތައިލެންޑަށް އެއާރއެމްބިއުލާންސް ފެށުމަށް ސޮއިކޮށްފި

ދުބާއީ އާއި ތައިލެންޑަށް އެއާރއެމްބިއުލާންސް ފެށުމަށް ސޮއިކޮށްފި

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށްޓަކައި މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޞިއްޙީ ވުޒާރާއާއި، އައިލެންޑް އޭވިއޭޝަން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ދެމެދުގައެވެ. މި އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނާއިބު އަޙްމަދު ހަމްދާން ނާސިރެވެ. އައިލެންޑް...

ޔުމްނާ ޢަލީ
240 އަށްވުރެ ގިނަ ބައިވެރިންނާއެކު އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް 2025 ފަށައިފި

240 އަށްވުރެ ގިނަ ބައިވެރިންނާއެކު އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް 2025 ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ރިސާޗް ކޮންފަރެންސް 2025 މިއަދު ވިލާ ނޯޓިކާ ޕެރެޑައިޒް އައިލޭންޑް ރިޒޯޓުގައި ފަށައިފިއެވެ. ނޮވެންބަރު 16 އަދި 17 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ، އެންމެ ގިނަ ބައިވެރިން ބައިވެރިވި ފަހަރެވެ. 240 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރު އަދަދެކެވެ. ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެމްއޭއިން އަލަށް ތައާރަފްކުރި އިކޮނޮމިކް އަދި ފައިނޭންޝިއަލް މެގަޒިން “ދި އައިލޭންޑް އިކޮނޮމިސްޓް” ވަނީ...

އިބްރާހިމް އަސްވާޤް
ދިވެހި ތަރިކައިގެ ދާއިރާއިން 40 ދަރިވަރަކަށް ސްކޮލަރޝިޕް ހަވާލުކޮށްފި

ދިވެހި ތަރިކައިގެ ދާއިރާއިން 40 ދަރިވަރަކަށް ސްކޮލަރޝިޕް ހަވާލުކޮށްފި

ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ކުރިޔަށް ގެންދާ، ދިވެހި ތަރިކައިގެ ދާއިރާއިން ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް، 40 ދަރިވަރަކަށް މިއަދު ހަވާލުކޮށްފިއެވެ. މި ސްކޮލަރޝިޕްތައް ލިބިުނު ފަރާތްތަކާ ސްކޮލަރޝިޕް ޙަވާލުކޮށްދެއްވީ، މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ...

ޔުމްނާ ޢަލީ
ޚަޠީބް ޕްރޮގްރާމު ފުރިހަމަކުރި 36 ކައުންސިލަރަކަށް ޚުޠުބާ ކިޔުމާއި ކަށުކަމާކެމީގެ ހުއްދަ ދީފި

ޚަޠީބް ޕްރޮގްރާމު ފުރިހަމަކުރި 36 ކައުންސިލަރަކަށް ޚުޠުބާ ކިޔުމާއި ކަށުކަމާކެމީގެ ހުއްދަ ދީފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކައުންސިލަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ “ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމު” ފުރިހަމަކުރި 36 ކައުންސިލަރަކަށް، ޚުޠުބާ ކިޔުމާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ރޭ ދެއްވައިފިއެވެ. މި ހުއްދަ ދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޕްރޮގުރާމު ފުރިހަމަކުރި ކައުންސިލަރުންނަށް ހުއްދަ ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ޕްރޮގުރާމު ފުރިހަމަކުރުމަށްފަހު 36 ކައުންސިލަރުން މިހާރު ވަނީ ޚުޠުބާ ކިޔުމ...

ޔުމްނާ ޢަލީ
ހިޔާ އަދި ވިނަރެސް އަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް ކުޑަކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

ހިޔާ އަދި ވިނަރެސް އަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް ކުޑަކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

ހިޔާ ފްލެޓް ނިންމުމަށާއި ވިނަރެސް ފްލެޓު ގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ބޭންކުގައި އެދިވަޑައިގެންފި އެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސް މުޢިއްޒު މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ، ބީއެމްއެލްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައި...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (29)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (29)

ކުރީގެ އަދަދާއި ގުޅޭ: “ޒިޔާދު ބޭނުން ދަރަޖައަކަށް އަަހަރެންދެކެ ރުޅި އާދެވިދާނެ. އެކަމަކު ހުސެންގެ ބޮލުގައި އެކަން އަޅުވާފައި އޭނަ ތި ފުލުހުންނާ ހަވާލު ކުރީ ކީއްވެ؟ އަހަރެންގެ އަތުން މަސްތުވާތަކެތި ގެނެސް މި ގެއަށް ވެއްދޭ އިރު އަހަންނަށް އެއީ ކޮންއެއްޗެއްކަން ވެސް ނޭނގެ. އެއީތަ ޒިޔާދު ތި ކުރާ މަސައްކަތަކީ؟ އެއީތަ ޒިޔާދުގެ ބޮސް ހަވާލުކުރާ ކަންތައްތައް؟” އަހަރެން ކިޔާލީ ބާރަށެވެ. ޒިޔާދު ހުސެންއަށް އެހެން ހެދުމުން ހުސެން އަހަރެންދެކެ އިންތިހާއަށް ރުޅި އައިކަން […]

ސަލާމާ ޢަބްދުލް ޢަލީމް
"އަތުކުރި އޮޅާލަމާ" މިއީ ކޮންބަޔަކު ކުރާ ކޮންކަމެއް؟

"އަތުކުރި އޮޅާލަމާ" މިއީ ކޮންބަޔަކު ކުރާ ކޮންކަމެއް؟

މި ދުވަސްވަރު ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ ވީޑިއޯތަކެއްގައި، ތަފާތު އެކި ފަރާތްތަކުން އަތުކުރި އޮޅާ މަންޒަރު ފެނުމުން ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ހިތްތަކުގައި ސުވާލު އުފެދިއްޖެއެވެ. މިއީ ކޮންކަމެއްހެއްޔެވެ؟ އެންމެން އަތުކުރި މި އޮޅަނީ ކޮންކަމަކަށް ހެއްޔެވެ؟”އަތުކުރި އޮޅާލަމާ” ވީޑިއޯތަކުގަ މިއީ ކޮންބައެއްހެއްޔެވެ؟ މި ވީޑިއޯތަކުގަފެންނަނީ، އެކި ދާއިރާތަކުގެ މީހުން، އަތުކުރި އޮޅާމަންޒަރެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ނޫސްވެރިން...

ތިލަދުން